ހުލާސާކޮށް އިއްޔެ: ރަސްމާލެ ނިންމަން އަނެއްކާ ވެސް އާ ތާރީހެއް

Jun 30, 2026, 6:00 AM
ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވައުދުވި ނަމަވެސް، އެ މަސައްކަތް ނިންމާނެ ފަސްވަނަ ތާރީހެއް ސަރުކާރުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަޝްރޫއު ލަސްވީ ތެޔޮ އަގުބޮޑުވުމުގެ ސަބަބުންނެވެ. ހަމައެއާއެކު، "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މި އަހަރުގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މި ހަބަރުގެއިތުރުން އިއްޔެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

އަށް މަސްދުވަހުން ހިއްކާ ނިންމަން ވައުދުވެގެން ފެށި ރަސްމާލެ ނިންމަން ފަސްވަނަ ތާރީހެއް!

އަށް މަސްދުވަހުން ހިއްކައި ނިންމުމަށް ފެށި ރަސްމާލެ މަޝްރޫއު، ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ލަސްވެ، މި އަހަރުގެ ނިޔަލަށް ނިންމުމަށް ފަސްވަނަ ތާރީހެއް ސަރުކާރުން ކަނޑައަޅައިފިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު މަޝްރޫއުގެ 60 އިންސައްތަ ނިމިފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ގޮތުން ދެން މަސައްކަތް ކުރިއަށްދާނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ހައުސިން ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭ މީހުން މި އަހަރު އިއުލާނު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. ފްލެޓު ދޫކުރަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އެ ސްކީމުގެ ދަށުން 7900 ފްލެޓު ދޫކުރާނެ އެވެ.

އިގްތިސާދީ އަދި މާލީ ނިންމުންތައް

ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ބޭރުގެ ބޭންކަކަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފައެވެ. އަދި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ސަބަބުތަކަށްޓަކައި ނޫން ކަމަށާއި، އެއީ އިގްތިސާދީ މަޖުބޫރުތަކާ ހުރެ ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކު ވިއްކާލަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރައްވައިފި

މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭ ވާހަކައަކީ، އެއީ އެއްވެސް ހަގީގަތެއް ނެތް "ގޮސިޕް" ކަމަށް. މި ބޭންކަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް އުފައްދާފައިވާ މުހިންމު ބޭންކެއް ނަމަވެސް ދެ އަހަރާ ބައިވީއިރު ހިދުމަތް ނުފެށޭ.

ސިޔާސީ ސަބަބުތަކާ ހުރެ އެސްއޯއީތަކުން މުވައްޒަފުން ކަނޑާ ކަމަށް މުއިއްޒު އެއްބަސްވެވަޑައިނުގެންނެވި

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ސިޔާސީ ފިކުރަށް ބަލައިގެން ނޫން ކަމަށާއި، އަވަޒީފާއިން ވަކިކުރަނީ ކުންފުނީގެ މަސައްކަތުގައި ބައިވެރިނުވާ ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ތިބި މުވައްޒަފުން ކަމަށާއި، މިއީ ވަޒީފާގެ ރައްކާތެރިކަން ދިނުމަށް ވީ ވައުދާ ހިލާފުވުން ނޫން ކަމަށް މުއިއްޒު ވިދާޅުވި.

ދުންފަތުގެ ޑިއުޓީއަށް ގެނައި ބަދަލު

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރިތާ ދެ އަހަރު ނުވަނީސް، އަނެއްކާވެސް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ދެބައިކުޅަ އެއްބަޔަށް ހެޔޮވާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ފަހަތަށް އެޅި ފިޔަވަޅެއް ނޫނެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތު ފެއިލްވުމެވެ.

ދުންފަތުން ނަގާ ޑިއުޓީގެ ޔޫ-ޓާނަކީ މުއިއްޒުގެ ސިޔާސަތު ފެއިލުވީކަމުގެ އިއުތިރާފެއް!

ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ސިނގިރޭޓު ފޮށްޓެއްގެ އަގު 250 ރުފިޔާއިން 125 ރުފިޔާއަށް ހެޔޮވާނެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކަމަށް ބުނެ މީގެ ދޮޅު އަހަރު ކުރިން ޑިއުޓީ ބޮޑުކުރުމަށްފަހު، އަނެއްކާވެސް އަގު ހެޔޮކުރަން ނިންމުމަކީ ސަރުކާރުން މި ސިޔާސަތުގައި ނެގި "ޔޫ-ޓާން" އެއް.

ސިނގިރޭޓު އަގުހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އިން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކޮށް، އަގު ހެޔޮކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހުގެ ދަށުން ސިނގިރޭޓުން ނަގާ ޑިއުޓީ ގާތްގަނޑަކަށް 50 އިންސައްތަ ކުޑަވެގެންދާނެއެވެ.

ސިނގިރޭޓުގެ އަގުހެޔޮކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މި ބަދަލު ގެންނަން ނިންމީ އަގުބޮޑުވުމުގެ ސަބަބުން ސިއްހަތަށް މާ ނުރައްކާތެރި ތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި، ފަންނީ ދިރާސާތަކަށް ރިއާޔަތްކޮށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ސިނގިރޭޓުން ނަގާ ޑިއުޓީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ކުޑަވެގެންދާނެއެވެ.

މުއައްސަސާތަކާއި ގާނޫނީ ކަންކަން

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ޕީއެންސީގެ ކުރީގެ ރެޖިސްޓްރާ މުހައްމަދު ޝަކީލު އައްޔަންކުރަން ރައީސް ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، ރައީސާ ގުޅޭ ޖިންސީ ތުހުމަތުތަކެއް ހިމެނޭ "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން ނެރުނު ކޯޓު އަމުރުގެ އިސްތިއުނާފު އަޑުއެހުން ވަނީ އިދާރީ ސަބަބުތަކާ ހުރެ ކެންސަލްކޮށްފައެވެ. އަދި އޭސީސީގެ ވެބްސައިޓުން ރައީސާ ގުޅޭ ބަޔާނެއް ޑިލީޓުކުރި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަން ކުރަން މުއިއްޒު ހުށަހަޅުއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން އެ ކޮމިޝަނުގެ ރައީސްއަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނައުމަށްފަހު ކަނޑައެޅީ އެ މަގާމަށް މީހަކު ނޮމިނޭޓު ކުރާނީ ވެސް އައްޔަން ކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"އައިޝާ" ޑޮކިއުމެންޓަރީ ދެއްކުން މަނާ ކުރި ގެގް އޯޑަރުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި

އެ ކޯޓު އަމުރު އިސްތިއުނާފު ކުރީ މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އެވެ. އަޑުއެހުން ކެންސަލްވިކަން ކޯޓުން އެންގީ ވަކީލުންނާއެކު ފިޔާޒް ކޯޓަށް ހާޒިރުވި ފަހުންނެވެ. ކެންސަލްވީ އިދާރީ ސަބަބެއް ދިމާވެގެން ކަމަށް ކޯޓުން ބުންޏެވެ.

ޚަބަރުތަކުގެ ހުލާސާ: މުއިއްޒުއާ ގުޅޭ ބަޔާން ޑިލީޓުކުރުން

ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ ތުހުމަތަކާ ގުޅޭ ބަޔާނެއް އޭސީސީގެ ވެބްސައިޓުން އުނިކޮށްފައިވާއިރު، އެމްއޭސީއެލްގެ ޑޮލަރު އަގުހެޔޮކޮށް ވިއްކާ ކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. މީގެ އިތުރުން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގެ ތެރެއަށް ވަނުމަށް ބާ ކައުންސިލުން އެދިފައިވާއިރު، ވޯލްޑް ކަޕްގައި މެސީގެ ހެޓްރިކާއެކު އާޖެންޓީނާ ވަނީ ނޮކައުޓް ބުރަށް ދަތުރުކޮށްފައެވެ.

އެމްޑީޕީގެ ލީޑަޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަން ޖެހޭނެ: ޖަނާބު

އެމްޑީޕީގެ ލީޑަޝިޕްގެ ނިޔަތް ނުބައިކަމުން، އެ މީހުން ހެޔޮ އެއްޗެއް ބުންޏަސް ދެކޮޅު ހަދަންޖެހޭނެ ކަމަށް ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ހާދިސާތައް

ކ. ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސާ މަރިޔަމް ޝިއުނާ އަމިއްލަ ގޭގެ ހަރުގަނޑަކުން ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މާލޭގައި އިމާރާތެއް ކުރަމުންދިޔަ ތަނަކުން ދެ ބިދޭސީން ވެއްޓުނު މައްސަލައިގައި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަނުކުރާ ކަމަށް ބުނެ އެ މަސައްކަތް ކުރި ކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.

ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސާއަށް ހާނީއްކަވެ އޭޑީކޭގައި ފަރުވާ ދެނީ

ކ. ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސާ މަރިޔަމް ޝިއުނާ ދިރިއުޅޭ ގޭގެ ހަރުގަނޑަކުން ވެއްޓި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އޭނާގެ ބޮލުންނާއި ކަންފަތުން ލޭ އައުމުގެ އިތުރުން ހާލަތު ސީރިއަސްވުމާ ގުޅިގެން، އިތުރު ތަހުލީލުތައް ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ދެ ބިދޭސީން ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނި 5000ރ. އިން ޖޫރިމަނާކޮށްފި

މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީން ވެއްޓުނު މައްސަލައިގައި، އެ މަސައްކަތް ކުރި ބީޓްރެކްސް ޑްރީމް ކުންފުނި 5،000 ރުފިޔާއިން މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ. މި ކުންފުނި ޖޫރިމަނާކުރީ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަނުކޮށް މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ކައުންސިލުން ބުންޏެވެ.

ކުޅިވަރު

ފީފާ ވޯލްޑް ކަޕްގެ ތެރެއިން ކޭޕް ވާޑް ޓީމުގެ ކެޕްޓަން ރަޔާން މެންޑޭސްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް މައްސަލަ ބަލަން ވަނީ ފަށާފައެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ބްރެޒިލާއި ޖަޕާން ބައްދަލުކުރާ މެޗާ ބެހޭގޮތުން ބްރެޒިލްގެ ކެޕްޓަން ވަނީ ޖަޕާނަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކުމަށް އިންޒާރު ދީފައެވެ. އަދި އުޒްބެކިސްތާނުގެ ކޯޗު ފަބިއޯ ކަނަވާރޯ ވަނީ އެ ގައުމުގެ ފުޓްބޯޅައަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ގޮވާލާފައެވެ.

ކޭޕް ވާޑްގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑް ޓީމުގެ ކެޕްޓަން ރަޔާން މެންޑޭސް، ނިއުޒީލެންޑްގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން މައްސަލަ ބަލަން ފަށައިފި. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާޗް މަހު ނިއުޒީލެންޑުގައި އޮތް މެޗެއްގެ ދުވަސްވަރު ކަމަށާއި، ފުލުހުން މިހާރު ދަނީ ހޮޓަލުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ހެކި ހޯދަމުން.

ޖަޕާން ފަސޭހަކޮށް ނަގައިފިއްޔާ ބްރެޒިލަށް ދެރައެއް ލިބިދާނެ

ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ޖަޕާނާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްލައިފިނަމަ ބްރެޒިލަށް ނުރައްކާވެދާނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު މާކީނިއޯސް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ޖަޕާނަކީ ވިސްނުންތެރި ކުޅުމެއް ކުޅޭ ޓީމެއް ކަމަށާއި، އެހެންކަމުން ބްރެޒިލުން މި މެޗަށް ނުކުންނާނީ ޖަޕާންގެ ކުޅުން ދިރާސާކޮށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

ކަނަވާރޯ ގޮވާލީ އުޒްބެކިސްތާނުން ފުޓްބޯޅަ އަށް އިންވެސްޓްކުރުން ހުއްޓާނުލަން

އުޒްބެކިސްތާނުން ފުރަތަމަ ފަހަރަށް ވާދަކުރި ވޯލްޑް ކަޕުން ކެޓި ނަމަވެސް، އެ ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން އިންވެސްޓްކުރުން ހުއްޓާނުލުމަށް ކޯޗު ފަބިއޯ ކަނަވާރޯ ގޮވާލައިފި އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވޯލްޑް ކަޕް ފެންވަރުގައި ދެމިއޮތުމަށްޓަކައި އެކަޑަމީތަކާއި ޒުވާން ކުޅުންތެރިން ބިނާކުރުމަށް ދެމެހެއްޓެނެވި ގޮތެއްގައި ހަރަދުކުރަން ޖެހޭ ކަމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox