ސިޔާސީ ކަމެއްގައި އިރާން ޓީމުން ބޭރުކުރި އަޒްމޫން އަށް ވޯލްޑް ކަޕް ސްކޮޑުން ވެސް ޖާގަ ނުދިން

Jun 2, 2026, 10:51 AM
އިރާންގެ ފޯވާޑް ސަރުދާރު އަޒްމޫން: ސިޔާސީ ކަމެއްގެ ސަބަބުން ޓީމުން ބާކީކުރިއިރު، ސްކޮޑުން ވެސް ޖާގަ ދީފައިނުވޭ

އިރާންގެ ފޯވާޑް ސަރުދާރު އަޒްމޫން: ސިޔާސީ ކަމެއްގެ ސަބަބުން ޓީމުން ބާކީކުރިއިރު، ސްކޮޑުން ވެސް ޖާގަ ދީފައިނުވޭ

މެކްސިކޯ (ޖޫން 2) - ސިޔާސީ ކަމެއްގެ ތެރޭގައި ތާށިވެގެން އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބާކީކޮށްފައި ހުރި ފޯވާޑް، ސަރުދާރު އަޒްމޫން ނުހިމަނައި، މި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާނުން ވާދަކުރާ ސްކޮޑު އިއުލާނުކޮށްފި އެވެ. 

ޔޫއޭއީގެ ކްލަބް ޝަބާބް އަލް އަހްލީ އަށް ކުޅޭ އަަޒްމޫން އަކީ އިރާން ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަޒްމޫނަށް ވުރެން ގިނައިން އިރާން ޓީމަށް ލަނޑު ޖަހައިދީފައިވަނީ ލެެޖެންޑަރީ ފޯވާޑް، އަލީ ދާއީ އެވެ.

ކުރިން ރަޝިއާގެ ޒެނިޓް އާއި އިޓަލީގެ ރޯމާ އަދި ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅުނު އަޒްމޫން ވަނީ، ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ރަޝީދުއާ މިދިޔަ އަހަރު ބައްދަލުކޮށްފަ އެވެ. އަދި، އެ ބައްދަލުވުމުގެ ފޮޓޯއެއް އަޒްމޫން ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި، އެ ފޮޓޯގެ ކެޕްޝަންގައި، ޝެއިހް މުހައްމަދު ބިން ރަޝީދު އަށް ތައުރީފުކޮށް ލިޔުންކޮޅެއް ވެސް ހިމަނާފައިވެ އެވެ. މައްސަަލަ ގޯސްވީ، މީގެ އަހަރެއް ކުރިން ކޮށްފައިވާ އެ ޕޯސްޓް ޕިންކޮށްފައި އަޒްމޫންގެ އިންސްޓަގްރާމްގައި ބައިންދަން ނިންމުމާ ގުޅިގެންނެވެ.

އިޒްރޭލާއި އެމެރިކާ އިން ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އިރާނަށް ހަމަލާދީ ފަށާފައިވާ ހަނގުރާމައިގެ ތެރޭގައި، އިރާނާއި ޔޫއޭއީގެ ގުޅުން ވެސް ގޯސްވެފައިވާއިރު، އަޒްމޫންގެ މި އަމަލާ ގުޅިގެން، އިރާންގެ މީޑިއާތަކުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އިރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އަޒްމޫން، މާޗް މަހު ނެގި އިރާންގެ ގައުމީ ސްކޮޑުން ބާކީކުރީ އިރާން ފުޓްބޯޅަ އެސޯސިއޭޝަން އާއި އެ ގައުމުގެ ސަރުކާރުގެ ނިންމުމަކާ ގުޅިގެންނެވެ.

އިރާން ޓީމަށް 91 މެޗުން 57 ގޯލު ޖަހާފައިވާ އަޒްމޫން އަށް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުދޭން ނިންމުމަކީ، އިރާންގެ ކޯޗު، އާމިރު ގަލެނޯއީގެ ނިންމުމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

ވޯލްޑް ކަޕްގައި އިރާނުން ކުޅެން ޖެހޭ މެޗުތައް އެމެރިކާގައި އޮތް ނަމަވެސް، އިރާނުން ކޭމްޕްކޮށްފައިވަނީ މެކްސިކޯގަ އެެވެ. އިރާން ޓީމުން އެމެރިކާ އަށް ދާނީ ހަމައެކަނި މެޗުތަކަށް އެކަނި ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ. އެއީ، ފީފާ އާއި އެމެެރިކާގެ ސަރުކާރާއި މެކްސިކޯގެ ރަސްމީ އިދާރާތައް ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. 

ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox