މަރުވި ޑައިވަރެއްގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި
ވ. އަތޮޅު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ޑައިވް އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު މިއަދު އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ. މޯލްޑިވްސް އިންކް މެދުވެރިކޮށް އޭނާގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލާފައިވާއިރު، މި ހާދިސާގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ މާލެ ގެނެސްފައެވެ.