މަސްވެރިކަންކުރާ ދޯނިތަކަށް 13 ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި

ކޫއްޑޫ ހާބަރުގައި މަސްދޯނިތަކެއް އަޅާފައި

ކޫއްޑޫ ހާބަރުގައި މަސްދޯނިތަކެއް އަޅާފައި

13 ރަށަކުން މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު މާދަމާއިން ފެށިގެން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ. 

އެސްޓީއޯއިން ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި މާދަމާއިން ފެށިގެން ތެޔޮ ލިބޭނެ  ކަމަށެވެ. 

ކަޅުބިލަ މަސްވެރިކަމަށް ބޭނުންކުރާ ބޮޑެތި އުޅަނދުފަހަރަށް ދަތުރަކަށް ހަމައެކަނި 1،200 ލީޓަރުގެ ތެޔޮ ދޫކުރާތީ އެކަމާ ގުޅިގެން ހުށަހެޅި ޝަކުވާތަކާއެކު، ދަތުރަކަށް 1،500 ލީޓަރު ދޫކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.  

ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ކުރިން ތެޔޮ ލިބެނީ މިފްކޯގެ ސެންޓަރުތަކުންނެވެ. މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނެ ކަމަށް ބުނެފައި އޮތީ 16.54ރ. އަށެވެ.

މަސްވެރިކަމަށް ދޯނިތަކުން 958 ފަހަރު ހޯދި ހިދުމަތަށް 1.1 މިލިއަން ލީޓަރުގެ ސަބްސިޑައިޒް ތެޔޮ ވަނީ ދޫކޮށްފަ އެވެ. 

މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ވިއްކާ ރަށްތައް:

  1. ހއ. އިހަވަންދޫ
  2. ހދ. ހަނިމާދޫ
  3. ށ. މިލަންދޫ
  4. ބ. އޭދަފުށި
  5. ފ. ނިލަންދޫ
  6. ކ. ހިންމަފުށި
  7. ރ. ދުވާފަރު
  8. ދ. ކުޑަހުވަދޫ
  9. ޅ. ފެލިވަރު
  10. ގއ. ކޫއްޑޫ
  11. ފުވައްމުލައް ސިޓީ
  12. ސ. ހުޅުމީދޫ
  13. ހުޅުމާލެ ޖެޓީ

އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ތެލުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފަ އެވެ. ރާއްޖޭގައި ދެ ފަހަރަށް ތެލުގެ އަގު އުފުލި، މިހާރު ތެޔޮ ލިބެނީ 100 ޕަސެންޓު އަގު ބޮޑުކޮށެވެ.

އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox