މާފިއާ ބައްޕައާ ދެކޮޅަށް ހެކިބަސް ދިން އަންހެން ދަރިފުޅު ހިތާމަވެރި ގޮތަކަށް މަރުވެއްޖެ

Sep 12, 2026, 6:30 AM
ލިއާ ގަރޮފާލޯ ވެފައިވަނީ މާފިއާ ގްރޫޕްތަކުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލާ އަންހެނުންގެ ރަމްޒަކަށް

ލިއާ ގަރޮފާލޯ ވެފައިވަނީ މާފިއާ ގްރޫޕްތަކުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލާ އަންހެނުންގެ ރަމްޒަކަށް

އިޓަލީގެ ނުފޫޒުގަދަ މާފިއާ ގްރޫޕަކުން އޭނާގެ މަންމަ މަރާލި މައްސަލާގައި ބައްޕައާ ދެކޮޅަށް ހެކިބަސް ދިން ޑެނީޒް ކޮސްކޯ އަމިއްލައަށް މަރުވެއްޖެ ކަމަށް ބެލެވޭ ހިތާމަވެރި ހާދިސާއެއް ހިނގައިފި އެވެ.

އުމުރުން 35 އަހަރުގެ ޑެނީޒް ފެނުނީ މިދިޔަ އާދީއްތަ ދުވަހު ރޯމްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޑެނީޒްގެ މަންމަ ލިއާ ގަރޮފަލޯ އަކީ އިޓަލީގެ ދެކުނުގައި ހަރަކާތްތެރިވާ ނުރައްކާތެރި އެންޑްރަންގެޓާ ކްލޭންއާ ދެކޮޅަށް ދައުލަތަށް ހެކިބަސް ދިނުމާ ގުޅިގެން 2009 ވަނަ އަހަރު މަރާލެވުނު އަންހެނެކެވެ. އޭނާ މަރުވިއިރު އުމުރަކީ 35 އަހަރެވެ. މިއީ އޭނާގެ ދަރިފުޅު ޑެނީޒް މަރުވި އުމުރުވެސް މެއެވެ. ލިއާ ގަރޮފަލޯ އަކީ މާފިއާއާ ދެކޮޅަށް ތެދުވި ހިތްވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި މުޅި އިޓަލީގައި މަޝްހޫރުވެފައިވާ މީހެކެވެ.

ޑެނީޒްގެ ބައްޕަގެ މައްޗަށް ހިންގި ޝަރީއަތުގައި އޭނާ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ވަނީ ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާފަ އެވެ. މާފިއާއާ ދެކޮޅަށް މަސައްކަތްކުރާ ގާނޫނީ ވަކީލު އަދި ސެނެޓަރު އެންޒާ ރަންޑޯ ވިދާޅުވި ގޮތުގައި ޑެނީޒްގެ މަރަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެކެވެ. މާފިއާއަކީ ހަމައެކަނި މީހުން މަރާ ބައެއް ނޫން ކަމަށާއި، އެއީ ދިރިތިބި މީހުންގެ ރޫހާއި ދިރިއުޅުމުގައި ބިރުވެރިކަން އުފައްދާ ބައެއްކަން މި ހާދިސާއިން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންމަގެ މަރަށްފަހު ޑެނީޒް ދިރިއުޅެމުން ދިޔައީ ދައުލަތުގެ ހިމާޔަތުގެ ދަށުން ނަން ބަދަލުކޮށްގެންނެވެ. ނަމަވެސް އޭނާގެ ހަޔާތުގައި އުފެދިފައިވާ ހުސްކަމެއްގެ ސަބަބުން، ފަހަކަށް އައިސް ޖަލުގައި ހުރި އޭނާގެ ބައްޕަ ކާލޯ ކޮސްކޯއާ އަލުން ގުޅުން ބޭއްވި ކަމަށް މައުލޫމާތު ލިބެއެވެ. ޑެނީޒްގެ ގާތް އެކުވެރިން ބުނާ ގޮތުގައި އޭނާ ދިޔައީ ނަފްސާނީ ބަލިމަޑުކަމާއި މަސްތުވާތަކެތީގެ ވަބާއާ ހަނގުރާމަކުރަމުންނެވެ.

ޑެނީޒްގެ ބައްޕަ ކާލޯ ކޮސްކޯ ވަނީ އޭނާގެ އަންހެނުން ލިއާ މަރާލުމަށްފަހު، އޭނާ އޮސްޓްރޭލިއާއަށް ދިޔައީ ކަމަށް ބުނެ ދަރިފުޅަށް އޮޅުވާލާފައެވެ. ނަމަވެސް ހަގީގަތަކީ ކާލޯ އޭނާގެ އަންހެނުން މަރާލުމަށްފަހު ހަށިގަނޑު އަންދާލީއެވެ. މި މައްސަލާގައި ކާލޯއާއި އޭނާގެ ބައިވެރިން މިހާރުވެސް ދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ޑެނީޒްގެ މަރާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގުގައި އޭނާ އަމިއްލައަށް މަރުވުމަށް އެއްވެސް މީހަކު ހިތްވަރު ދީފައިވޭތޯ ބަލާނެއެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދިރާސާ ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މާފިއާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ރައީސް ލުއިޖީ ޗިއޮޓީ ވިދާޅުވި ގޮތުގައި ޑެނީޒްގެ މުޅި ހަޔާތް ބިނާވެފައިވަނީ ހިތްވަރާއި ވޭނުގެ މެދުގައެވެ. އަދި އެ ނާޒުކު ހަމަހަމަކަން މިއަދު މުޅިން ނެތިގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޑެނީޒްގެ ހަނދާނުގައި މިލާންގައި ހާއްސަ އެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox