މި ފަހަރުގެ ވޯލްޑް ކަޕްގައި އޮފްސައިޑް ދިދަ ނެގުން އަވަސްވާނެ

Jun 3, 2026, 12:05 PM
ރަސްމީ މެޗެއްގެ ތެރެއިން ލައިންސްމަނަކު އޮފްސައިޑް ނިންމުމެއްގެ އިޝާރާތް ދެއްކުމަށް ދިދަ ނަގައިގެން.

ރަސްމީ މެޗެއްގެ ތެރެއިން ލައިންސްމަނަކު އޮފްސައިޑް ނިންމުމެއްގެ އިޝާރާތް ދެއްކުމަށް ދިދަ ނަގައިގެން.

ޒިއުރިކް (ޖޫން 3) - އެޑްވާންސް އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމްގެ އެހީ ހޯދައި، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ލައިންސްމަނުން އޮފްސައިޑް ދިދަ ނެގުމަށް ހޭދަވާ މުއްދަތު ކުޑަވާނެ ކަމަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އިއުލާނުކޮށްފި އެވެ. 

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދަން ފެށުމަށް ފަހު، ރެފްރީންގެ ނިންމުންތައް ލަސްވަމުން އަންނަ ކަމުގެ ޝަކުވާ ވަނީ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި އިތުރުވެފަ އެވެ. އެ ގޮތުން، އޭގެއިން އެއް ހާލަތަކީ ކުޅުންތެރިއަކު އޮފްސައިޑްވެފައި އޮތްތޯ ބެލުމަށްޓަކައި ހޭދަކުރާ ވަގުތު އިތުރުވެ، ލައިންސްމަނުން، އޮފްސައިޑް ދިދަ ނެގުން ލަސްކުރާ ކަންކަމެވެ. 

މީގެ ކުރިން ފީފާ ކްލަބް ވޯލްޑް ކަޕާއި އިންޓަކޮންޓިނެންޝިއަލް ކަޕްގައި ވަނީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ. އެ ޓެކްނޮލޮޖީގެ އެހީގައި، ކުޅުންތެރިއަކު 50 ސެންޓިމީޓަރަށް ވުރެން ބޮޑުކޮށް އޮފްސައިޑް ވެއްޖެނަމަ، ލައިންސްމަންގެ މައިކްރޯފޯން މެދުވެރިކޮށް، އޮފްސައިޑްވެއްޖެ ކަމުގެ ސިގްނަލެއް ފޮނުވާލައި، ދިދަ ނަގަން އަންގާނެ އެވެ. 

އެހެން ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި އެޑްވާންސް އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ނިންމުމާ އެކު، ކުރިން 50 ސެންޓިމީޓަރަށް ވުރެން ބޮޑުކޮށް އިން އެ ބައި، 10 ސެންޓިމީޓަރަށް ބަދަލުވާނެ އެވެ. މާނަ އަކީ ކުރިއަށް ވުރެން އެތައް ގިނައެއް ބޮޑުތަނުން ލައިންސްމަނުންނަށް އޮފްސައިޑް ނިންމުން އަވަހަށް ޔަގީންކުރަން ފުރުސަތު ފަހިވެފައި އޮންނާނެ އެވެ. 

ޓެކްނޮލޮޖީގެ އެހީގައި އޮފްސައިޑްގެ ނިންމުން އަވަސްކުރާ ގޮތަށް ހަމަޖެހިގެން ދިޔަ ނަމަވެސް، ލައިންސްމަނުންނަށް ސިސްޓަމްގެ މި ނިންމުމުގައި ގޯހެއް އުޅޭކަމުގެ ހީވުމެއް އޮތްނަމަ، ޔަގީންނިންމުން ނިންމަން ފުރުސަތު ދިނުމުގެ ގޮތުން، ދިދަ ނެގުން ލަސްކޮށްލުމުގެ އިހުތިޔާރު ފީފާ އިން ވަނީ ދީފަ އެވެ. 

ފިފާ އިން ބުނީ، މި ބަދަލުތަކުގެ ސަބަބުން، މެޗު ކުރިއަށް ނުގޮސް، ހުއްޓިފައި އޮންނަ އޮތުން ދިގުލައިގެންދިއުމުން ކޮންމެ ވެސް ވަރަކަށް ސަލާމަތްކުރެވޭނެ ކަމަށެވެ. 

މީގެ އިތުރުން، ފީފާ އިން ވަނީ އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެހީ ހޯދައިގެން ހުރިހާ ކުޅުންތެރިންގެ 3D އެވަޓާ އުފައްދައިފަ އެވެ. މިކަން ކުރުމަށް، ފީފާ އިން ވަނީ ސިސްްޓަމްގެ ތެެރެއިން، ވޯލްޑް ކަޕްގައި ކުޅޭ 48 ގައުމުގެ 1248 ކުޅުންތެރިންގެ ޑިޖިޓަލް ކާޑެއް ވެސް ތައްޔާރުކޮށްފަ އެވެ. އަދި، މި ކާޑުގެ ވެރިފިކޭޝަން ކުރިއަށްގެންދާާނީ ވޯލްޑް ކަޕްގެ ކުރިން އޮންނަ ކޮންމެ ޓީމެއްގެ ފޮޓޯ ޝޫޓްގަ އެވެ. ފީފާ އިން ބުނީ، ކޮންމެ ކުޅުންތެރިއަކު ސްކޭން ކުރަން ހޭދަވާނީ ސިކުންތެއްހާއިރު ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox