މުސްތަގުބަލާ ގުޅޭގޮތުން ރޮޑްރީ ގޮތެއް ނިންމާނީ ވޯލްޑް ކަޕަށް ފަހު

Jun 2, 2026, 9:59 AM
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ.

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ.

މެޑްރިޑް (ޖޫން 2) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ، އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ މި މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށް ބުނެފި އެވެ. 

އުމުރުން 29 އަހަރުގެ ރޮޑްރީ ހޯދަން ސްޕެއިނުގެ ގަދަބާރު، ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ރޮޑްރީ އަކީ، ރެއާލްގެ ރައީސް ކަމަށް ވާދަކުރާ އެންރީކޭ ރިކޭލްމޭ، އެ މަގާމަށް އިންތިހާބުވެއްޖެނަމަ، ރެއާލަށް ގެންނާނެ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި ހަފްތާ ބަންދުގައި، ރެއާލުގެ ރައީސަކު ހޮވާ އިންތިހާބު އޮންނާނެ އެވެ. ރިކޭލްމޭ ވާދަކުރަނީ ރެއާލްގެ ރައީސަކަށް އެންމެ ފަހުން ވެސް ހުންނެވި ޕެރޭޒްއާ އެވެ. 

ރޮޑްރީގެ މުސްތަގުބަލާ ގުޅޭގޮތުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ، ކްލަބްގެ ކެރިއަރުގެ ކަންކަމަށް ފިކުރު ކުރުން މި ވަގުތަށް މަޑުޖައްސާލައިފައި ކަމަށެވެ. 

"މި ވަގުތު މި ވިސްނަނީ، ވޯލްޑް ކަޕަށް، އެއީ އަހަރެންގެ ޒިންމާ އޮތް ކަމަކީ، އެ އަށް ފޯކަސް މި ކުރަނީ ވެސް. އަހަރެންގެ މުސްތަގުބަލަށް ވިސްނަން ޖެހޭ ކަމެއް މި ވަގުތަށް އޮންނާނީ މަޑުޖައްސާލައިފައި،" ރޮޑްރީ ބުންޏެވެ. 

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުމުގެ ވިސްނުމާ އެކު، ރޮޑްރީ، ސިޓީ އަށް ސޮއިކުރީ 2019 ވަނަ އަހަރު އެވެ. މީގެ ދެ އަހަރު ކުރިން، ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދިން ބެލޮންޑިއޯ އެވޯޑް ހޯދި ރޮޑްރީ ވަނީ، ސިޓީއާ އެކު، ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމުގެ އިތުރުުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. 

މި ސީޒަނަށް ފަހު ސިޓީގެ ކޯޗުކަމުން ގާޑިއޯލާ ވަކިވިއިރު، ރޮޑްރީ ވެސް އަންނަ ސީޒަނުގައި ފެންނާނީ އެހެން ކްލަބަކުން ކަމަށް ވާހަކަ ދެކެވޭއިރު، ރޮޑްރީ ބުނީ، ފުޓްބޯޅަ ކުޅުންތެރިންނާ ގުޅޭގޮތުން، މީޑިއާގައި އަބަދުވެސް އެކި ގޮތްގޮތަށް އަޑުފެތުރޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox