ދެ ބިދޭސީން ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނި 5000ރ. އިން ޖޫރިމަނާކޮށްފި

ދެ ބިދޭސީން ވެއްޓުނު އިމާރާތުގައި ފުލުހުންނާއެކު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ދެ ބިދޭސީން ވެއްޓުނު އިމާރާތުގައި ފުލުހުންނާއެކު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ދެ ބިދޭސީ މަސައްކަތްތެރިއަކު ވެއްޓި ޒަހަމުވި އިމާރާތް ހަދަމުންދިޔަ ކުންފުނި 5000ރ. އިން ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ މައްސަލައިގައި ޖޫރިމަނާކޮށްފައި ވަނީ ބީޓްރެކްސް ޑްރީމް ކިޔާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނި ޖޫރިމަނާ ކުރީ ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ނާޅާއި ބަލަން ޖެހޭ ވަރަށް ނުބަލައި މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން ކަމަށް ކައުންސިލުން ބުންޏެވެ. 

"ހުރިހާ ރައްޔިތުން ވެސް ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަންދީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަން ކައުންސިލުން އިލްތިމާސް ކުރަން،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީ ދެ މަސައްކަތްތެރިއަކު ވެއްޓި އަނިޔާވެއްޖެ

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަސައްކަތްތެރިޔާއަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލު ކުރާ ފަރާތުގެ ޒިންމާއެކެވެ.

ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީ ދެ މަސައްކަތްތެރިއަކު ވެއްޓި ޒަހަމުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހާދިސާގައި އަނިޔާވީ ނޭޕާލަށް ނިސްބަތްވާ އުމުރުން 22 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެމީހުންނަށް ލިނުބު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެއްޓުނީ މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މީހުން ވެއްޓުނީ މަޖީދީ މަގު ވޭލާ ކައިރީ ހުރި އިމާރާތަކުންނެވެ. 

އެ ދެމީހުން ވެއްޓުމުން ޓެކްސީއަކަށް އަރުވާ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރު އަމިއްލަ ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އާލާތެއް އެމީހުން އަޅައިގެން ތިބި ތަނެއް ވީޑިއޯއަކުން ނުފެނެ އެވެ.  

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަސައްކަތްތެރިޔާއަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލު ކުރާ ފަރާތުގެ ޒިންމާއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox