ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

Oct 20, 2026, 10:53 PM
ބިސް ބުރު ކޮޅަށް މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ބިސް ބުރު ކޮޅަށް މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ. 

މިއީ، މި ފަަހަރު ލީގުގައި މާޒިޔާ މޮޅުވި ތިން ވަނަ މެޗެެވެ. ފުރަތަމަ މެޗުން އޮޑި ސްޕޯޓްސް ކްލަބް އަތުން މޮޅުވި ފަހުން، ދެން ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވެ، ދެން، ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބާ އެއްވަރުވީ އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ބިސް ބުރު އަތުން މި ވަނީ މޮޅުވެފަ އެވެ. 

މިރޭގެ މެޗުގެ ތިން ޕޮއިންޓާ އެކު، މާޒިޔާ އިން ވަނީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިފަ އެެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. އަދި، އެއް ވަނައިގައި ވިކްޓަރީ އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، މާޒިޔާ އާއި ބިސް ބުރުގެ ފަރާތުން މެޗު ފެށިގެން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މާޒިޔާ އިން ލީޑުނެގީ، 29 ވަނަ މިނިޓްގަ އެވެ. މިއީ، ބިސް ބުރުގެ އަލީ ޝައިހާން ނަސީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) އެ ޓީމުގެ އައިދު މުހައްމަދު ޖަވީޒް އަށް ދޭން ޖައްސާލި ބޯޅަ ސަލާމަތްކުރަން، ޝައިހާން ފޮނުވާލިއިރު، އެ ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. 

ބިސް ބުރުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، 35 ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. އަރިމަތިން ނަފްކޮ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަތްމަތިން ގޮހެވެ. 

މާޒިޔާ އިން ވަނީ ދެ ވަަނަ ހާފުގެ ކުރީކޮޅުގައި އަލުން ލީޑުނަގައިފަ އެެވެ. މާޒިޔާ އަށް މި ލަނޑު ޖަހައިދޭނީ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އެވެ.

މެޗުގެ 58 ވަނަ މިނިޓްގައި، މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ބެނިންގެ މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭސް އެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯމޭސް ވަނީ ދެ ފަހަރެއްގެ މަތިން ފޮނުވާލަން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. 

މާޒިޔާ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 71 ވަނަ މިނިޓްގައި އެ ޓީމުގެ ލޫތު  ފޮނުވާލި ބޯޅަ ބިސް ބުރުގެ ކީޕަރު، ގާނާގެ ޕީޓާ ސާކޯޑީ ވަނީ މަތަކޮށްފަ އެވެ. 

މި މެޗުގެ ނަތީޖާއާ އެކު، ބިސް ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އޮތީ ލީގު ތާވަލުގެ ހަ ވަނައިގަ އެވެ. އެއީ، ހަތް ވަނައިގައި އޮތް ޓީސީއާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox