ސިނގިރޭޓުގެ އަގުހެޔޮކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މެއި 29، 2025: ދުންފަތާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކަށް ޑަބްލިއުއެޗްއޯގެ އެވޯޑު މުއިއްޒުއަށް އެރުވި ހަފްލާގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މެއި 29، 2025: ދުންފަތާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކަށް ޑަބްލިއުއެޗްއޯގެ އެވޯޑު މުއިއްޒުއަށް އެރުވި ހަފްލާގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ސަރުކާރުން ހިއްލާލި ސިނގިރޭޓު ޑިއުޓީ ރޭޓުތައް ކުޑަކުރަން ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އޮތް އިމްޕޯޓް އެކްސްޕޯޓު ގާނޫނު ބަދަލުކުރުމުގެ ބިލު ފާސްވުމާއެކު ސިނގިރޭޓުން ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަވާނެ އެވެ. އަދި ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ އަށް ރުފިޔާގެ ބަދަލުގައި ނަގާނީ ހަތަރު ރުފިޔާ އެވެ. މި ބަދަލާއެކު ސިނގިރޭޓުން ނަގަމުން އައި ޖުމުލަ ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.

އަދަދު ނޫހަށް ފުރުސަތު ނުދީ ރައީސް އޮފީހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ އެ ބަދަލު ގެނައުމަށް ހުށަހެޅީ ކެބިނެޓުގައި ވަރަށް ގިނަ މަޝްވަރާކޮށް، ފަންނީ ދިރާސާތައް ހެދުމަށް ފަހު ކަމަށެވެ. އެފަދަ ދިރާސާއެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ. 

"އަޅުގަނޑުމެން ވިސްނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް އާދަޔާހިލާފު ބޮޑު އަދަދަކަށް މީހުން ވަދެގެން، ކުއްލިއަކަށް ހިނގައިދާނެ ފަދަ ދޮރެއް ހުޅުވިދާނެ ކަމަށް. އެހެންވީމާ އެކަން ހުއްޓުވުމަށް އަޅުގަނޑުމެން ގެނައި ބަދަލެއް، ބަދަލެއް ގެނެސްފައި، މިހާރު މި ގެންނަ ބަދަލަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން. މި ޕްރޮސެސްގެ ތެރެއިން ހިނގާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ. 

ދުންފަތުގެ އަގުހެޔޮކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އޭގެ އަގުބޮޑުވުމުގެ ސަބަބުން އެ ބޭނުންކުރަމުންދިޔަ މީހުން ރައްކާތެރި ނޫން ތަކެއްޗަށް ބަދަލުވުން ހިމެނޭކަން މުއިއްޒު ފުރަތަމަ ފަހަރަށް މިއަދު ހާމަކުރެއްވި އެވެ. 

"ދުންފަތުގެ އިސްތިއުމާލު ކުރުން އާދަވެފައި ތިބި ފަރާތްތައް އެބަ ބޭނުންކުރޭ މާ ބޮަޑަށް ސިއްހަތަށް ގެއްލުންވާ ކަހަލަ އެއްޗެހި، މާ ބޮޑަށް ލަންގްސް ހަލާކުވާ ކަހަލަ އެއްޗެހި. އެހެންވެ އެއަށް ދިޔުން ހުއްޓުވުމަށްޓަކައި ވެސް މި ސްޓެޕް އަޅުގަނޑުމެން އެބަ ނަގަން. މިއީ ހަމަ ފަހަރަކު ނަގާ މަރުހަލާއެއް،" މުއިއްޒު ވިދާޅުވި އެވެ.  

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބާރު އެޅުމަށްޓަކައި ހިންގަނީ ވަށާޖެހޭ ޕްރޮގްރާމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި ދުންފަތުން ދުރުވުމަށްޓަކައި ބޭނުންކުރާ އާލާތްތައް އެތެރެކުރަން މިހާރު އޮންނަ ހުރިހާ ޑިއުޓީއެއް ވެސް ކަނޑާލަން ހުށަހަޅާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"މި މަރުހަލާއާ އެކީގައި މުޅި މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ވަށައި ޖެހޭ ގޮތަށް މި ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ. މި ދަނީ މި ފެށި ރާސްތާގައި ސީދަލަށް، އެއްގޮތަކަށް ވެސް އަނބުރާލީއެއް ނޫން."

އެ ބިލު ފާސްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ. އެހެންކަމުން ބިލު ފާސްވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓު އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ. 

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ. 

ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ ވާހަކަ ސަރުކާރުން ހާމަކުރީ ޖޫން 6، ގައި ބޭއްވި ބައި-އިލެކްޝަންއާ ދިމާކޮށެވެ. އެ ވާހަކަ އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެކަމަކު ސަރުކާރުން ބުނަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ ޑަބްލިއުއެޗްއޯއިން ލަފައެއް ލިބިގެން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox