ޔޫކޭއިން ރާއްޖޭގެ ކަނޑުމަހުގެ ޓެރިފް 2028 ގެ ނިޔަލަށް މެދުކަނޑާލައިފި

މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ކިރަނީ: ޔޫކޭއަކީ ރާއްޖެއިން ގިނަ އަދަދަކަށް މަސް ބޭރުކުރޭ ގައުމެއް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ކިރަނީ: ޔޫކޭއަކީ ރާއްޖެއިން ގިނަ އަދަދަކަށް މަސް ބޭރުކުރޭ ގައުމެއް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިނގިރޭސިވިލާތް (ޔޫކޭ) އަށް ރާއްޖޭން ބޭރުކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. 

ދެ ގައުމުގެ ސަރުކާރުގެ މެދުގައި އެތައް އަހަރުތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު އައި މި ނިންމުމާ ގުޅިގެން ރާއްޖެއިން ޔޫކޭގެ ބާޒާރަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ދައްކަންޖެހޭ %20 ގެ ޓެރިފް ކުރިއަށް އޮތް ދެ އަހަރާއި ހަ މަހެއްހާ ދުވަހަށް ކެނޑިގެން ދާނެ އެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫކޭއަކީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ. ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 މިލިއަން އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ޔޫކޭއަށް މަސް ބޭރުކުރެ އެވެ.

ޔޫކޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ 10 ގައުމުގެ ތެރެއިން ހަތް ގައުމު (އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން، ނެދަލޭންޑްސް) އިން އެއްވެސް ޑިއުޓީއަކާ ނުލާ އެ ގައުމަށް މަސް އެތެރެކުރެވެ އެވެ. 

ސަރުކާރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ދިވެހި މަސް އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް އެހެން ގައުމުތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރިހަމަ ފުރުސަތު ލިބި، މަސްވެރިންނަށް ލިބޭ އަގު ރަނގަޅުވުމަށް މަގުފަހިވާނެ އެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް ޝުކުރު އަދާކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި މަސްވެރިންނަށާއި އިނގިރޭސި ކަސްޓަމަރުންނަށް ވެސް މަންފާތައް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބާނާ ދިވެހި މަހުގެ އުފެއްދުންތަކަށް ޔޫކޭގެ ބާޒާރުން ފުރުސަތުތައް ފަހިވުން އެމަނިކުފާނު ފާހަގަކރުެއްވި އެވެ. 

"ދިވެހިރާއްޖެއަކީ ދޮށީގެ މަސްވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ކުރިމަތީގައި ނަމޫނާ، އަދި ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެއް. މި ތާރީހީ ކާމިޔާބީން ރަމްޒުކޮށްދެނީ ރާއްޖެ އާއި ޔޫކޭއާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން" މުއިއްޒު ވިދާޅުވި އެވެ. 

ޔޫކޭ ސަަރުކާރުގެ ނިންމުން އިއުލާންކުރައްވަމުން، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ނިކް ޑޭވިސް ވެސް ވަނީ ރާއްޖެއިން ކުރާ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ، މީގެ ސަބަބުން ޔޫކޭގެ ބާޒާރުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތައް އަގުހެޔޮ ވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.  ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަމުން އަންނަނީ މި ނިންމުން ދާއިމީކުރާށެވެ. އެއީ މިހާރު ވެސް މަޝްވަރާކުރެވެމުން އަންނަ ރާއްޖެ-ޔޫކޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމަންޓް ނުވަތަ އެފްޓީއޭ) ގެ މަޝްވަރާތަކުގައި ރާއްޖެއިން އެންމެ ބޮޑަށް ކުރާ ޑިމާންޑެވެ. 

މި އެފްޓީއޭގެ މަޝްވަރާތައް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުގަ އެވެ. އަދި،  މި ސަރުކާރުން ވެސް ވަނީ އެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ޔޫކޭއާ އެކީ އެފްޓީއޭއެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox