ހަމައެކަނި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި، އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ: މިފްކޯގެ ސީއީއޯ

މިފްކޯގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް: އޭނާ ވިދާޅުވީ މިފްކޯއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި އާމްދަނީ އިތުރުކުރެވުމުން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް -- ފޮޓޯ: މިފްކޯ

މިފްކޯގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް: އޭނާ ވިދާޅުވީ މިފްކޯއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި އާމްދަނީ އިތުރުކުރެވުމުން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް -- ފޮޓޯ: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހަމައެކަނި މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް ވިދާޅުވެއްޖެ އެވެ. 

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނާ ބައްދަލުކުރައްވާ އަނަސް ވިދާޅުވީ މިފްކޯގެ މެނޭޖްމަންޓުން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައިކޮށް، އައު މާކެޓްތައް ހޯދައި ކުންފުނީގެ އަގު އެއްކުރާނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައިކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން،" އޭނާ ވިދާޅުވި އެވެ. 

އަނަސް ވިދާޅުވީ މިފްކޯ ޒަމާނުއްސުރެ ހިންގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށައި އެގޮތުން ޒަމާނީ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މިފްކޯގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. 

މިފްކޯއަށް ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ދެއްވައި އަނަސް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަހްލާގު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދޭ ކަމަށެވެ.

މިފްކޯއިން ވަނީ އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑުގެ އުފެއްދުންތައް ސްރީލަންކާއަށް ތައާރަފްކޮށްފަ އެވެ.  

ޕީސީބީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި އަނަސް މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް އައްޔަންކުރީ އެޕްރީލް 30، ގަ އެވެ. އޭނާ މިފްކޯއަށް އައްޔަންކުރީ ޕީސީބީން އިސްތިއުފާދެއްވި ދުވަހުކަން ފާހަގަކުރެވެ އެވެ. 

މިއީ މިފްކޯއަށް މި ސަރުކާރުގައި އައްޔަނުކުރި ހަތަރުވަނަ ސީއީއޯ އެވެ. މީގެ ކުރިން އަހުމަދު ޝަމާހު، ޑރ. ވިޓަލީ ލިއުބިމޯވް އަދި ފަރުހަތު ޝަހީރު ވަނީ މީގެކުރިން އެ ކުންފުނީގެ އެންމެ އިސް މަގާމު ފުރުއްވާފަ އެވެ. 

ސަރުކާރުން ކުރިން ހިންގި މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox