ދިވެހި ޕްރިމިއާ ލީގުގެ 10 ޓީމު ވެސް ކަންކަން ރަނގަޅު އެބަކުރޭ، ލީގުގެ ފެންވަރަށް ބަދަލު އާދޭ: ޓްރުޗާ

Oct 19, 2026, 6:00 PM
މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ މިހާރު ލީގުގެ ފެންވަރު ރަނގަޅުވަމުން އަންނަ ސަބަބެއް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ. 

އެންމެ ފަހުން ފަސް ސީޒަނުގައި ވެސް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ލީގުގެ ފުރަތަމަ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އޮތީ ފަސް ވަަނައިގަ އެެވެ.

ލީގުގައި މާދަމާރޭ ބިސް ބުރުއާ ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރުޗާ ވަނީ ލީގުގެ މިހާތަނަށް ފެނުނު ކަންކަމަށް ބަލައި، އޭނާ ދެކޭގޮތް ހިއްސާކޮށްފަ އެވެ. 

"އަހަރެން ދެކޭ ގޮތުގައި އޭޝިއާގެ ކޮންމެ ލީގެއްގައި ވެސް ބިދޭސީ ކުޅުންތެރިން މި ތަފާތު ދައްކަނީ. އެެހެންވީމަ، ބިދޭސީ ކޯޗުން، ލޯކަލް ކޯޗުންނާ އެކު އައިސް މަސައްކަތް ކުރާއިރު، ބިދޭސީ ކުޅުންތެރިން އައިސް މި މަސައްކަތްކުރަނީ ލޯކަލް ކުޅުންތެރިންނާ އެކު، އަހަރެން ދެކޭގޮތުގައި ބިދޭސީ ކުޅުންތެރިންގެ ކޮލިޓީ އަންނަނީ ރަނގަޅުވަމުން. މިސާލަކަށް ބަލަންޏާ، އެއް ކުޅުންތެރިން ރަނގަޅަށް ނުކުޅެންޏާ، އެހެން ކުޅުންތެރިއަކު އެބަކުޅޭ، ދެން ކޯޗުންނަށް ބެލިޔަސް، މެޗުތަކާ މެދު އުންމީދީ ވިސްނުމަކުން ކަންކަން ހާސިލްކުރަން މަސައްކަތް އެބަކުރޭ،" ޓްރުޗާ ބުންޏެވެ. 

ލީގުގައި ވާދަކުރާ ޓީމުތަކުން ކޮންމެ މެޗެއްގައި ވެސް ކަންކަން ރަނގަޅުކުރަން ކުރާ މަސައްކަތް ލީގުގެ ޕޮއިންޓް ތާވަލުން ފެންނަ ކަމަށާއި މިދިޔަ އަހަރު ޓީމުތައް އޮތް މަގާމުތަކާއި މި އަހަރު އެ ޓީމުތައް މައްޗަށް ޖެހިފައިވާ މިންވަރު ނޫނީ ކަންކަން ކުރަމުން އަންނަ ގޮތް ތަފާތުކަން ފެންނަމުން އަންނަ ކަމަށް ޓްރުޗާ ފާހަގަކުރި އެވެ. 

"ލީގުގެ ކުރިއެރުން މިހާރު އެ ދަނީ ފެންނަމުން،" ޓްރުޗާ ބުންޏެވެ. 

ޓްރުޗާ ވަނީ އެންމެ ފަހުން، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ކުޅުނު މެޗަކީ ވެސް ލީގުގެ ލެވަލް މަތި ވަމުން އަންނަކަން ފެނިގެންދާނެ މެޗެއް ކަަމަށް ބުނެފަ އެވެ. އަދި، ލީގުގެ ފެންވަރު ރަނގަޅުކުރަން މިހާރު މަދުވަނީ ސަޕޯޓަރުން ކަމަށް ތަކުރާރުކޮށް ޓްރުޗާ ވަނީ ފާހަގަކޮށްފަ އެވެ .

"އަަހަރެން އެދެން ގިނަ ސަޕޯޓަރުން މެޗު ބަލަން އަންނަން. އަހަންނަށް ކުރީގެ ވީޑިއޯތައް މި ފެންނަނީ ވަރަށް ގިނަ ސަޕޯޓަރުންނާ އެކު ދަނޑުގައި މެޗު ކުޅޭތަން. ފުޓްބޯޅަ، ސަޕޯޓަރުންނާ ނުލައި އޮތީ ކޮވިޑް ދުވަސްކޮޅު، އެ ގޮތް ބަދަލުވާން ޖެހޭ. ހަމައެކަނި ޓީމުތަކުގެ ކުރީގެ ކުޅުންތެރިންނާއި މީހުން ސަޕޯޓްކޮށްގެން މި ކަމެއް ނުވޭ،" ޓްރުޗާ ބުންޏެވެ. 

ބިސް ބުރު އަކީ "ގޮތްނޭނގޭ" ޓީމެއް ކަމަށާއި އެ ޓީމުން، ދިއްދޫ ފުޓްބޯޅަ ޓީމާއި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފައި އޮތުމުން، އެ ޓީމާ މެދު މާޒިޔާ އިން ވިސްނަން ޖެހޭނެ ކަމަށް ޓްރުޗާ ގަބޫލުކުރެ އެެވެ. 

"ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމު އަތުލެވޭ ކަހަލަ ގޮތަކަށް މި އޮތީ، ކޮންމެ ޓީމަކަށް ވެސް ރަނގަޅު ދުވަހެއް އަތުވެދާނެ. ހަމަ އެ ގޮތަށް ގޯސް ދުވަހެއް ވެސް އައިސްފާނެ، ބިސް ބުރުގެ ނަތީޖާ އެ އޮތީ ފެންނަން، އެ މީހުން ދިއްދޫ ބަލިކޮށްފި، އެ މީހުން ބުރު ވެސް ބަލިކޮށްފި، އެ ހުރީ ކަންކަން ފެންނަން، އެހެންވީމަ އަހަރެމެން އެބަޖެހޭ ވިސްނައިގެން 100 ޕަސެންޓް މި މެޗުގައި ދޭން. ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބެން މި ޖެހެނީ، މެންޓަލީ ވެސް ސައިކޮލޮޖިކަލީ ވެސް އެއީ އިދިކޮޅުގައި މި އޮތީ ވަރަށް ސަމާލުވެގެން ކުޅޭނެ ޓީމެއް،" ޓްރުޗާ ބުންޏެވެ. 

މާޒިޔާ އިން އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމުގެ ކުރިން، ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެ ގޮތުން، ނިއު އަތުން ބަލިވެ، ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު މެޗަކުން މާޒިޔާ ބަލިވިއިރު، އޭގެ ފަހުން ކުޅުނު މެޗުން ވިކްޓަރީއާ އެއްވަރުވި އެވެ. މިއީ، ހަތް އަހަރު ތެރޭ ލީގުގައި ޖެހިޖެހިގެން ދެ މެޗުން މާޒިޔާ އިން މޮޅެއް ނުހޯދައި ނިންމާލި ފުރަަތަމަ ފަަހަރެވެ. 

ޓްރުޗާ ބުނީ، މާޒިޔާ އަތުން އެ މެޗުތަކުގައި ޕޮއިންޓްތަކެއް ގެއްލުނަސް، އެ ޓީމުގެ ކުޅުން އެ މެޗުތަކުގައި ދަށެއް ނޫން ކަމަށެވެ. އަދި، ފުޓްބޯޅައިގައި ރަނގަޅަށް ގިނަ ކަންކަން ކުރިޔަސް، ނަތީޖާ ނުނެރެވޭ ފަހަރު ވެސް އަންނާނެ ކަމަށާއި އޭނާ ދެކޭގޮތުގައި، ނަތީޖާ ނުނެރެވިދިޔަ ދެ މެޗުގައި ވެސް ޖުމްލަކޮށް ޕޮޒިޓިވް ކަންކަން ގިނަ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެެވެ. 

"ފުޓްބޯޅައިގައި ދެން މި އޮންނަނީ ނަސީބު، 50-50، މެޗު ފަށަނީ 0-0، ރަތް ކާޑެއް ވެސް ރީނދޫ ކާޑެއް އައިސްފާނެ، އަނިޔާގެ ކަމެއް ދިމާވެދާނެ. މިއީ މެޗުގެ ހާލަތްތައް ބަދަލުވާނެ ކަންކަން. ކުދި ކަންކަމުން މެޗު ބަދަލުވެދާ ފަހަރު ވެސް އާދޭ. ފުޓްބޯޅައިގައި އެއް ރެއިން ހުރިހާ ކަމެއް ބަދަލެއް ނުވާނެ، ކޯޗުން ކުޅުންތެރިންނާ އެކު ވަގުތު ހޭދަކުރާ ވަރަކަށް ކަންކަން ރަނގަޅުވަމުން އަންނާނީ،" ޓްރުޗާ ބުންޏެވެ. 

މާޒިޔާ އާއި ބިސް ބުރު ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox