އިންފަންޓީނޯ، ފީފާ އިން އިސްތިއުފާދޭން ގޮވާލައިފި

Jul 22, 2026, 8:24 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.

މެޑްރިޑް (ޖުލައި 22) - ފީފާގެ ރައީސްގެ މަގާމުން ޖިއާނީ އިންފަންޓީނޯ އިސްތިއުފާދޭން ޖެހޭ ކަމަށް ސްޕެނިޝް ލީގު ހިންގާ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ގޮވާލައިފި އެވެ. 

ޓެބާސް ވަނީ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ބެލުމަށް އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމަށް ގޮސްފަ އެވެ. އަދި، އެ މެޗުގައި ފެނުނު ކަންތައްތަކާއި މި ފަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަކޮށް މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ތަޖުރިބާކުރަން ޖެހުނު ދަތި ކަންކަމަށް ބަލާއިރު، ފީފާގެ ރަައީސްގެ މަގާމުގައި އިންފަންޓީނޯ ކުރިއަށްދާން ޖެހޭ ސަބަބެއް ނެތް ކަމަށް ޓެބާސް ވަނީ ފާހަގަކުރައްވައިފަ އެވެ. 

"ފީފާ އިން ކަންކަން ރާވާފައި ހުރީ އެ މީހުންގެ އަމިއްލަ ފައިދާއަށް. އެއީ ފުޓްބޯޅަ އަށް ރަނގަޅަކަށް ކޮށްފައި ހުރި ކަންކަމެއް ނޫން. އެ މީހުން 27 ވަނަ މިނިޓްގައި ބްރޭކެއް ބޭނުންވީމަ އެ އޮތީ އެކަން ވެސް ކޮށްފައި. ހައިޑްރޭޝަން ބްރޭކަކީ ލޯ މައްޗަށް ދައްކާލުމެއް. ލަލީގާގައި ވެސް އެކަން (ކޫލިން ބްރޭކް) އޮވޭ. އެކަމަކު، އެކަން ކުރަނީ ހޫނު ގަދަވެއްޖެނަމަ،" ޓެބާސް ވިދާޅުވި އެވެ. 

"އެމެރިކާގެ ޑަލަސް، އެލްއޭ، އެޓްލަންޓާ މި ތަންތަނުގައި ހުރި ދަނޑުތަކުގައި އެއާ ކޮންޑިޝަން (އޭސީ) ކޮށްފައި ހުރީ. އަހަރެން ވެސް ސްވެޓަރު ލައިގެންހުރި، އެ ހާލުގައި ގެންނަން ޖެހޭ ބްރޭކެއް އޮވެގެން ވާނެ ކަމަށް ނުދެކެން، މުޅިން އިސްތިހާރު ވިއްކަން ކުރި ކަންކަން އެއީ،" 

މީގެ އިތުރުން، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް، ފަލޮރިން ބަލޮގަންގެ ރަތް ކާޑަށް ލުއި ހޯދަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފޯނުން ގުޅުއްވައިގެން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާހަކަ ދައްކަވައި، އެމެރިކާ އިން ބޭނުންވާ ގޮތަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ކަންކަން ނިންމި ގޮތާ މެދު ފުޓްބޯޅައިގެ ތެރޭގައި އުޅޭ އެތައް ފަރާތްތަކަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް: އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފައި.--- ފޮޓޯ: އޭއެފްޕީ
ލަލީގާގެ ރައީސް ހަވިއޭ ޓެބާސް: އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފައި.--- ފޮޓޯ: އޭއެފްޕީ

"އިންފަންޓީނޯގެ ނަސީބު ރަނގަޅުވީމަ، ބެލްޖިއަމް އަތުން ބަލިވެ، ގަދަ 16 ބުރުގައި އެމެރިކާ ކެޓީ. އެ ނޫންނަމަ، ބަލޮގަންގެ އެ ކޭސްގެ މައްސަލަައިގައި އިންފަންޓީނޯޯގެ ވަޒީފާ ގެއްލޭނެ ހާލަތަށް ކަންކަން ދާނެ.،" ޓެބާސް ވިދާޅުވި އެެވެ. 

އިންފަންޓީނޯ، ފީފާގެ ރައީސްގެ މަގާމުން ދުރުވާން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އެކަމަކު އެކަން ކުރެވެން ނެތީ މިހާރު ވެސް ކުރިއަށް އޮތް އިންތިހާބަށް އޭނާ އޮތީ މަގާމު ދިފާއުކުރެވޭ ވަރަށް ގައުމުތަކުގެ ތާއީދު ހޯދައިގެން ކަމަށް ޓެބާސް ފާހަގަކުރެއްވި އެވެ. އަސްލު މައްސަލަ އަކީ މި ވަގުތު ކަންކަން ކުރެވޭނެ އިދިކޮޅު ކެންޑިޑޭޓެއް ވެސް ނެތުން ކަމަށާއި އިންފަންޓީނޯއާ އެކު ފީފާ އަށް މުސްތަގުބަލެއް ނެތް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox