ވޯލްޑް ކަޕުން ފީފާ އަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

Jul 13, 2026, 8:07 AM
ފީފާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖިއާނީ އިންފަންޓީނޯ ވާހަކަ ދައްކަވަނީ.

ފީފާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖިއާނީ އިންފަންޓީނޯ ވާހަކަ ދައްކަވަނީ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 13) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ފީފާ އަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

ޖުމްލަ އެކު، 39 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މި ފަހަރު ހޯސްޓްކުރީ މުބާރާތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތިން ގައުމަކުން ގުޅިގެންނެވެ. އެ ގޮތުން، މި މުބާާރާތުން ފީފާ އަށް ލިބޭ އާމްދަނީ 15 ބިލިއަން ޑޮލަރަށް އަރާނެތޯ، އިންފަންޓީނޯއާ ކުރި ސުވާލަށް އޭނާ ވިދާޅުވީ، އެއީ، ހަގީގަތުގައި ރަނގަޅު އަދަދެއް ކަމަށެވެ. 

"ވަރަށް ހިތްހަމަޖެހޭ އަދަދެއް އެއީ، ކުރެވުނު މަސައްކަތާ ބަލާއިރުގައި،" އިންފަންޓީނޯ ވިދާޅުވި އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުން، ސަޕޯޓަރުން އަތުން ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. ހާއްސަ ގޮތެއްގައި މެޗުތައް ބަލަން ވަންނަންޖެހޭއިރު، ޓިކެޓަށް އެކަނި ކުރަން ޖެހޭ ހަރަދު ވެސް އެހެން ވޯލްޑް ކަޕްތަކާ އަޅާކިޔާއިރު، އެތައް ގުނައެއް ބޮޑުކަމަށް ސަޕޯޓަރުން ދިޔައީ ބުނަމުންނެވެ. 

އިންފަންޓީނޯ ވިދާޅުވީ، ޓިކެޓްގެ އަގުބޮޑުވުމުގެ ވާހަކަތައް ފެންނައިރު، ސްޓޭޑިއަމްތަކުގެ 99.7 ޕަސެންޓް އޮތީ ފުރިފައި ކަމަށާއި ބާކީ އޮތް މެޗުތަކުގައި އެ އަދަދު 99.9 ޕަަސެންޓަށް އަރާނެ ކަމަށެެވެ. ޓިކެޓް އަގުބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ރީސޭލް މާކެޓާއި ބްލެކް މާކެޓަށް ދިޔަ ޓިކެޓްތަކުގެ އަގު އިންތިހާ އަށް ބޮޑުވުން ކަމަށް ވެސް އިންފަންޓީނޯ ވަނީ ފާހަގަކުރައްވައިފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގައި، ދެ ހައިޑްރޭޝަން ބްރޭކް (ކޮންމެ ހާފެއްގެ 22 ނޫނީ 23 މިނިޓަށް ފަހު) ނަގާގޮތަށް ހަމަޖައްސައި، އެ ބްރޭކުގައި އިސްތިހާރު ދައްކާތީ ގިނަ ބަޔެއްގެ ޝަކުވާ ބޮޑުވި އެވެ. އިންފަންޓީނޯ ވަނީ މި ވޯލްޑް ކަޕްގެ ތެރެއިން އެކި ފަހަރު މަތިން ހައިޑްރޭޝަން ބްރޭކުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. 

"މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގައި، ކޫލިން ބްރޭކް ދިނީ ބޭނުންވި އިރަކު ކަހަލަ ގޮތަކަށް. މިކަން ދިޔައީ ގާތްގަނޑަކަށް 60 ޕަސެންޓްގެ މެޗުތަކުގައި. އަނެއް، 40 ޕަސެންޓް މެޗުތަކުގައި އެކަމެއް ނެތް. އޭގެ ޝަކުވާތައް ލިބުނު، އެހެންވީމަ، އަހަރެމެން ވިސްނީ، ހުރިހާ މެޗެއް ހަމަހަމަކޮށް ގެންދަން." އިންފަންޓީނޯ ވިދާޅުވި އެވެ. 

"ހަގީގަތުގައި ބްރޭކުގެ ސަަބަބުން މެޗުތަކުގެ ފަހު 20 މިނިޓް ދިޔައީ ވަރަށް ފޯރިގަދަކޮށް،" 

މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު ބަދަލަކީ، 32 ގައުމުގެ މެދުގައި ކުރިއަށްދިޔަ މުބާރާތް 48 ގައުމުގެ މެދުގައި ކުޅެވުމެވެ. އިންފަންޓީނޯ ވިދާޅުވީ، މި ފަހަރުގެ ވޯލްޑް ކަޕް ނިމުމާ އެކު، ދެން އޮތް ވޯލްޑް ކަޕެއްގައި ވާދަކުރެވޭ ޓީމުތަކުގެ އަދަދު 64 ޓީމަށް އިތުރުކުރުމުގެ މަޝްވަރާތައް ވަރުގަދަ އަށް ފެށޭނެކަމަށެވެ. 

ވޯލްޑް ކަޕްގައި ކުޅެވޭ ޓީމުތައް އިތުރު ކުރުމުގެ މަގުސަދަކީ، މި މުބާރާތުގައި ކުޅުމުގެ އުންމީދުގައި ތިބި ވީހާވެސް ގިނަ ގައުމަށް އެ ފުރުސަތު ދޭ ގޮތަށް ހެދުމަށް ކަމަށް އިންފަންޓީނޯގެ ވާހަކައިގައި ވަނީ ފާހަަގަކުރައްވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox