އައްޑޫގެ ޓޫރިޒަމް ބިންތައް ބޮޑުކޮށްދިނުމުގައި ގޯހެއް ނޯންނާނެ، ބޭނުންވަނީ ޓޫރިޒަމް ކުރިއަރުވަން: މޭޔަރު ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ބިން ބޮޑުކޮށްދިނުމުގައި ގާނޫނީ މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: ބިން ބޮޑުކޮށްދިނުމުގައި ގާނޫނީ މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ރަށްތަކުން ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ބައެއް ބިންތަކުގެ ސައިޒު ބޮޑުކޮށްދިނީ އެ ކަމަށް އިންވެސްޓުކުރަން ތިބި ބަޔަކަށް ދެވުނު ލުއިތަކެއް ދީގެން ވިޔަސް، އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރަން ބޭނުންވާލެއް ބޮޑު ކަމުން ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު (ދެކުނު ނިޒާރު) މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޓޫރިޒަމް ބިންތަކުގެ ސައިޒު ބޮޑުކުރި މައްސަލަ ތިލަކުރީ އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އައްޑޫ ސިޓީ ކަައުންސިލުގެ 2022، 2023 އަދި 2024 ގެ އޮޑިޓު ރިޕޯޓުގަ އެވެ.

އޮޑިޓުގައިވާ ގޮތުގައި އައްޑޫ ކައުންސިލުން ވަނީ ފޭދޫ އާއި މީދޫ އާއި ހިތަދޫން ދޫކޮށްފަ ހުރި ބިންތަކުގެ ތެރެއިން 11 ބިމަކަަށް އިއުލާންނުކޮށް ބިން އިތުރުކޮށްދީފަ އެވެ. މި ގޮތަށް ބިން އިތުރުކޮށްދިން ބައެއް ތަންތަނުގެ ހެޑް ލީޒް އަދި ޑިވެލޮޕްކުރުމުގެ ހުއްދަތަށް ވަނީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. 

Advertisement

މިކަމާ ގުޅިގެން އަދަދު ނޫހުން ސުވާލުކުރުމުން ނިޒާރު ވަނީ މި މުއާމަލާތްތަކުގައި މައްސަލައެއް އުޅޭ ކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. 

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގައި ހިމަނައިގެން، ޕްލޮޓްތައް ހަދައިގެން ކުއްޔަށް ދިން ތަންތަން ކަމަށެވެ. ކަން މިހެން އޮތް އިރު، އެ ބިންތަކަށް ބަދަލުގެނައުމަކީ ކައުންސިލުގެ އިހުތިޔާރުގައި އޮތް، ކައުންސިލަށް ލިބޭ ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަންތަނުގެ ބިމުގެ ސައިޒަށް ބަދަލު ގެނައުމާއި އެ ތަންތަނުގެ ޕްލޮޓްތައް ދިން ފަރާތްތަކާއެކު އަޅުގަނޑުމެން އެއްބަސްވުންތަކަށް ދިޔުމަކީ، ނުވަތަ އެއްބަސްވުންތަކަށް ބަދަލު ގެނައުމާއި، އަދި އެ މީހުން ބޭނުންވާ އެހެން ކަމެއް އޮތިއްޔާ އެކަން ކުރުމާއި، އެ މީހުން ސްވިމިން ޕޫލެއް އަޅަން ބޭނުންވާ ބިންކޮޅެއް އޮތިއްޔާމުން އެތާ ކައިރިން ބިން ކޮޅެއް އިތުރުކޮށްދިނުމާއި، މިކަންކަން ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ ކައުންސިލް ނޫންތޯ. އެހެން ބަޔަކަށް އެކަންކަންކޮށް ނުދެވޭނެ" ނިޒާރު ވިދާޅުވި އެވެ.

އިއުލާންނުކޮށް ބިންތަކުގެ ސައިޒު ބޮޑުކުރި މައްސަލައިގައި އޮޑިޓުގައި ވަނީ މި ގޮތަށް ބިން އިތުރުކޮށްދިނުމުގެ ސަބަބުން ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް ހަމަހަމަ ފުރުސަތު ގެއްލޭ ކަމަށް ބުނެފަ އެވެ. އަދި، އެއްބަސްވުންތަކަށް ބަދަލު ގެނައީ ވަކި ބަޔަކަށް މަންފާވާ ގޮތަށް، ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް ނިޒާރު ވިދާޅުވީ، ކައުންސިލުގެ މަގުސަދަކަށްވީ ޓޫރިޒަމް ބިންތައް ކުއްޔަށް ނެގި މީހުންގެ ތެރެއިން މަސައްކަތް ފަށާފައިވާ މީހުންނަށް އިތުރު އިނާޔަތްތަކެއް ދީގެން ވިޔަސް އައްޑޫގައި ޓޫރިޒަމަށް އިންވެސްޓުކުރުމުގެ ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ. އަދި، މިއީ މުޅި ކައުންސިލުން އެންޑޯސްކޮށްފައިވާ ނިންމުންތަކެއް ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ މައްސަލައެއް ވެސް ނިޒާރު ގުޅުވާލީ އައްޑޫއަށް ޓޫރިޒަމް އިންވެސްޓްމަންޓުތައް ގެނައުމުގައި ހުރި ގޮންޖެހުންތަކާ އެވެ. މައްސަލައިގެ ގޯސްކަން ސިފަކޮށްދެއްވަމުން އޭނާ ވިދާޅުވީ، މަސައްކަތް ނުކޮށްގެން އަތުލި ބައެއް ބިންތައް އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް ގިނަ ބިންތަކުގައި މަސައްކަތް ނުފެށޭ ކަމަށެވެ.

މިހެންކަމުން، އިންވެސްޓުކުރަން ތައްޔާރަށް ތިބި މީހުންނަށް ކައުންސިލަށް ދެވެން އޮތް ލުޔެއް ދިނުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި، ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އިންވެސްޓަރުންގެ ވާދަވެރިކަން ނެތް ތަނެއްގައި ވާދަވެރިކަން އުފައްދަން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދިޔައީ ޕްލޮޓުތަކުގައި މަސައްކަތް ފަށާ ބަޔެއް ވެއްޖެއްޔާމުން އެ ބަޔަކު ބޭނުންވާ ކަމެއް، އެ ބޭނުންވާ ގޮތަކަށް، ބަދަލުކޮށްދެމުން. އަޅުގަނޑުމެން ބޭނުންވީ މިކަން ކުރުވަން،" ނިޒާރު ވިދާޅުވި އެވެ. 

އޮޑިޓުން ދައްކާ ގޮތުގައި ފޭދޫން ކުއްޔަށް ދޫކޮށްފައިވާ ހަ ބިމަށް އިތުރުކުރި 104،381 އަކަފޫޓާއި މީދޫގެ ތިން ޕްލޮޓަކަށް އިތުރުކުރި 27،595 އަކަފޫޓާއި ހިތަދޫގެ ދެ ޕްލޮޓަކަށް އިތުރުކުރި 3800 އަކަފޫޓު ހިމަނައިގެން އިތުކުރި ބިމުގެ ސަރަހައްދު 166,340 އަކަފޫޓަށް އަރަ އެވެ. މިއީ 1.5 ހެކްޓަރުގެ ބިމެވެ. 

މި މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ކުއްޔަށް "ހެޑްލީޒް" ބަދަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށާއި، މި ހައްގު ބަދަލުކުރާއިރު، އަސްލު އެއްބަސްވުމުގައި އޮންނަ ޒިންމާތަކާއި މަންފާތަކަށް ބަދަލު ނާންނާނެ ގޮތަށް އަމަލުކުރަން ކައުންސިލުގައި ބުނެފަ އެވެ. 

އޮޑިޓު އޮފީހުން ވަނީ، ބިން އިތުރުކޮށްފަ ހުރި އެއްބަސްވުންތަކުގެ ހެޑްލީޒް ބަދަލުކުރުމަކީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ، އެ ކަމުގައި ޖިނާއީ ކުށެއް ހިމެނޭތޯ ކަށަވަރުކުރަން ފިނޭންސް މިނިސްޓަރަށް ދަންނަވާފަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox