ކޯޓުގައި އޮތް މައްސަލައެއްގެ ސަބަަބުން ސްވިޒަލެންޑްގެ ފޯވާޑް އެމްބޯލޯ އަށް އެމެރިކާ އަށް ނުދެވުނު

Jun 3, 2026, 5:50 PM
ސްވިޒަލެންޑް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެމްބޯލޯ އުފާފާޅުކުރަނީ.

ސްވިޒަލެންޑް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެމްބޯލޯ އުފާފާޅުކުރަނީ.

ޒިއުރިކް (ޖޫން 3) - ސްވިޒަލެންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ ހިމެނޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން، ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން ޓީމާ އެކު، އޭނާ އަށް އެމެރިކާ އަށް ދަތުރުކުރަން ވިސާ ހަމަނުޖެހި ގައުމުގައި މުއްދަތެއް ވަންދެން މަޑުކުރަން ޖެހިއްޖެ އެވެ. 

އިއްޔެގެ ވަގުތެއްގައި ވޯލްޑް ކަޕްގައި ވާދަކުރަން ސްވިޒަލެންޑުން ވަނީ އެމެރިކާ އަށް ގޮސްފަ އެވެ. އެކަމަކު، ޓީމާ އެކު ދަތުރުކުރުމުގެ ފުރުސަތު، އުމުރުން 29 އަހަރުގެ އެމްބޯލޯ އަށް ނުލިބުނެވެ. އެއީ، އެމެރިކާ އަށް އެތެރެވުމަށް ބޭނުންވާ، އިލެކްޓްރޯނިކް ސިސްޓަމް ފޯ ޓްރެވަލް އޮތޮރައިޒޭޝަން (އެސްޓާ)ގައި އެމްބޯލޯގެ މައުލޫމާތު ހިމަނާފައިވާއިރު، އޭނާގެ ފޯމު އިތުރަށް ރިވިއު ކުރަން އެެމެރިކާގެ ރަސްމީ އިދާރާތަކުން ނިންމުމާ ގުޅިގެންނެވެ. 

ސްވިޒަލެންޑް ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެމްބޯލޯ އަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކެމަރޫނަށް އުފަން އެމްބޯލޯ ވަނީ ސްވިޒަލެންޑަށް 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި، މިހާތަނަށް ސްވިޒަލެންޑަށް ކުޅެދިން 85 މެޗުން 23 ލަނޑު ވަނީ ޖަހައިފަ އެވެ. ގަަތަރުގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެމްބޯލޯ ވަނީ އޭނާގެ އުފަން ގައުމު ކެމަރޫން ކޮޅަށް ލަނޑު ޖަހައި، ވޯލްޑް ކަޕެއްގައި އުފަން ގައުމު ކޮޅަށް އެހެން ގައުމެއް ތަމްސީލްކުރަމުން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. 

ޔޫރޯގެ ތިން މުބާރާތެއްގައި ސްވިޒަލެންޑަށް ކުޅެދިން އެމްބޯލޯ އަށް އެމެރިކާ އަށް އެތެރެވުމުގައި މައްސަލަ ދިމާވި ކަމަށް ރިޕޯޓްތައް ބުނަނީ، 2018 ވަނަ އަހަރު ސްވިޒަލެންޑްގެ ބަސެލްގައި ހިނގި މާރާމާރީއެއްގައި އެމްބޯލޯގެ ބައިވެރިވުން އޮތް ކަމަށް 2023 ވަނަ އަހަރު ކޯޓުން ނިންމިއިރު، ތަންފީޒުކުރަން ނުޖެހޭ ގޮތަށް އޭނާގެ މައްޗަށް ހުކުމެއް ކޮށްފައި އޮތުމުންނެވެ. އަދި، އެ ކުށުގެ ރެކޯޑް ސާފުކުރަން އެމްބޯލޯ ކޯޓުގައި އެޕީލްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. 

ސްވިޒަލެންޑް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، އެމްބޯލޯ އަށް އެމެރިކާ އަށް ދެވޭނެ ކަމަށާއި އެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. 

އެމްބޯލޯ އަށް މި ފަަހަރުގެ ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ ޔަގީންކަން ސްވިޒަލެންޑަށް އޮތީ މިދިޔަ އަހަރު މެކްސިކޯއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން އެމްބޯލޯ އަށް އެމެރިކާ އަށް ދެވުމުންނެވެ. އެހެންކަމުން، މިހާރު ދިމާވެގެން މި އުޅޭ މައްސަލަ އަށް އެކަށީގެންވާ އަވަސް ހައްލެއް އަންނާނެ ކަމަށް ސްވިޒަލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ. ބުނެފަ އެވެ. 

ވޯލްޑް ކަޕްގައި ސްވިޒަލެންޑް ޓީމު ކޭމްޕް ކުރަނީ ސެން ޑިއޭގޯގަ އެވެ. އަދި، އެ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު، ގަަތަރާ ބައްދަލުކުރާނެ އެވެ. ދެން، އެ ގްރޫޕްގައި ސްވިޒަލެންޑުން ކުޅެން ޖެހޭނީ ބޮސްނިއާގެ އިތުރުން، ވޯލްޑް ކަޕްގެ އެއް ހޯސްޓް، ކެނަޑާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox