މޮރޮކޯ ބަލިކޮށް ފްރާންސް ވޯލްޑް ކަޕްގެ ސެމީ އަށް

Jul 10, 2026, 3:00 AM
މޮރޮކޯ އާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން: ފްރާންސްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

މޮރޮކޯ އާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން: ފްރާންސްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު 2-0 އިން މޮޮރޮކޯ ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސް އިން ހޯދައިފި އެވެ. 

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސް އިން ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ. މިރޭގެ މެޗަށް މޮޮރޮކޯ އިން ނުކުތްއިރު، އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް ބަލިވެފައިނުވެ އެވެ. 

ސެމީ ފައިނަލުގައި ފްރާންސް އިން ކުޅޭނީ ބެލްޖިއަމާއި ސްޕެއިން ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ އެވެ. 

ފްރާންސުން މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، އެޓޭކްކުރަން ފެށި އެވެ. އެ ގޮތުން، އޭރިއާބޭރުން ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، ފޮނުވާލި ބޯޅައެއް މޮރޮކޯގެ ކީޕަރު، ޔާސީން ބޯނޯ ވަނީ މަަތަކޮށްފަ އެވެ. ކޯނަރަކުން އަވަސްކޮށް ކުޅެން ފަށައި، އޭރިއާތެރެއަށް ނެގި  ހުރަހަކުން ފްރާންސްގެ ޑަޔޫޓް އުޕަމެކާނޯ ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު ބޯނޯ ވަނީ ހުއްޓުވައިފަ އެވެ. 

ފުރަތަމަ ހާފުގައި ފްރާންސަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެމްބާޕޭ އަށެެވެ. އޭނާ އަށް މޮރޮކޯގެ ޑިފެންޑަރު، ނުޒައިރު މަޒްރައޯއީ ކުރި ފައުލަކަށް ދިން ޕެނަލްޓީން އެމްބާޕޭ ފޮނުވާލި ބޯޅަ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. ޕެނަލްޓީ ލިބުނު ފަހުން، ފޮނުވާލުމާ ދޭތެރޭ 3 މިނިޓާއި 12 ސިކުންތު ހޭދަވީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަން ޖެހޭ ކަންކަމަށް ފަހު އެވެ. 

މޮރޮކޯ އާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން: ލަނޑު ޖެހުމަށް ފަހު، ޑެމްބެލޭ އުފާފާޅުކުރަނީ.
މޮރޮކޯ އާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން: ލަނޑު ޖެހުމަށް ފަހު، ޑެމްބެލޭ އުފާފާޅުކުރަނީ.

މޮރޮކޯ އަށް ފުރަތަމަ ހާފުގައި އެންމެ ހަމަލާއެއް ވެސް ގޯލަށް ފޮނުވާނުލެވުނުއިރު، ފްރާންސުން ވަނީ ގޯލެއް ޖެހުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، ހާފުގެ މެދެއްހާ ހިސާބުން ވާތުބެކް، ލޫކަސް ޑީންޏާ ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. 

މެޗުގައި ފްރާންސް އިން ފުރަތަމަ ލަނޑު ޖެހީ ދެ ވަނަ ހާފުގެ 15 ވަަނަ މިނިޓްގަ އެވެ. މިއީ، މެޗުގެ 60 ވަނަ މިނިޓްގައި، އޭރިއާ ރޮނގުކައިރިން، ލިބުނު ފުރުސަތަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، އެމްބާޕޭ ޖެހި ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، ފްރާންސް އިން ލީޑުފުޅާކުރި އެވެ. މިއީ، އެމްބާޕޭ ދިން ބޯޅައަކުން އޮސްމާން ޑެމްބެލޭ ޖެހި ގޯލެކެވެ. ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯނޯ އަތުގައި ޖެހިފަ އެވެ. 

މޮރޮކޯގެ އަޒެދީން އުނާހީ، ހާފުގެ މެދުތެރެއިން ޖެހި ޝޮޓެއް ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮަށްފަ އެވެ. ފްރާންސް އިން ތިން ވަަނަ ލަނޑު ޖަހަން ކުރި މަސައްކަތުގައި، ބްރެޑްލީ ބާކޮލާ ޖެހި ޝޮޓް ކީޕަރު، ބޯނޯ ހުއްޓުވިއިރު، އޮލީސޭ ޖެހި ބޯޅަ ދިޔައީ ގޯލާސީދާނުވެ އެވެ. 

ކުއާޓާ ފައިނަލުގައި މާދަމާރޭ ކުޅޭނީ ބެލްޖިއަމާއި ސްޕެއިން އެވެ. އަދި، ދެން އޮތް ދެ ކުއާޓާ ފައިނަލަކީ، އިންގްލެންޑާއި ނޯވޭ ކުޅޭ މެޗާއި އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox