ގޯހެއް ނުހަދަން، ފީފާ އަށް ފާޑުކިޔާ މީހުންނަށް ހަމަނިދި ލިބޭނެ ކަމަށް އުންމީދުުކުރަން: އިންފަންޓީނޯ

Jul 28, 2026, 6:19 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން.

ޒިއުރިކް (ޖުލައި 28) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި އޭނާގެ ފަރާތުން ގޯހެއް ހަދާފައިނުވާނެ ކަމަށާއި ފީފާ އަށް ފާޑުކިޔާ މީހުންނަށް ހަމަނިދި ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

އިންފަންޓީނޯ މި ގޮތަށް ވިދާޅުވީ، އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ދިގު ޕޯސްޓަކާއި ސްވިޒަލެންޑްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގަ އެވެ. 

ވޯލްޑް ކަޕްގެ ތެރޭގައި، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސިޔާސީ ޕްރެޝަރާ ހެދި ފީފާ އިން ގޯސް ނިންމުންތަކެއް ނިންމިކަން ފާހަގަކޮށް، ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާ އެތިކްސް ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ޔުއެފާގެ ރައީސް، އަލެކްސަންޑަ ކެފެރިން ވެސް ފީފާގެ ނިންމުންތަކާ މެދު ފާޑުކިޔާފައިވާއިރު، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކޮޔާ އިން ވަނީ އިންފަންޓީނޯ އަށް ފިޔަވަޅު އަޅަން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ. 

Advertisement

އިންފަންޓީނޯ އަށް ފިޔަވަޅު އެޅޭނެ ހަމައެއް ނެތް ކަމަށް އައިއޯސީން ބުނެފި

ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޮލިމްޕިކް ޗާޓަރާ ހިލާފުވި ކަމަށް ބުނެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ މެދު ފިޔަވަޅު އަޅަން ހުށަހެޅި މައްސަލަ ބެލޭނެ ގާނޫނީ ބާރެއް ނެތް ކަމަށް އައިއޯސީން ބުނެފި

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް އިންފަންޓީނޯ ވިދާޅުވީ، ކޮންމެ ކަމަކާ ގުޅިގެން ވެސް ކޮންމެވެސް އެއް ބައެއްގެ ހިތްހަމަަނުޖެހުންތަކެއް އުޅޭނެކަން އެއީ ޔަގީންކަމެއް ކަމަށެވެ. އެކަމަކު، މި ކަންކަމާ ގުޅޭގޮތުން، ވާހަކަ ދައްކާއިރު، ދުނިޔޭގެ ފުޓްބޯޅައިގައި މީގެ ކުރިން ހިނގާފައިވާ ނޫނީ އައިސްފައިވާ ނިންމުންތަކަށް ބަލަން ޖެހޭނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

"ދެރަ ކަމަކީ، މި ގޮތަށް ކަންކަން ކޮށްފައި ހުރި ގައުމުތަކުން ވެސް (ފީފާ އަށާއި އޭނާ އަށް) ފާޑުކިޔާތީ،" 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ ވިދާޅުވި އެވެ. 

"އަހަންނަށް ފާޑުކިޔާ ގަލަންތަކާއި ކަރުދާސްތަކާއި ސްކްރީންތަކަށް. އުންމީދަކީ ހަމަޖެހުމަކާއި ހަމަނިންޖެއް ލިބުން. އަހަރެމެން ފީފާގައި އަމަލު މި ކުރަނީ އުސޫލުގެ ތެރެއިން، އަހަރެމެން ބޭއްވީ މިހާތަނަށް އެންމެ ކާމިޔާބު ވޯލްޑް ކަޕް. ފީފާގެ ރައީސެއްގެ ގޮތުގައި ހުރެ އަހަންނަށް ކުރެވުނީ ފަހުރުވެރިވާ މަސައްކަތެއް،" 

އިންފަންޓީނޯ އަށް ވޯލްޑް ކަޕްގެ ތެރޭގައި ފާޑުކިޔުން އަމާޒުވި ކަންތައްތަކުގެ ތެރޭގައި، އެމެރިކާ އަށް ފައިދާވާ ގޮތަށް ބައެއް ކަންކަން ކުރުމާއި ބައެއް ގައުމުތަކަށާއި ސަޕޯޓަރުން އަދި ރެފްރީންނަށް ތަފާތު ގޮތްތަކެއް އެމެރިކާގެ އިދާރާތަކުން ހެދިއިރު، ފީފާ އިން ހަނުހުރުން ހިމެނެ އެވެ. އޭގެ ތެރޭގައި، ބައެއް ސަޕޯޓަރުންނާއި ރެފްރީން އަދި ކުޅުންތެރިންނަށް ވިސާ ހަމަނުޖެހުނުއިރު، އިރާން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު އެމެރިކާ އިން ކަންކަން ކުރި ގޮތާ މެދު ފީފާ އިން ރަނގަޅު ހައްލެއް ހޯދައިދީފައިނުވުން ވެސް ހިމެނެ އެވެ. 

އެންމެ ހަމަނުޖެހުން ބޮޑުވި ކަމަކީ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ބުރުގެ މެޗުގައި ބޮސްނިއާއާ ދެކޮޅަށް ކުޅެނިކޮށް، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ފަހު، އޭނާ އަށް ގަދަ 16 ބުރުގެ މެޗު ގެއްލޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، ގަދަ 16 ބުރުގައި ބެލްޖިއަމާ ދެކޮޅަށް އެމެރިކާ އިން ކުޅުނު އެ މެޗަށް 48 ގަޑިއިރަށް ވުރެން ކުޑަތަންވެފައި އޮއްވައި، ފީފާ އިން ނިންމީ ބަލޮގަންގެ ރަތް ކާޑަށް ލުޔެއްދީ، ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ބުރުގެ މެޗު ކުޅެވޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox