އިޓަލީގެ އެންމެ މަތީ ޝަރަފު މަހުދީއަށް އަރުވަން ނިންމައި، އާއިލާއަށް އެހީވާން ފަންޑެއް ހުޅުވާލައިފި

ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީ: އޭނާއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަން ނިންމީ އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު ރިކަވާކުރަން ހިންގި އޮޕަރޭޝަނުގައި ފުރާނައަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށް.

ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީ: އޭނާއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަން ނިންމީ އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު ރިކަވާކުރަން ހިންގި އޮޕަރޭޝަނުގައި ފުރާނައަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށް.

ވާވު އަތޮޅު ދެވަނަ ކަނޑު ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް ތާށިވީ އިޓަލީގެ ޓޫރިސްޓުންގެ ހަށިގަނޑުގެ ރިކަވަރީ އޮޕަރޭަޝަނުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީއަށް އިޓަލީ ސަރުކާރުގެ އެންމެ މަތީ ޝަރަފު އަރުވަން ނިންމައި، އޭނާގެ އާއިލާއަށް އެހީވުމަށް ފަންޑެއް ހުޅުވާލައިފި އެވެ. 

ކޮލޮމްބޯގައި ހުންނަ އިޓަލީ އެމްބަސީން ބުނީ އިޓަލީ ސަރުކާރުން މަހުދީއަށް އަރުވަން ނިންމާފައިވަނީ އާންމު އިޖުތިމާއީ ހިދުމަތްތަކާއި ހިތްވަރުގަދަ އަމަލުތަކަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ކަމަށެވެ. އެ ޝަރަފަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތް، އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން ދޭ ޝަރަފެކެވެ.

މަހުދީގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮލޮމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ވަނީ ހުޅުވާލައިފަ އެވެ. 

މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ބޭންކް ޓްރާންސްފާ މެދުވެރިކޮށް އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެ ފަންޑަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލީ ޑިސެމްބަރު 31، ގެ ނިޔަލަށެވެ.

މަހުދީ ނިޔާވި ޑައިވުގައި ވީގޮތް އެހާ ފަސޭހައިން ވަޅުލެވޭކަށް ނެތް!

ވާވު އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުންގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރަމުންދާއިރު އެ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ދިވެހި ސިފައިންގެ މީހާ، މުހައްމަދު މަހުދީ ނިޔާވި ހާދިސާގެ ހަގީގަތެއް ނޭނގޭ. މަހުދީ ނިޔާވި ގޮތުގެ ތަފްސީލު ހާމަނުކޮށް، އޮޓޮޕްސީއެއް ވެސް ނުހަދައި އޭނާ ވަޅުލާފައިވާތީ ގިނަ ސުވާލުތަކެއް އުފެދޭ.

މި ހިތާމަވެރި ދަނޑިވަޅުގައި އިޓަލީ ސަރުކާރުން ވަނީ މަހުދީގެ އާއިލާއަށް އިހުލާސްތެރި ތައުޒިޔާ ފޮނުވައި، އާއިލާއާ އެކު ސާބިތުކަމާ އެކު ތިބިކަން އިޓަލީ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

ރަސްމީ އިދާރާތަކުން ބުނީ މަހުދީ ނިޔާވީ އޭނާ އާއި ސިފައިންގެ ހަތް ޑައިވަރަކު ހޮހޮޅައަށް ކުރި ޑައިވަކަށް ފަހު މައްޗަށް އެރިއިރު އޭނާ ނެތްކަން އެނގުމުން، ފުލުހުންގެ ޑައިވަރުންގެ ޓީމަކުން އަޑިއަށް ގޮސް ނެގިއިރު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. 

ނަމަވެސް އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ފެނުން މައްޗަށް ނެގި އިރު ވެސް އެއްވެސް ވިންދެއް ނެތެވެ. އޭނާ މައްޗަށް ނެގުމަށް ފަހު ސީޕީއާރު ދިނުމުން ވެސް ހެޔެއް ނާރަ އެވެ.

މަހުދީ ނިޔާވި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށްވެސް ފުލުހުން ޖަވާބު ދީފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox