ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީ މައްސަލަތައް ފީފާ އިން ބަލަނީ

Jul 22, 2026, 9:25 AM
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުންތައް.

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުންތައް.

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 22) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު، އާޖެންޓީނާ އާއި ސްޕެއިންގެ ކުޅުންތެރިންގެ މެދުގައި ހިނގި މާރާމާރީ މައްސަލަތައް ތަހުގީގު ކުރަން ފީފާ އިން ފަށައިފި އެވެ. 

ފެރާން ޓޮރޭޒްގެ ގޯލުން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދި ފައިނަލް މެޗުގެ ވަގުތު ހަމަވެގެން ސްޕެއިން ކުޅުންތެރިން ދަނޑަށް ދުވެފައި އެރި ވަގުތު ހަމަނުޖެހުންތަކެއް ހިނގި އެވެ.

އެ ގޮތުން، ސްޕެއިންގެ އެރިކް ގާސިއާ އާއި ގަވީ އަށް އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް، ހަމަލާ ދިން މަންޒަރު ޓިވީ އަށް އެރިއިރު، އާޖެންޓީނާގެ ނަހުއެލް މޮލީނާ ވަނީ ސްޕެއިނުގެ ރޮޑްރީގޯ (ރޮޑްރީ) ގައިގައި ޖަހައިފަ އެވެ. އަދި، އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު، ރޮބާޓޯ އަޔާލާ ދަނޑަށް އަރައި، ސްޕެއިންގެ ޑެނީ އޮލްމޯ އަށް ހަމަލާ ދިން މަންޒަރުގެ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ. 

ފީފާ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، ރެފްރީގެ ރިޕޯޓާއި މެޗުގެ ވީޑިއޯ ފޫޓޭޖްތައް ބެލުމަށް ވަނީ ނިންމައިފަ އެވެ. އަދި، ފުރިހަަމަ ތަހުގީގެއް ނިންމުމަށް ފަހު، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ އިތުރު މައްސަލައެއް ވެސް ފީފާ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެއީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް އަތުން މޮޅުވި މެޗަށް ފަހު، އުފާފާޅުކުރުމުގެ ތެރޭގައި ސިޔާސީ ބެނާއެއް ބޭނުންކޮށްފައިވާތީ އެވެ. 

އާޖެންޓީނާގެ ބައެއް ކުޅުންތެރިން ގެންގުޅުނު ބެނާއެއްގައި، އެ ގައުމުގެ ބަހުން ލިޔެފައިވާ، ލިޔުމުގެ މާނަ އަކީ، "ފާކްލޭންޑަކީ އާޖެންޓީނާގެ ބައެއް،" މިހެނެވެ. މިއީ، މީގެ ކުރިން، އާޖެންޓީނާ އާއި އިންގްލެންޑްގެ ދެމެދުގައި ކުރެވުނު ހަނގުރާމައެއްގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތަކަކާ ގުޅޭ ޝުއޫރެކެވެ. 

އެ ގޮތުން، 1982 ވަނަ އަހަރު ފާކްލޭންޑް ހަނގުރާމަ، އާޖެންޓީނާ އާއި އިންގްލެންޑްގެ މެދުގައި ކުރިއަށްދިޔައިރު، އެކަން 74 ދުަވަހަށް ދިގުލައިދިޔަ އެވެ. އިނގިރޭސިންނަށް ފާކްލޭންޑްގެ ކޮންޓްރޯލް ދޭން އާޖެންޓީނާ އިން އެއްބަސްވިއިރު، އާޖެންޓީނާގެ 649 މިލިޓަރީ މީހުންނާއި އިންގްލެންޑްގެ 255 މިލިޓަރީ މީހުންގެ އިތުރުން، ފާކްލޭންޑަށް ނިސްބަތްވާ ތިން މީހަކު މަރުވި ކަމަށް ވަނީ ރިކޯޑް ކުރެވިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ދެ މައްސަލައިގައި އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަސްޕެންޝަންތަަކަކާއި ޖޫރިމަނާތަކެއް އައުމުގެ ފުރުސަތު ބޮޑެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox