ކޮލީނާ ބުނީ ފީފާގެ ރައީސަށް ވެސް ރެފްރީންނަށް ނުފޫޒު ނުފޯރުވޭނެ ކަމަށް

Jul 9, 2026, 2:26 PM
ފީފާގެ ހެޑް އޮފް ރެފްސީން، ޕިއެރްލުއީޖީ ކޮލީނާ, ކޮންފަރެންސެއްގެ ތެރެއިން ވާހަކަ ދައްކަނީ.

ފީފާގެ ހެޑް އޮފް ރެފްސީން، ޕިއެރްލުއީޖީ ކޮލީނާ, ކޮންފަރެންސެއްގެ ތެރެއިން ވާހަކަ ދައްކަނީ.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 9) - ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރަމުން އަންނަ ރެފްރީންނަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފީފާގެ ރެފްރީސް ޗީފް، އިޓަލީގެ ޕިއެރްލުއީޖީ ކޮލީނާ ބުނެފި އެވެ. 

ދުނިޔޭގެ ފުޓްބޯޅަައިގައި ފެނިގެންދިޔަ އެންމެ ޖެހިލުންކުޑަ އެއް ރެފްރީ، ކޮލީނާ މިހެން ބުނީ، ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ އިން މޮޅުވި މެޗުގެ ރެފްރީ ފްރަންކޮއާ ލެޓެކްސިއާއާ ދެކޮޅަށް މިސްރުން ރަސްމީކޮށް ގިނަ ތުުހުމަތުތަކެއް ކޮށް މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި، އެމެރިކާގެ ފޯވާޑް، ފަލޮަރިން ބަލޮގަންގެ ރަތް ކާޑަށް ލުއިދޭން ފީފާ އިން ނިންމި ގޮތަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. 

ފީފާ މީޑިއާ އަށް ކޮލީނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ ކަމަށާއި އަދި އެއާ އެއްގޮތަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެ ގޮތަށް އަމަލު ވެސް ކުރާނެ ކަމަށެވެ. އެކަމަކު، ސާބިތުނުހިފޭ ވާހަކަ ދެއްކުމަކީ ކުޅިވަރުގައި ވެސް އެއްވެސް ޖާގައެއް ދެވިގެންދާނެ ކަމަކަށް ވެގެންނުވާނެ ކަމަށް ކޮލީނާ ވަނީ ބުނެފަ އެވެ. 

"ފީފާ ވޯލްޑް ކަޕްގެ މެޗު އޮފިޝަލުން (ރެފްރީން)ގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް މީހަކު ނެތް. މި ކަހަލަ ކަންކަން ކުރީމަ މި ވާ ގޮތަކީ، ސާބިތުނުހިފޭ ވާހަކަތަކެއްގެ ސަބަބުން، ރެފްރީންނާއި އެ މީހުންގެ އާއިލާ ހުށަހެޅެނީ ނުރައްކަލެއްގެ ތެެރެއަށް،" ކޮލީނާ ބުންޏެވެ. 

"ހަގީގަތަކީ، އެއްވެސް މީހަކަށް ފީފާގެ ރެފްރީންގެ ކަންކަމަށް ނުފޫޒެއް ނުފޯރުވޭނެ، ފީފާގެ ރައީސަށް ވެސް އެކަން ނުކުރެވޭނެ،" 

ކޮލީނާ ބުނީ، ގަދަ 16 ބުރުގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ރެފްރީ ލެޓެކްސިއާގެ ނިންމުންތައް ރަނގަޅު ކަމަށެވެ. އަދި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ނިންމާފައި ހުރީ ވެސް ރަނގަޅަށް ކަމަށާއި މެޗުގެ ނަތީޖާ އަށް އަސަރުކުރިފަދަ ގޯސްތަކެއް ރެފްރީ ހަދާފައިވާ ކަމަށް އެ ބުނާ ވާހަކަތަކަށް ބާރުދޭނެ ކަމެއް ގަވާއިދުން ވެސް ފެންނަން ނެތް ކަމަށް ކޮލީނާ ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox