ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

Oct 15, 2026, 6:15 PM
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ފޭދޫ އިއްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ފޭދޫ އިއްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހަމަޖެހުމެއް ހޯދައިފި އެވެ. 

އެންމެ ފަހުން ފަސް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ އިން މިއަދުގެ މެޗަށް ނުކުތްއިރު، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. މިއީ، ފާއިތުވި ހަތް އަހަރު ތެރޭ މި ފަދަ ރެކޯޑަކާ މާޒިޔާ އިން ލީގުގައި ކުރިމަތިލި ފުރަތަމަ ފަހަރެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަހު ވަގުތު ލަނޑު ޖަހައި، 3-2 އިން މާޒިޔާއާ ބަލިކުރިއިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަހު ވަގުތު ލަނޑު ޖަހައި، 2-2 އިން މާޒިޔާއާ އެއްވަރުކުރި އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ލީޑުނެގީ 34 ވަނަ މިނިޓްގަ އެވެ. މިއީ، މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އޭރިއާތެރެއަށް ނަގައިދިން ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލެކެވެ. ފޭދޫ އިއްބެ، ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. 

Advertisement

އެއް ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓްގަ އެވެ. މިއީ، މާޒިޔާގެ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން އެ ޓީމުގެ ސާބިއާ ޑިފެންޑަރު، ނަމަންޏާ ޑްރާވްކޮވިޗް ބޮލުން ޖެހި ގޯލެކެވެ. 

މެޗުގެ 79 ވަނަ މިނިޓްގައި، މާޒިޔާ އިން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން މި ލަނޑު ޖެހީ ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ތޯމަސް ކުކޫ އެވެ. މިއީ، މާޒިޔާގެ ސާބިއާ މިޑްފީލްޑަރު، ނިކޯލާ ވުޖިޗިޗް ނެގި ހުރަހަކަށް އަރައި ކުކޫ ބޮލުން ޖެހި ގޯލެކެވެ. 

ޓީސީން ވެސް މި މެޗުގައި ލިބުނު ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެ ޓީމުގެ އެޓޭކްތައް މާޒިޔާ އިން ރަނގަޅަށް ޑިފެންސްކޮށްފައިވެ އެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު، މާޒިޔާ ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި، ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އަނެއްކޮޅުން، ޓީސީން ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox