މުއިއްޒަކީ އެއްވެސް ރިވެތި އަހުލާގެއް ހުރި މީހެއް ނޫން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް މުހައްމަދު މުއިއްޒަކީ އެއްވެސް ރިވެތި އަހުލާގެއް ހުރި މީހެއް ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނަށާއި މި ސަރުކާރަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، މި ސަރުކާރަކީ "ވަގުންގެ ސަރުކާރެއް" ކަމަށާއި އަދި ހުރިހާ ތަނެއްގައި ވެސް ކުރަމުންދަނީ ވައްކަން ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ފެންނަމުންދާ ކަމީ އެންމެން ދަންނަ ބޮޑު ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މީހުންނަށް ނުވިސްނެނީ ކަންނޭނގެ މިއަދު މޭޒުގައި އެ ތިބަ ކޮޅު މާދަމާ ބަދަލުވާނެކަން. އެއީ އެންމެ ވަރުގަދަ އަނިޔާވެރިން ކަންކަން ދެކޭ ގޮތް،" ޔާމީން ވިދާޅުވި އެވެ.

ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ނުބަލާ ކަމަށާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވެސް މިހާރު މައްސަލަތައް ނުފޮނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 

ނޫމަޑިއަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިން މައްސަލައަށް އަލިއަޅުއްވާލައްވަމުން، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްލައްކަ ރުފިޔާ ދިން ކަމަށް ބުނާ ވާހަކަ އާއި، އެ ފަނޑިޔާރުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

"މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ބަހެއް ނުބުނެވޭ ކަމަށް ވަންޏާ ދުނިޔޭގެ ތަހުޒީބު މުޖުތަމައު ޖެހޭނީ ދުރަށް ދާން. ނަމަވެސް މިއީ އެއްވެސް ރިވެތި އަހުލާގެއް ހުރި ރައީސުލްޖުމްހޫރިއްޔާއެއް ނޫން،" ޔާމީން ވިދާޅުވި އެވެ. 

އެއްވެސް ރިވެތި އަހުލާގެއް ނެތްކަމަށް ވިދާޅުވުމަށް ޔާމީން މިސާލެއްގެ ގޮތުގައި ނެންގެވީ އަދަދު ނޫހުން ތައްޔާރުކުރި އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން ކުރިއަށް ގެންދާ މައްސަލަތަކެވެ. 

"މިސާލަކަށް މި ވާހަކަ އަޅުގަނޑު އެއްވެސް ގޮތަކަށް ދައްކާކަށް ނޫން. އެއީ މިހާރު މާޒީވެ ގޮސްފައި އޮތް ކަމެއް, އެލްސޯފާގެ ވާހަކަ، ދެއްތޯ؟ އެވެސް ނުކުޅަދާނަ ވެގެން ގޮސް، ބޮލަށް ނުކުޅަދާނަ ވެގެން ގޮސް އެންމެ ފަހުން ކްރިމިނަލް ކޯޓުތެރެއަށް ވައްދައި ގެގު އޯޑަރެއް ނެރުނީ," ޔާމީން ވިދާޅުވި އެވެ. 

އެމަނިކުފާނު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުގެ "އައުރަ ނިވާކޮށްދޭން" ކޯޓުތައް ވެސް ތިބީ ބައިވެރިވެގެންނެވެ.

ފައިސާއާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ލިޔެކިޔުންތަކާއި ފައިލްތައް ވެސް ގެއްލެމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. 

ގާނޫނުތައް ދަންނަ ތަހުޒީބީ މުޖުތަމައެއްގައި ކަންކުރާ ގޮތަށް މި ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ހިނގާކަށް ނޭނގެނެ ކަމަށާއި، ސަރުކާރުން އިސްކޮށްފައި ތިބީ "ބޮޑެތި ވަގުން" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން ވެއްދި ގޮތުގެ މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެކަން ކުރީ އައިޑީ ކާޑުން ވައްކަންކޮށްގެންކަން އެނގޭއިރު،އެއްވެސް މީހަކު މަގާމުން ދުރުކުރަން ރައީސް މުއިއްޒަށް ކެރިވަޑައިނުގެންނެވި ކަމަށެވެ.

ޕީއެންސީގެ މެންބަރުންގެ ގޮތުގައި 3،000 ތިއްބައި އެއް އަހަރުތެރޭގައި އެ އަދަދު 60،000 އަށް އަރައިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox