ޑިވެލޮޕްމަންޓް ބޭންކު ވިއްކާލަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އޮފީސް ހުންނަ އިމާރާތް: މި ބޭންކު ހުޅުވިތާ 2 އަހަރާ ބައިވީއިރު ހިދުމަތް ދޭން ނުފެށޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އޮފީސް ހުންނަ އިމާރާތް: މި ބޭންކު ހުޅުވިތާ 2 އަހަރާ ބައިވީއިރު ހިދުމަތް ދޭން ނުފެށޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ދިވެހި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ ބޭރުގެ ބޮޑު ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަަތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު މިހެން ވިދާޅުވީ ސަރުކާރުން މި ބޭންކުގެ ހިއްސާ ވިއްކާލާފައިވާ ކަމަށް ދައުރުވަމުންދާ ވާހަކަތާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި މިއީ "ގޮސިޕް" ކަމަށް ވިދާޅުވެ، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމުގެ ޔަގީންކަން ދެއްވި އެވެ. 

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކަންތައްތަކުގައި އެއީ ވެސް ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައިގެން ތި ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. އެހެންވީމަ، ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް ވަރަށް ބޮޑަށް ފެެތުރިފަ،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

ޑީބީއެމްއަކީ ތަރައްގީގެ މަޝްރޫއުތަކާއި ފެހި މަޝްރޫއުތަކަށް ސިންޑިކޭޓަޑް ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުވާ ބޭރު ފައިސާގެ މިންވަރު މަދުކުރުމުގެ މަގުސަދުގައި މުއިއްޒު އުފެއްދެވި ބޭންކެކެވެ.  

ސަރުކާރުން ފަންޑުކޮށްގެން ހިންގާ ގޮތަށް އުފެއްދި މި ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭންކިން ލައިސަންސް ލިބުނީ އޮކްޓޫބަރު 2024 ގައި އެވެ. ޖެހިގެން އައި މަހު މުއިއްޒު ވަނީ މިތަން ރަސްމީކޮށް ހުޅުވާފަ އެވެ. އޭރު ހުޅުވި ނަމަވެސް ރަސްމީކޮށް ވިޔަފާރި ފެށުމުގެ ހުއްދަ އެމްއެމްއޭއިން އެ ބޭންކަށް ލިބުނީ މި އަހަރު ޖެނުއަރީ 26، ގައި އެވެ.

ޑީބީއެމްއަކީ މުއިއްޒުގެ އިގުތިސޯދީ އެޖެންޑާގެ މުހިންމު ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ބޭންކުގެ އޮޕަރޭޝަންތައް ރަނގަޅަށް ނުފެށޭތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

ރާއްޖޭގައި ހުރި އެހެން ބޭންކުތަކާ ހިލާފަށް ޑީބީއެމްއަކީ ބޮޑެތި ވިޔަފާރިތަކަށް ހިދުމަތްދޭން އުފައްދާފައިވާ ބޭންކެކެވެ. އެ ބޭންކުގެ ވެބްސައިޓުގައި ހުރި މައުލޫމާތުތަކުގައިވާ ގޮތުގައި އެ ބޭންކުގައި އެކައުންޓު ހުޅުވަން ބޭނުންވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް ވަނީ އެ ފުރުސަތު ހުޅުވިފަ އެވެ. 

ޑީބީއެމްެގެ ހިދުމަތްތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް އޮންލައިންކޮށް އެކައުންޓު ހުޅުވޭ ރިމޯޓް އޮންބޯޑިން އާއި މަލްޓި ކަރަންސީ އެކައުންޓުތަކުން އަވަހަށް ފައިސާ ދެއްކޭ ކްރޮސް ބޯޑާ އޮޕްޓިމައިޒޭޝަން ހިމެނެ އެވެ. 

ދާދި ފަހުން މި ބޭންކުން ވަނީ ގިނަ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox