ޕީއެންސީގެ ލީޑަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓު ސިއްރު ނުކުރަން ފާސްކޮށްފި

Aug 2, 2026, 5:14 PM
ރައީސް މުއިއްޒު: ލީޑަރުން ހޮވަން ނަގާ އިންތިހާބުގައި ވޯޓުލުން ކުރިއަށްގެންދާނީ އަތް ހިއްލައިގެން -- ފޮޓޯ: އަދަދު ފައިލް

ރައީސް މުއިއްޒު: ލީޑަރުން ހޮވަން ނަގާ އިންތިހާބުގައި ވޯޓުލުން ކުރިއަށްގެންދާނީ އަތް ހިއްލައިގެން -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރުން ހޮވަން ބާއްވާ ވޯޓު ސިއްރު ނުކުރަން އެ ޕާޓީ އިން ފާސްކޮށްފި އެވެ. 

ޕީއެންސީގެ ލީޑަރުން ހޮވަން ބާއްވާ އިންތިހާބުގައި ސިއްރު ވޯޓަކަށް ނުދާން ނިންމީ އިންތިހާބުގެ ކަންކަން ކުރިއަށްގެންދަން އެކުލަވާލާފައިވާ ކޮމިޓީއިންނެވެ. އެ ކޮމިޓީގައި ނައިބު ލީޑަރުންނަށް ވާދަ ކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. 

އޭގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ) އެވެ.

ސިއްރު ވޯޓަކަށް ނުދާން ނިންމި ކޮމިޓީގެ ބައްދަލުވުމުގައި ސައުދާ އާއި ސުޖާއު ބައިވެރިވެވަޑައިގެންނެވިކަމެއް ނޭނގެ އެވެ. 

ޕީއެންސީގެ  ލީޑަރު އަދި ރައީސްއަކީ ރައީސް މުހައްމަދު މުއިއްޒެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕީއެންސީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން ދެން ހޮވާނީ ޕީއެންސީގެ ނައިބު ލީޑަރުންނެވެ. 

ސުޖާއު އާއި ސައުދާގެ އިތުރުން ޕީއެންސީގެ ނައިބު ލީޑަރުންނަށް ވާދަ ކުރައްވަނީ މެންބަރު އަސްމާ ރަޝީދު އާއި އޭނާގެ ދަރިކަލުން އަދި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

ޕީއެންސީގެ ނައިބު ލީޑަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އިގްތިސާދީ މިނިސްޓަރު ސައީދު އާއި މެންބަރު ސުޖާއު އާއި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox