ސްޕެއިނަކީ ވޯލްޑް ކަޕްގެ ފޭވަރިޓޭ ބުނާ ވާހަކަތަކަށް ޑެ ލަ ފުއެންޓޭ ސަމާލުކަމެއް ނުދޭ

Jul 10, 2026, 8:18 AM
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ: އޭނާ ވަނީ އެ ޓީމަކީ ފޭވަރިޓުންގެ ގޮތުގައި ދައްކާ ވާހަކަތަކާ މެދު ނުވިސްނާ ކަމަށް ބުނެފައި.

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ: އޭނާ ވަނީ އެ ޓީމަކީ ފޭވަރިޓުންގެ ގޮތުގައި ދައްކާ ވާހަކަތަކާ މެދު ނުވިސްނާ ކަމަށް ބުނެފައި.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ސްޕެއިނަކީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ޓީމުގެ ގޮތުގައި، ގިނަ ބަޔެއްގެ ފޭވަރިޓް ކަމަށް ދެކެވޭ ވާހަކަ އަކީ އޭނާ ސަމާލުކަން ދޭ ކަންކަމެއް ނޫން ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ. 

ސްޕެއިނުން މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. މި ހުރިހާ މެޗެއްގައި ވެސް ސްޕެއިން ނިންމާލީ ކޮޅަށް ގޯލެއް ވަނަނުދީ އެވެ. އެންމެ ފަހުން، ގަދަ 16 ބުރުގައި ސްޕެއިނުން ވަނީ 1-0 އިން ޕޯޗުގަލް ބަލިކޮށްފަ އެވެ. 

މިއީ، 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން މިދިޔަ 16 އަހަރު ތެރޭ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން، 2024 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ސްޕެއިނުން ދެއްކި ކުޅުމާ ބަލާއިރު، އެ ޓީމާ މެދު ސަޕޯޓަރުން ދެކޭނީ ވަރަށް ޕޮޒިޓިވްކޮށްކަން އެނގޭ ކަމަށެވެ. 

"އަހަރެން ހިތުގައި ބިރެއް ނެތް (މުބާރާތް ކާމިޔާބުކުރާނެ) ފޭވަރިޓަކަށް ސްޕެއިން ވިޔަސް ނުވިޔަސް. ފޭވަރިޓުންގެ ގޮތުގައި ގުނުމަކީ ވަކި ކަމެއް އަހަރެމެންނަށް ޔަގީންވާނެ ވެސް ކަމެއް ނޫން،" ކުއާޓާ ފައިނަލްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެ ލަ ފުއެންޓޭ ބުންޏެވެ. 

"އަހަންނަށް ބުނެވޭނީ އެންމެ ވާހަކައެއް. އަހަރެމެން މި ދަނީ ހުރިހާ ކަމަކަށް ވެސް ތައްޔާރުވަމުން. އަހަރެމެން މި ދަނީ މި ކަހަލަ ނޮކައުޓް މެޗުތަކަށް ވެސް ތައްޔާރުވުން، މިއީ އަހަރެންގެ ނަޒަރުގައި ފޭވަރިޓުންނެއް އޮންނާނެ މެޗުތަކެއް ވެސް ނޫން،" 

ގިނަ ބަޔަކު ދެކޭގޮތުގައި، ބެލްޖިއަމާ ދެކޮޅަށް ސްޕެއިނުން ކުޅޭ ކުއާޓާ ފައިނަލަކީ. "ފަސޭހަ މެޗެއް" ކަމަށް ބެލި ކަމުގައި ވިޔަސް އޭނާ ތައްޔާރުވަނީ އުނދަގޫ ޗެލެންޖަކަށް ކަމަށެވެ. އެންމެ މުހިންމު ކަމަކީ، ރަނގަޅު ވިސްނުމެއްގައި ހުރެ، އަމިއްލަ ގޭމެއް ކުޅެގެން ނަތީޖާ ނެރުމަށް ކަމަށާއި ސްޕެއިނަށް ކޮންމެ މެޗަކުން ވެސް މޮޅުވެވެން އޮތީ އެންމެ ރަނގަޅު ކުޅުން ދައްކައިގެން ކަމަށް ޑެ ލަ ފުއެންޓޭގެ ވާހަކައިގައި ވަނީ ތަކުރާރުކޮށްފަ އެވެ. 

ސްޕެއިން ސްކޮޑުގައި އަނިޔާގެ މައްސަލައެއް ނެތްކަން ފާހަގަކޮށް، ޑެ ލަަ ފުއެންޓޭ ބުނީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮންމެ ހާލަތަކަށް ވެސް ކުޅުންތެރިން ތައްޔާރުވެގެން ތިބެ، މެޗުން ނަތީޖާ ނެރުމުގެ ފޯކަސްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތުން ކަމަށެެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ވިދުންގަދަ ތަރި، ލަމީން ޔަމާލްގެ އެންމެ ރަނގަޅު ކުޅުން އަދި ނުފެންނަ ކަމަށާއި އުންމީދަކީ ބެލްޖިއަމާ ދެކޮޅަށް ޔަމާލަށް އަސްލު ފޯމުގައި ކުޅެވުން ކަމަށް ޑެ ލަ ފުއެންޓޭ ވަނީ ބުނެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox