ސްޕެއިނަށް އުނދަގު ކުރެވޭނެ ހަތިޔާރު ބެލްޖިއަމްގެ އެބަހުރި

Jul 10, 2026, 8:31 AM
ބެލްޖިއަމްގެ ފަރިތަކުރުންތަކުގެ ތެރެއިން ރޮމެލޫ ލުކާކޫ.

ބެލްޖިއަމްގެ ފަރިތަކުރުންތަކުގެ ތެރެއިން ރޮމެލޫ ލުކާކޫ.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު، ސްޕެއިނަށް މިއީ އުނދަގޫ ޗެލެންޖަކަށް ކުރިމަތިކުރެވޭނެ ފަަދަ ހަތިޔާރު ބެލްޖިއަމް ޓީމުގައި އެބަހުރި ކަމަށް އެ ޓީމުގެ ތަރި، ރޮމެލޫ ލުކާކޫ ބުނެފި އެވެ. 

އެއްކޮށް ފިޓް ނޫނަސް މި ފަހަރުގެ ވޯލްޑް ކަޕްގެ ބެލްޖިއަމް ސްކޮޑުގައި ހިމެނި ލުކާކޫ އަންނަނީ މޮޅު ކުުޅުމެއް ދައްކަމުންނެވެ. ގިނަ މެޗުތަކުގައި ބެންޗުން އަރައި ވެސް ގޯލު ޖަހަމުން އަންނަ ލުކާކޫ ބުނީ، ސްޕެއިނަކީ ވަރަށް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށާއި އެހެން ނަމަވެސް ބެލްޖިއަމަށް ވެސް ރަނގަޅަށް ކުޅެ ކުރެވޭނެ ކަންކަން ހުންނާނެ ކަމަށެެވެ. 

"މިހާ ދުރަށް މުބާރާތެއްގައި އައިސްފައި، ހަމައެކަނި އެނބުރި ގެއަށްދާ ވިސްނުމެއްގައެއް ނުުކުޅޭނެ. ސްޕެއިނަކީ ގަދަ ޓީމެއް. ވަރަށް ގިނަ ކަންކަން ރަނގަޅަށްހުރީ. އެކަމަކު، އަހަރެމެން ވެސް މި ދަނީ ތައްޔާރުވަމުން، އެ މީހުންނަށް އުނދަގޫ ކުރެވޭނެ ފެންވަރާއި ހަތިޔާރު އަހަރެމެންގެ ވެސް އެބަހުރި،" ބެލްޖިއަމްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ލުކާކޫ ބުންޏެވެ. 

Advertisement

ސްޕެއިން ކަހަލަ ޓީމަކާ ދެކޮޅަށް ބެލްޖިއަމުން ވެސް މަސައްކަތް ކުރަން ޖެހޭނީ ޓީމެއް ގޮތަށް ކަމަށާއި އެ ނޫން ވިސްނުމެއްގައި ކުޅެގެން ކާމިޔާބު ލިބޭނެ ކަމަށް އޭނާ އަށް ގަބޫޫލުނުކުރެވޭ ކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ. އަދި، މިދިޔަ އޭޕްރީލް މަހުގައި ސްޕެއިންގެ ކޯޗުކަމާ ހަވާލުވި ރުޑީ ގާސިއާގެ ވިސްނުމަކީ ވެސް އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ޓީމެއްގެ ސިފައިގައި ކުރިއަށްދިއުން ކަމަށް ވެސް ލުކާކޫގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

"އަހަރެން މި މަސައްކަތް ކުރަނީ ވެސް ލިބުނު ފުރުސަތެއްގެ ބޭނުންހިފައިގެން، ޓީމަށް އެހީވުމަށް. އެއީ މިކަން ކުރެވޭނެ ގޮތަކީ. ކޮންމެ މެޗެއްގައި ކޮންމެ ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ދެކުމަކީ ވެސް ގޯހެއް،" ލުކާކޫ ބުންޏެވެ. 

ގާސިއާ ބުނީ، ސްޕެއިނަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށާއި އަނެއް ކޮޅުން ބަލާއިރު، ބެލްޖިއަމަކީ މުބާރާތުގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ޓީމު ކަމަށްވުމުން، މި މެޗުގައި ވެސް އެކަން ހާސިލްކޮށް، ރަނގަޅު ކަންކަމަށް އުންމީދު ކުރެވިދާނެ ކަމަށެވެ. 

ބެލްޖިއަމުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ، ގަދަ 16 ބުރުގައި، 4-1 އިން އެމެރިކާ ބަލިކޮށްފަ އެވެ. ގާސިއާ ބުނީ، އެމެރިކާގައި ކުޅެގެން އެ ޓީމު އަތުން މޮޅުވެ، ބެލްޖިއަމުން ދެން މުބާރާތުގައި ކުރިއަށްދާއިރު، ދެން ވިސްނަން ޖެހޭ ކަމަކީ، އެ ޓީމަށް ހެޔޮ އެދޭނެ އެމެރިކާ އަށް ނިސްބަތްވާ މާ ގިނަ ސަޕޯޓަރުން ނުތިބޭނެ ކަމަށް ކަމުގައި ގާސިއާ ވަނީ ބުނެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox