އިޓަލީ ސްކޫލްތަކުގައި މޫނުބުރުގާ މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު ކޮންޓްރޯލްކުރަނީ

Sep 21, 2026, 8:30 AM
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ. -- ފޮޓޯ: ރޮއިޓާސް

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ. -- ފޮޓޯ: ރޮއިޓާސް

އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރަކަށް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

މެލޯނީ މިހެން ވިދާޅުވީ އެކަމަނާ ނިސްބަތްވާ ޕާޓީން އިންތިޒާމުކޮށްގެން ބޭއްވި ޒުވާނުންގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން، ކަނާތު ފިޔައިގެ ސިޔާސަތުތައް ދިފާއުކުރައްވަމުންނެވެ.

މެޑިޓަރޭނިއަން ކަނޑުގެ މެދުގައި އޮންނަ ގައުމަކަށް ވުމުން، އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ހިޖުރަވެރިން އަންނަ އެއް ގައުމެވެ. މީގެ ސަބަބުން ހިޖުރަވެރިންގެ މައްސަލައަކީ އިޓަލީގައި އަބަދުވެސް ބޮޑު ބަހުސަކަށް ވެފައިވާ، އަދި އެކި ސަރުކާރުތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ހިޖުރަވެރިން، ހާއްސަކޮށް މުސްލިމް ގައުމުތަކުން އަންނަ މީހުން އިޓަލީގެ މުޖުތަމައުގެ ތެރެއަށް ލާމެހުމުގެ މައްސަލައަކީ އެ ގައުމުގެ ސިޔާސީ މަސްރަހާއި މުޖުތަމައުގައި އަދިވެސް ހިޔާލުތަފާތުވުން ބޮޑު ކަމެކެވެ. ދީނީ ނިޝާންތަކާއި، ސަގާފީ ގޮތުން ލާމެހުމާއި، ރައްޔިތަކަށް ވުމުގެ ގަވާއިދުތަކުގެ އިތުރުން ހިޖުރަވެރިންނާ ގުޅޭ ސިޔާސަތުތަކާ މެދު ކުރެވޭ ބަހުސްތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ހިޔާލު ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ.

"ބްރަދާސް އޮފް އިޓަލީ" ޕާޓީގެ ޒުވާނުންގެ ގޮފީގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެލޯނީ ވިދާޅުވީ، ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އެންމެ ގިނަ އަދަދު ގާނޫނީ ގޮތުން ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން، ސްކޫލް ނިޒާމުގެ ތެރެއަށް ލާމެހުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާ ބޭރު ދަރިވަރުންގެ ބެލެނިވެރިން އިޓަލީ ބަސް ދަސްކުރުމަށް ލާޒިމުކުރުމާއި، ސްކޫލްތަކުގައި ބުރުގާ އާއި މޫނުބުރުގާ އެޅުން މަނާކުރުން ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ކްލާހެއްގައި އިޓަލީ ބަސް ނޭނގޭ އެންމެ ކުއްޖަކު ހުރި ނަމަ، އެހެން ކުދިންނާއި ޓީޗަރުންގެ އެހީތެރިކަމާއެކު އެ ކުއްޖާއަށް ބަސް ދަސްކޮށް، މުޖުތަމައުގެ ތެރެއަށް ލާމެހުމުގެ ފުރުސަތު ބޮޑުވާނެ. ނަމަވެސް، ބަސް ނޭނގޭ ކުދިންގެ އަދަދު ގިނަވެ، ނުވަތަ އެއީ ކްލާހުގެ އަޣުލަބިއްޔަތަށް ވެއްޖެ ނަމަ، އެއީކީ ލާމެހުމެއް ނޫން؛ އެއީ އިހުމާލުވުން،" މެލޯނީ ވިދާޅުވި އެވެ.

ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އެންމެ ގިނަ އަދަދަކީ ކޮބައިކަމެއް މެލޯނީ ސީދާ ވިދާޅެއް ނުވެ އެވެ.

ދިރާސާކުރާ އިދާރާއެއް ކަމަށްވާ "ފޮންޑަޒިއޯން އައިއެސްއެމްޔޫ" އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ 11.6 އިންސައްތައަކީ އިޓަލީގެ ރައްޔިތުންނެއް ނޫނެވެ. މިއީ ކޮންމެ 100 ދަރިވަރަކުން ގާތްގަނޑަކަށް 12 ކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox