ހައުސިން ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭ މީހުން މި އަހަރު އިއުލާނު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

Jun 29, 2026, 11:32 AM
ރައީސް މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ ލިސްޓުތައް ނެރޭނީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާފައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ ލިސްޓުތައް ނެރޭނީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާފައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ހައުސިން ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބޭ މީހުން މި އަހަރު ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. ފްލެޓު ދޫކުރަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އެ ސްކީމުގެ ދަށުން 7900 ފްލެޓު ދޫކުރާނެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެސް މި އަހަރު ނިމުމުގެ ކުރިން ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ. 

"މި އަހަރު ތެރޭގައި ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓު ވެރިފައިކޮށް ނިންމައި އެ ފަރާތްތަކަށް ލިބޭކަން އެނގިގެންދާނެ،" ރައީސް ވިދާޅުވި އެވެ. "ފްލެޓަށް ކުރިމަތިލީ މީހުންނަށް އެ ފްލެޓުތައް ލިބޭކަން ވެސް އިރާދުކުރެއްވިއްޔާ ހަމަ މި އަހަރުގެ ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ޑޭޓު އިއުލާން ކުރާނަން." 

މުއިއްޒު ވިދާޅުވީ ގޯއްޗާއި ފްލެޓު ލިސްޓު ވެސް އިއުލާނު ކުރައްވާނީ "ބަލަންޖެހޭ ހުރިހާ" ކަމެއް ބެލުމަށްފަހު ކަމަށެވެ. ފްލެޓު ލިބޭ މީހާއަށް ލިބެނީ ކޮން ޕްރޮޖެކްޓެއްގެ ފްލެޓުކަން ވެސް އިއުލާނާއެކު އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

 ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ނިންމައި އެ ލިސްޓު ވެސް އަޅުގަނޑުމެން ނެރޭނަން. ލިސްޓު ނެރޭއިރު ތަފްސީލުކޮށް ކަނޑައަޅާނަން، ތަރުތީބަކާއެކީ ކޮން ފަރާތަކަށް ކަން، ކޮން ޕްރޮޖެކްޓުތަކެއްގެ ތެރެއިން ލިބޭ ފްލެޓުތަކެއްތޯ ލިބޭނީ، އެ ލެވެލްއަށް އަޅުގަނޑުމެން ބޭނުންވޭ ތަފްސީލުތައް އިއުލާން ކުރަން.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިއަހަރުގެ ނިޔަލަށް ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކާ ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި 2028 މެދު ތެރެއަށް ހުރިހާ ފްލެޓުތަކެއް ވެސް ނިމޭނެކަން އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. 

"އަޅުގަނޑުމެން އަމާޒަކީ އިރާދުކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެން [ރަސްމާލެ ހިއްކާ] ނިންމާލުން. އަދިވެސް ހައެއްކަ މަސްތެރޭ ނިންމާލެވިދާނެ ކަމަށް މި ބަލަނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމާ 2028 ގެ މެއި، ޖޫން، ޖުލައި ހިސާބަށް އިރާދުކުރެއްވިއްޔާ މާލެ ސަރަހައްދުގައި މި އެޅޭ ހުރިހާ ފްލެޓެއް ނިންމޭނެ. އެ ޔަގީންކަން، ފުރިހަމަ ޔަގީންކަން އަދިވެސް އެބަ އޮތް."

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox