ޕްރެޝަރު އޮތީ އިންގްލެންޑަށް، އެއީ ވޯލްޑް ކަޕްގެ ފޭވަރިޓެއް: ހާލަންޑް

Jul 10, 2026, 7:54 AM
މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ބްރެޒިލް ކަޓުވާލި މެޗަށް ފަހު ހާލަންޑް.

މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ބްރެޒިލް ކަޓުވާލި މެޗަށް ފަހު ހާލަންޑް.

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލު މެޗަށް ނުކުންނައިރު، ޕްރެޝަރު އޮތީ އިންގްލެންޑަށް ކަމަށާއި އެއީ އެ ޓީމަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށް ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ. 

އަށާވީސް އަހަރަށް ފަހު، ނޯވޭ އިން ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 ބުރުގައި، ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް ކަޓުވާލައިފަ އެވެ.  އެ މެޗުގައި ނޯވޭގެ ދެ ލަނޑު ވެސް ޖެހި ހާލަންޑް އަކީ، އިންގްލެންޑްގައި އުފަންވި ކުޅުންތެރިއެކެވެ. އެއީ، އޭނާގެ ބައްޕަ، އަލްފީ ހާލަންޑް، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުންދަނިކޮށެވެ.

ހާލަންޑް އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ބުނީ، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި އިންގްލެންޑާ ކުރިމަތިލާން ޖެހުން އޭނާ އަށް ވެސް ހާއްސަވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ. 

"މިއީ ވަރަށް ހާއްސަ މެޗެއް. އަހަރެން އުފަންވީ އިންގްލެންޑްގައި. އިންގްލެންޑް ޓީމުގައި އަހަންނާ އެއް ޓީމަށް ކުޅޭ ކުޅުންތެރިން އެބަތިބި. އެ މީހުންނާ ދެކޮޅަށް ކުޅޭތީވެސް ހާއްސަ. އެއްގޮތަކުން މަޖާޒީ ވެސް ކަންކަން އެބަހުރި، މިއީ ރަނގަޅު މެޗަކަށްވާނެ،" މި ވޯލްޑް ކަޕްގައި ހަތް ގޯލު ޖަހާފައިވާ ހާލަންޑް ބުންޏެވެ. 

"އެ މީހުންނަކީ (އިންގްލެންޑަކީ) ފޭވަރިޓުން މި މެޗަށް ވެސް. އަނެއްކޮޅުން އެއީ މުބާރާތުގެ ވެސް ފޭވެރިޓެއް. އަހަންނަށް ހީވާ ގޮތުގައި ތި އެންމެން މޮޅުވުމުގެ ޕްރެޝަރުގެ ވާހަކަ ގެންނަންވީ އެ މީހުންނަށް ހެން،" 

ދިގު މެދުކެނޑުމަކަށް ފަހު، ނޯވޭ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭއިރު، ހާލަންޑް ބުނީ، ކުއާޓާ ފައިނަލާ ހަމައަށް އާދެވުމަކީ ވެސް ހަގީގަތުގައި ކާމިޔާބެއް ކަމަށެވެ. އަދި، ނޯވޭ ވޯލްޑް ކަޕްގެ ގަދަ އަށް ޓީމުގެ ތެރޭގައި ކުޅުމުން ބައެއް ފަހަރު އޭނާ ވެސް ހައިރާންވާ ކަމަށް ހާލަންޑް ވަނީ ބުނެފަ އެވެ. 

"ބްރެޒިލާ ދެކޮޅަށް ކުޅުމަކީ އަހަރެމެން ނޯވޭ މީހުންނަށް ވަރަށް އެހެން ކަހަލަ ކަމެއް ތަޖުރިބާ ކުރެވޭ ކަމެއް. ބްރެޒިލް އަތުން މޮޅުވެގެން ކުއާޓާ ފައިނަލެއްގައި އިންގްލެންޑާ ދެކޮޅަށް އެ ވެސް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ކުޅޭ މުބާރާތެއްގައި ވާދަކުރުން ހުރިހާ ގޮތަކުން ވެސް ހާއްސަ،" ހާލަންޑް ބުންޏެވެ. 

"މިއީ، ހުރިހާ ގޮތަކުން ބަލާއިރު ވެސް ނޯވޭގެ ރައްޔިތުން އުފާކުރާނެ ވަގުުތެއް،" 

ހާލަންޑް ބުނީ، އިންގްލެންޑުން ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅޭއިރު، އެ ޓީމަށް މި ލެވަލްގެ ތަޖުރިބާ ލިބިފައިވާ ކަމަށެވެ. އަނެއްކޮޅުން، ނޯވޭ އަށް އޮތީ މިހާތަނަށް އައިއިރު ވެސް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ތަކުރާރުކުރުން ކަމަށް ހާލަންޑް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox