ހާލަތު ބަދަލުކުރަން މާޒިޔާ އިން ޓީސީ މެޗުގައި ނަތީޖާ ނެރެންޖެހޭ

Oct 15, 2026, 7:47 AM
ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާޒިޔާގެ ކޯޗު ޓްރުޗާ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މާޒިޔާގެ ކޯޗު ޓްރުޗާ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނަތީޖާ ނެރުމުގެ މުހިންމުކަން ބޮޑު ކަމަށް މާޒިޔާގެ ކޯޗު ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފި އެވެ. 

މިދިޔަ ފަސް ސީޒަނުގެ ލީގު ޗެމްޕިއަން، މާޒިޔާ އިން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މޮޅުނުވެ އެވެ. މިއީ، މިދިޔަ ހަތް އަހަރު ތެރޭ ޖެހިޖެހިގެން ލީގުގެ ދެ މެޗަކުން މާޒިޔާ މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަހު ވަގުތު ލަނޑު ޖަހައި މާޒިޔާ ކައިރިން ކުރިހޯދައި އެ ޓީމު ހަތަރު އަހަރު ތެރޭ ލީގުގެ މެޗަކުން ފުރަތަމަ ފަަހަރަށް ބަލިކުރި ފަހުން، ދެން، މާޒިޔާ އިން ނުކުތް މެޗުގައި މޮޅުވާން ދަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި، މާޒިޔާއާ އެއްވަރުކޮށްފަ އެވެ. 

"ފުޓްބޯޅައިގައި އަހަރެން ވަރަށް ގިނަ ދުވަސްވެއްޖެ، ކޮންމެ މެޗެއް ވެސް ޕްރެޝަރު އެބައޮތް. އުންމީދުކުރަނީ މި މެޗުގައި އަހަރެމެންނަށް ކުރިން ދެ މެޗުގައި މިދިޔަ ކަންތައްތައް ރަނގަޅުކުރެވި، ހުރިހާ ކުޅުންތެރިން ޓީމަށްޓަކައި ތިން ޕޮއިންޓް ހޯދާނެ ކަމަށް،" ޓީސީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާޒިޔާގެ ކޯޗު ޓްރުޗާ ބުންޏެވެ. 

Advertisement

މާޒިޔާ އަށް މި ފަހަރުގެ ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދައިިދިން ޓްރުޗާ ބުނީ، މާޒިޔާއާ ހަވާލުވިއިރު، އެ ކްލަބްގެ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކުރި ކަމަށެވެ. މާޒިޔާ އަކީ ވަރަށް އުންމީދާ އެކު ކުރިއަށްދާ މޮޅެތި ކުޅުންތެރިން ގިނަ ކޮންމެ މެޗަކުން ވެސް މޮޅުވާން ބޭނުންވާ ޓީމެއް ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. 

" އެއާ އެއްވަރަށް އަހަރެމެން ވިސްނަން ޖެހޭ ދެން ވެސް އެބައޮތް މިހާރު އިތުރު ވަރުގަދަ ޓީމުތަކެއް، އެ މީހުން އެބަ ބޭނުންވޭ މާޒިޔާ ހުރިހާ މެޗަކުން މޮޅުވިޔަނުދޭން، އެހެންވީމަ އަހަރެމެން އަތްމަތީގައި މި އޮތީ ކުރާ ކަމެއް ރަނގަޅަށް ކުރުން، ޓާގެޓްތަކާ ދިމާލަށް ދާން ރަނގަޅަށް ތައްޔާރުވާން،" ޓްރުޗާ ބުންޏެވެ. 

މާޒިޔާ އިން މި ފަހުން އެންމެ ބޮޑަށް ވާހަކަ ދައްކައި މަޝްވަރާ ކުރަމުން އައި ކަމަކީ އިދިކޮޅަށް ނުކުންނަ އެއްވެސް ޓީމެއް ފަސޭހަކޮށް ނުނެގުން ކަމަށް ޓްރުޗާ ފާހަގަކުރިި އެވެ. މާޒިޔާގައި އޮތް ސްކޮޑަށް ބަލާއިރު، ކޮންމެ މެޗެއްގައި ވެސް ބޭނުންކުރާ ކުޅުންތެރިން ތަފާތު އޮތް ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. އެއީ، ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި އިދިކޮޅަށް ނުކުންނަ ޓީމަށް ބަލައި ރާވާ ޓެކްޓިކްސްތަކަށް އެންމެ ރަަނގަޅު ކުޅުންތެރިން ނެގުމުގެ ގޮތުން ކަމަށް ޓްރުޗާ ބުނެފައިވެ އެވެ. 

ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް ގޮތް ކިއުމުގެ ބަދަލުގައި، ސީޒަނުގެ މިހާ ކުރީކޮޅުގައި، މާޒިޔާގެ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ވެސް އިތުބާރު ދީގެން ކްލަބުން ބޭނުންވާ ޓާގެޓްތައް ހާސިލްކުރަން ޓްރުޗާ ހުރީ އިތުބާރާ އެކު އެވެ. 

މާޒިޔާ އިން މިދިޔަ ސީޒަނުގައި ޖެހިޖެހިގެން 10 މެޗުން މޮޅުވެފައި އޮއްވައި، އެ ރެކޯޑް ނިމުމަކަށް ގެނައީ، ޓީސީއާ ހަވާލުވުމަށް ފަހު، ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އެ ހަނދާންތައް އާތީ ވަނީ މި ފަހަރުގެ މި ދެ ޓީމުގެ މެޗުގެ ކުރިން އާ ކޮށްފަ އެވެ. ދެން، އާތީ ފާހަގަކުރީ މި ވަގުތު ދެ ޓީމުގެ ހާލަތާއި ޓީމުގެ ސްކޮޑުގެ ހުރި ތަފާތުތަކެވެ. 

"ފަސޭހައެއް ނުވާނެ ޓީސީ އަކަށް މާޒިޔާ. ކޮންމެ ގޮތެއް ވިޔަސް ތި ތަފާތުތައް އެބަހުރި، މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ބުރު ޓީސީއާ ހަވާލުވީ، މާޒިޔާ މޮޅުވަމުން އައި ރެކޯޑް ޓީސީ ކަންނޭނގެ ހުއްޓުވާލީ، އެހެންވީމަ މެޗަކީ  ތަފާތު ކަމެއް، މި ބުނަނީ ޓީސީ އަށް މި ފަަހަރު އެކަން ވާނެއެކޭ އެއްވެސް ނޫން، ނުވާނެއެކޭ ވެސް ނޫން، އެކަމަކު މެޗަކީ ތަފާތު އެއްޗެކޭ އެ ދުވަހަކު ޓީމަކުން ތައްޔާރުވެގެން ތިބޭވަރު ނަތީޖާ ކަނޑައެޅޭނީ،" އާތީ ބުންޏެވެ. 

މި ފަަހަރުގެ ލީގުގައި ޓީސީން ކުޅުނު ތިން މެޗުގެ ނަތީޖާ އަށް ބަލާފައި، ޓީސީ ކުޅުންތެރިން އިތުރަށް މާޒިޔާއާ ދެކޮޅަށް މަސައްކަތްކޮށް މިއީ ޗެލެންޖިން މެޗަކަށްވާނެ ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

"ޓީސީގެ ބަލިފައި ރަނގަޅު ކުރަން އެ ލިބޭނެ އެންމެ ރަނގަޅު މެޗު މިއީ،" އާތީ ބުންޏެވެ. 

"ޓީސީގައި މި އޮތީ މާޒިޔާއާ އަޅާކިޔާއިރު މާ ބޮޑު ބަދަލުތަކެއް ކުޅުންތެރިންނަށް ބަލައިގެން ގެނެވޭވަަރުގެ ސްކޮޑެއް ނޫން. އެހެންނަމަވެސް، އަނިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ލައިގެން ކަންކަން ރަނގަޅުކުރެވޭތޯ ބަލަންޖެހޭނީ،" 

ޓީސީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު، 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox