ކުއާޓާގެ ކުރިން ފްރާންސާއި މޮރޮކޯގެ ކޯޗުގެ ތައުރީފު ރެފްރީންނަށް

Jul 9, 2026, 2:44 PM
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް (ވ) އާއި މޮރޮކޯގެ ކޯޗު އުއާބީ.

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް (ވ) އާއި މޮރޮކޯގެ ކޯޗު އުއާބީ.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 9) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ކުޅުމުގެ ކުރިން، މެޗުގައި ބައްދަލުކުރާ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި މޮޮރޮކޯގެ ކޯޗު، މުހައްމަދު އުއާބީ، މެޗުގެ ރެފްރީންނަށް އިތުބާރު އޮތް ކަމަށް ބުނެ، ތައުރީފުކޮށް ވާހަކަ ދައްކައިފި އެެވެ. 

މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ފަސް ރެފްރީން ވެސް ނިސްބަތްވަނީ އާޖެންޓީނާ އަށެވެ. މިއީ، ވަކި މަގުސަދެއްގައި ކޮށްފައިވާ ކަމެއްތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު ޑެޝޯމްސް ގާތުގައި އެހުމުން، އޭނާ ބުނެފައިވަނީ، ވާދަކުރަން ޖެހެނީ ރެފްރީންނާ ނޫން ކަމަށާއި ކުޅެނީ މޮރޮކޯއާ ކަމަށެވެ. 

"ރެފްރީންނާ މެދު ވިސްނައިގެން ކުރެވޭނެ ކަމެއް ނެތް. އެހެންވެ، އަހަރެން މި ނިންމަނީ ރެފްރީންނަށް އިތުބާރު ކުރަން. އަހަންނަށް ފެންނަ ގޮތުގައި އެ މީހުން ވަރަށް ރަނގަޅަށް އެކަންކުރާނެ. ވަކި ގައުމެއްގެ ބަޔަކަށް ވެގެން ރެފްރީންނާ ގުޅޭ ވާހަކައެއް ނުދެއްކޭނެ،" ޑެޝޯމްޕްސް ބުންޏެވެ. 

Advertisement

އޭނާ ބުނީ، ރެފްރީންގެ ނިންމުންތަކާ މެދު އަބަދުވެސް ބަހުސްތައް ކުރެވޭނެ ކަމަށާއި އެއީ ފުޓްބޯޅައިގެ ތެރޭގައި ހިނގާނެ ކަންކަން ކަމަށެވެ. އަދި، މީގެ ހުރިހާ ކަމެއް ވެސް ބިނާވަނީ އެ މީހެއް ހުންނަ "ފަޅިއެއް"ގެ ގޮތުން ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. 

"އަހަރެން އެއްވެސް އިރެއްގައި ވިސްނި ގޮތެއް ނޫން ރެފްރީ އަކީ އަހަންނާ ދެކޮޅު މީހެކޭ. ހަގީގަތަކީ ރެފްރީ އެ ތަނުގައި އެ ހުންނަނީ ފުޓްބޯޅައިގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން،" ޑެޝޯމްޕްސް ބުންޏެވެ. 

މީގެ ހަތަރު އަހަރު ކުރިން، ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސުން ވަނީ މޮރޮކޯ ބަލިކޮށްފަ އެވެ. އެ މެޗުގައި މޮރޮކޯ އަށް ދެ ޕެނަލްޓީއެއް ލިބެންޖެހޭ ފައުލުތަކެއް ކަމަށް ބުނެ، އެ ޓީމުން އެ މެޗުގެ ތެރެއިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. 

ޑެޝޯމްޕްސް އެކޭ އެއްގޮތަށް، މޮރޮކޯގެ ކޯޗު އުއާބީ ވެސް ވަނީ ރެފްރީންނަށް އިތުބާރު އެބައޮތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. 

"މި މެޗުގެ ރެފްރީގެ ތަޖުރިބާ އެބަހުރި. އެއީ އަހަރެމެން ވެސް އެ ދޭ ގޮތަކީ ތަޖުރިބާ ހުރި ރެފްރީއެއް ހުރުން، އަހަރެމެން މި ތިބީ އެ ވިސްނުމަށް ބަލާއިރު ވަރަށް ހަމަޖެހިލައިގެން. ދެން، ރެފްރީން އެ ދަނީ އެ މީހުންގެ ޒިންމާ އަދާކުރަމުން،" އުއާބީ ބުންޏެވެ. 

އޭނާ ބުނީ، މޮރޮކޯ އިން ގަދަ 16 ޓީމު ކުޅުނު ބުރުގައި ކެނަޑާ އަތުން މޮޅުވި މެޗުގައި ހުރި ރެފްރީން ވަރަށް ރަނގަޅު ކަމަށާއި ހަމައެކަނި ކަންބޮޑުވުމަކީ ކާޑު ދެއްކުން ތަންކޮޅެއް އަވަސްވުން ކަމަށެވެ. އެކަމަކު، ފްރާންސާއި ޕެރަގުއޭ ކުޅުނު މެޗުގައި ފެނުނީ އެހެން ގޮތަކަށް ކަމަށާއި އެ މެޗުގައި ކާޑެއް ފެނުން ވީ އުނދަގޫ ކަމަކަށް ކަމަށް އުއާބީ ވަނީ ފާހަގަކޮށްފަ އެވެ. 

ފްރާންސުން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީގައި 2-0 އިން މޮޮރޮކޯ ބަލިކޮށްފަ އެެވެ. އެ މެޗުގެ ފަހުން ކުޅުނު 34 މެޗުން ވެސް މޮރޮކޯ ބަލިވެފައިނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox