ރިޓަޔަމަންޓް އުވާލި ނަމަވެސް ސުއަރޭޒަށް އުރުގުއޭ ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނެތް

Jun 1, 2026, 9:40 AM
ލުއިސް ސުއަރޭޒް: މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނުލިބުނު،

ލުއިސް ސުއަރޭޒް: މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނުލިބުނު،

މޮންޓެވީޑޯ، އުރުގުއޭ  (ޖޫން 1) - ރިޓަޔާމަންޓް އުވާލައި ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް ބުނި ނަމަވެސް އޭނާ ނުހިމަނައި، މި މަހު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސްކޮޑު އުރުގުއޭ އިން އިއުލާނުކޮށްފި އެވެ. 

މިދިޔަ މަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް، ސުއަރޭޒް ވަނީ ގައުމީ ޓީމަށް އެނބުރި އަންނަން ފުރުސަތު ލިބިއްޖެނަމަ ނޫނެކޭ ނުބުނާނެ ކަމަށް ބުނެފަ އެވެ.

އުރުގުއޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް އުމުރުން 39 އަހަރުގެ ސުއަރޭޒް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ 19 މަސް ދުވަސް ވަނީ ވެފަ އެވެ. އަދި، މިދިޔަ އަހަރުގެ މެއި މަހު މީޑިއާގައި ވާހަކަ ދައްކަމުން އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ އަށް ވަނީ ފާޑުކިޔައިފަ އެވެ.  

އުރުގުއޭ ގައުމީ ޓީމަށް ހަަތަރު ވޯލްޑް ކަޕްގައި ކުޅެދީފައިވާ ސުއަރޭޒް ވަނީ ގައުމީ ޓީމަށް ކުޅެދިން 143 މެޗުން 69 ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާގެ އަސަމޮއޯ ޖިޔާން ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން އަތްލައި ހުއްޓުވި ސުއަރޭޒަށް އޭގެ ހަތަރު އަހަރު ފަހުން ވަނީ އިޓަލީގެ ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ ގައިގައި ދަތްއަޅައިގެން ވެސް އަދަބު ދީފަ އެވެ. އެ ގާނާ މެޗުގައި ރަތެއް ދެއްކި ސުއަރޭޒަށް، ކިއެލީނީ ގައިގައި ދަތް އަޅައިގެން ހަތަރު މަހުގެ ސަސްޕެންޝަނެއް އަަތުވި އެވެ. 

އުރުގުއޭ އިން ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ސުއަރޭޒް ނުހިމެނި ސަބަބާ ބެހޭގޮތުން، ސީދާ ޖަވާބެއް ބިއެލްސާ ވެސް ދީފައިނުވާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ މެނުއަލް އުގާޓޭ އާއި އަލް ހިލާލްގެ ޑާވިން ނޫނޭޒަށް ވަނީ ސްކޮޑުން ފުރުސަތު ދީފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ ހިމެނެނީ، ސްޕެއިން އާއި ކޭޕް ވާޑޭ އަދި ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އެޗްގަ އެވެ. އުރުގުއޭގެ ފުރަތަމަ މެޗު އޮތީ ޖޫން 15 ވަނަ ދުވަހު، ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox