ވޯލްޑް ކަޕް ކުޅެން އިޓަލީގެ ވޮލްޕާޓޯ އޮސްޓްރޭލިއާ އަށް ރަށްވެހިކަން ބަދަލުކޮށްފި

May 30, 2026, 7:39 AM
ކްރިސްޓަލް ވޮލްޕާޓޯ: އޭނާ ވަނީ އިޓަލީގެ ޒުވާން ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ލެވަލްގައި އޮސްޓްރޭލިއާ އަށް ކުޅެން ނިންމައިފައި.

ކްރިސްޓަލް ވޮލްޕާޓޯ: އޭނާ ވަނީ އިޓަލީގެ ޒުވާން ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ލެވަލްގައި އޮސްޓްރޭލިއާ އަށް ކުޅެން ނިންމައިފައި.

ސިޑްނީ (މެއި 30) - އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުުޅުމުގެ އަމާޒުގައި އިޓަލީގެ ޒުވާން ޓީމަށް ކުޅުނު ކްރިސްޓިއަން ވޮލްޕާޓޯ، އޮސްޓްރޭލިއާ އަށް ރަށްވެހިކަން ބަދަލުކޮށްފި އެވެ. 

އޮސްޓްރޭލިއާ އަށް އުފަން ނަަމަވެސް، 2020 ވަނަ އަހަރު ރޯމާގެ ޔޫތު ޓީމާ ގުޅުމަށް ޓަކައި، ވޮލްޕާޓޯ ވަނީ އިޓަލީގެ ރަށްވެހިކަން ހޯދައިފަ އެވެ. އަދި، މިހާރު އިޓާލިއަން ލީގުގެ ސަސުއޯލޯ އަށް ކުޅެމުން އަންނަ ވޮލްޕާޓޯ ވަނީ އިޓަލީގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އެއީ، މީގެ ތިން އަަހަރު ކުރިން، 2023 ވަނަ އަހަރު އެވެ. 

އެކަމަކު، ހަމައެކަނި ޔޫތު ލެވަލްގައި އިޓަލީ އަށް ކުޅެފައިވާތީވެ، ވޮލްޕާޓޯ އަށް ސީނިއާ ލެވަލްގައި ގުޅުން އޮންނަ އެހެން ގަައުމަކަށް ކުޅެން ގަވާއިދުގެ ތެރެއިން ލިބިފައިވާ ފުރުސަތުގެ ބޭނުންކޮށް އޭނާ ވަނީ އޮސްޓްރޭލިއާ އަށް ބަދަލުވުމުގެ ހުރިހާ މަރުހަލާއެއް މިހާރު ފުރިހަަމަ ކޮށްފަ އެެވެ. 

Advertisement

އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޯވިޗް، އެ ގައުމުގެ ސްކޮޑު އަންނަ ހޯމަ ދުވަހު އިއުލާނުކުރަން ނިންމާފައިވާއިރު، ވޮލްޕާޓޯ ވަނީ އެ ގައުމުން އެކުލަވާލި ޕްރިިލިމިނަރީ ސްކޮޑުގައި ހިމަނައިފަ އެވެ. އަދި، ފައިނަލް ސްކޮޑުގައި ހިމެނުމަށްޓަކައި، ވޮލްޕާޓޯ ކުރި މަސައްކަތުން ފީފާ އިން ވަނީ އިއްޔެ، އޭނާ އޮސްޓްރޭލިއާ އަށް ކުޅުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީ ލިޔުން ހަވާލުކޮށްފަ އެވެ. 

މީގެ ހަތަރު އަހަރު ކުރިން، ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ޓީމުގައި ހިމެނެން ވޮލްޕާޓޯ އަށް ލިބުނު ފުރުސަތު ދޫކޮށްލަން ނިންމީ، އޭރު ކްލަބް ކެރިއަަރަށް އިސްކަންދިނުމަށް ފަހު، އިޓަލީގެ ފުރުސަތަކަށް މަޑުކުރުމަށްޓަކަ އެވެ. އެކަމަކު، ފަހުން އެ ފުރުސަތު ނުލިބި، އިޓަލީ، ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވުމުން، އެންމެ ފަހުން، ވޮލްޕާޓޯ މި ވަނީ އޮސްޓްރޭލިއާ އަށް ކުޅެން ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox