އިންގްލެންޑްގެ ކުއަންސާ އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާ އިން ދަމަހައްޓައިފި

Jul 10, 2026, 8:04 AM
އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން، ކުއަންސާ.

އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން، ކުއަންސާ.

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންޑަރު، ޖަރެލް ކުއަންސާ އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ދަމަހައްޓަން ފީފާ އިން ނިންމައިފި އެވެ. 

ގަދަ 16 ޓީމުގެ ބުރުގައި އިންގްލެންޑުން 3-2 އިން މެކްސިކޯ އަތުން މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ކުއަންސާ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. އިންގްލެންޑުން ވަނީ އެ ރަތް ކާޑަށް ލުޔެއް ހޯދުމަށް އެޕީލްކޮށްފަ އެވެ. އެއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި، އެމެރިކާގެ ފޯވާޑް، ފަަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ވެސް ލުއިތަކެއް ދީ އޭނާ އަށް ޖެހިގެން އައި މެޗުގައި ކުޅުމުގެ ފުރުސަތު ދޭން ފީފާ އިން ނިންމުމާ ގުޅިގެންނެވެ. 

އެކަމަކު، ފީފާ އިން ނިންމީ، ކުއަންސާ އަށް ދީފައި އޮތް ދެ މެޗުގެ ސަސްޕެންޝަން ދަމަހައްޓާށެވެ. މާނަ އަކީ، ކުއަންސާ އަށް އިންގްލެންޑުން ކުއާޓާ ފައިނަލުގައި، ނޯވޭއާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމެވެ. އަދި، އެ މެޗުން މޮޅުވެއްޖެނަމަ، ސެމީ ފައިނަލުގައި އިންގްލެންޑުން ކުޅޭ މެޗުގައި ވެސް ކުއަންސާ އިންނަން ޖެހޭނީ ދަނޑު ބޭރުގަ އެވެ. ސެމީގައި އިންގްލެންޑުން ކުޅެން ޖެހިއްޖެނަމަ ވާދަކުރަން ޖެހޭނީ، އާޖެންޓީނާ ނޫނީ ސްވިޒަލެންޑާ އެވެ. 

ފްރާންސް އިން ވެސް ވަނީ ކާޑަކަށް ލުއި ހޯދަން އެޕީލްކޮށްފަ އެވެ. އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި، ޕެރަގުއޭ އަތުން ފްރާންސް މޮޅުވި މެޗުގައި އެ ޓީމުގެ މައިކަލް އޮލީސޭ އަށް ދެއްކި ރީނދޫ ކާޑަށް ލުޔެއް ހޯދަން، ކުރި އެޕީލް ވެސް ފީފާ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ފްރާންސް އިން ރޭ މޮރޮކޯއާ ދެކޮޅަށް 2-0 އިން މޮޅުވި މެޗުގައި އޮލީސޭ އަށް ރީނދޫ ކާޑެއް ދެއްކި ނަމަ  އޭނާ އަށް ސެމީ ފައިނަލް މެޗު ސަސްޕެންޝަންގެ ސަބަބުން ގެއްލޭނެ އެވެ. 

ވޯލްޑް ކަޕްގެ ގަވާއިދުގައިވާ ގޮތުން، ގްރޫޕް ސްޓޭޖަށް ފަހު، އެއް ރީނދޫ ކާޑު ދައްކާފައިވާ ކުޅުންތެރިންގެ ކާޑުތައް މާފުވާނެ އެވެ. އަދި، ކުއާޓާ ފައިނަލަށް ފަހު ވެސް، އެއް ރީނދޫ ކާޑުގައި ތިބި ކުޅުންތެރިންގެ ކާޑުތައް މާފުވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox