ވޯލްޑް ކަޕަށް އެއްކޮށް ފިޓްވާނެ ކަމުގެ ޔަގީންކަން ޑިޕާއި އަށް އެބައޮތް

Jun 2, 2026, 10:18 AM
ނެދަލެންޑްސްގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ޑިޕާއި.

ނެދަލެންޑްސްގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ޑިޕާއި.

އަމްސްޓެޑަމް، ނެދަލެންޑްސް (ޖޫން 2) - މި މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި އެއްކޮށް ފިޓްވާނެ ކަމަށް ބުނެފި އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ޑިޕާއިގެ ފަލަމަސްގަނޑަށް މިދިޔަ މާޗް މަހު ލިބުނު އަނިޔާއިން ރިކަވާވެގެން ކުޅުމަށް އެނބުރި އާދެވުނީ މިދިޔަ ހަފްތާގަ އެވެ. އުމުރުން 32 އަހަރުގެ ޑިޕާއި ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ވާދަކުރި ނެދަލެންޑްސް ޓީމަށް ކުޅެފަ އެވެ. 

ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ނެދަލެންޑްސް ޓީމަށް ޑިޕާއި ނެގުމުން ގިނަ ފާޑުކިޔުން އަމާޒުވި އެވެ. އެއީ، އެއްކޮށް ފިޓް ނޫން ކުޅުންތެރިއަކުގެ ބަދަލުގައި، ފޯމުގައި ހުރި ފިޓް ކުޅުންތެރިއަކު ނެގުން މުހިންމު ކަމަށް ބުނެ އެވެ. 

Advertisement

ނެދަލެންޑްސްގެ ޓްރެއިނިން ކޭމްޕްގެ ތެެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޑިޕާއި ބުނީ، އެހެން ކުޅުންތެރިންގެ ވާހަކަ ދެއްކުމަށް ވުރެ އަމިއްލަ ނަފްސަށް އިސްކަަންދޭން ވިސްނާ ކަމަށެވެ.

"އަހަންނަށް އެނގޭ ތި މީހުން ތި ސުވާލުތައް ތި ކުރަނީ ކީއްވެކަން. އަހަންނަށް އެއްވެސް އިރެއްގައި ޝައްކެއް ނެތް، ވޯލްޑް ކަޕްގެ ޖާގައަކާ މެދުގައި. ރަނގަޅު ވާހަކައެއް، އަނިޔާގެ ސަބަބުން އަހަރެންގެ ރިކަވަރީ ދިޔައީ ހީކުރި ވަރަށް ވުރެން ދިގުކޮށް، ކަންތައްތަކެއް ދިޔަ ވާން ޖެހޭ ގޮތް ނޫން ގޮތަކަށް. އެ ވާހަކަ މިހާރަކު ދެއްކުމުގެ ބޭނުމެއް ވެސް ނެތް. އިންޖަރީ އަސްލު އެހާ ސީރިއަސްއެއް ވެސް ނޫން،" ޑިޕާއި ބުންޏެވެ. 

ނެދަލެންޑްސް ގައުމީ ޓީމަށް 108 މެޗު ކުޅެދީފައިވާ ޑިޕާއި، އަނިޔާ އަށް ފަހު އެނބުރި އައިސް، އޭނާ ކުޅެމުން އަންނަ ކްލަބް، ބްރެޒިލްގެ ކޮރިންތިއަންސްގެ ދެ މެޗެއްގައި ކުޅެފައިވެ އެވެ. އެއީ، 29 މިނިޓާއި 45 މިނިޓެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ނެދަލެންޑްސް އިން އެމެރިކާގައި ދެ މެޗެއް ކުޅޭނެ އެވެ. އެއީ، އަލްޖީރިއާ އާއި އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. 

ޑިޕާއި ބުނީ އެ ދެ މެޗުގައި ކުޅުމުގެ ފުރުސަތު ލިބި، ނެދަލެންޑްސް އިން ވޯލްޑް ކަޕްގައި ކުޅޭ މެޗުތަކަށް ފުރިހަމަ އަށް ތައްޔާރުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

ނެދަލެންޑްސް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގްރޫޕްގައި ހިމެނެނީ، ޖަޕާން އާއި ސްވިޑެން އަދި ޓިއުނީޝިއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox