ދިވެހިރާއްޖެ އިސްލާހުކުރުމުގައި ޝުކުރުވެރިވުމުގެ ދައުރު

ދިވެހި ދިދަ -- ފޮޓޯ: އަދަދު

ދިވެހި ދިދަ -- ފޮޓޯ: އަދަދު

ރާއްޖެ އޮތް ހާލަތާއި ރާއްޖެ ވެއްޓިފައިވާ އަނދަވަޅަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭވަރަށް ވުރެ ހިތި ހިތާމަވެރި ހާލަތެކެވެ. ގައުމުދެކެ ލޯބިވާ ހަމަ އެކަކު ވިޔަސް މިކަމަށް ދެބަހެއް ނުވާނެއެވެ. ސިޔާސީ މީހުން ބުނާގޮތުގައި ރާއްޖޭގެ ދަރަނި އޮތީ ބަނގުރޫޓުވާ ހިސާބުގައެވެ. މިހެން މިކަން އޮތުމާއެކު ވެސް ދައުލަތް ހިނގަމުންދަނީ އިންތިހާ އިސްރާފާއި ނާގާބިލު މުވައްޒަފުންނާއެކު އިންތިހާ ދޯދިޔާކަމުގައެވެ.

މިކަންކަމަށް ސަރުކާރު ޖަވާބުދާރީކުރުވަން ތިބި ފަރާތްތައް އެފަރާތްތަކުގެ މެދުގައި ވެރިކަމަށް އައުމުގެ ޝައުޤާއި ވާދަވެރިކަން އެކަކު އަނެކަކާމެދަށް އޮންނަލެއް މާބޮޑުކަމުން ތެދުނިޔަތާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަނީ ކޮން ބަޔެއްކަން ގިނަ ރައްޔިތުންނަށް އޮޅިފައިވެއެވެ. ގައުމު އިސްލާހުކުރުމުގެ ވާހަކަ ފަށައިފިނަމަ އެންމެންނަށް ވެސް ދައްކަންޖެހިފައިވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމާއި ގުޅިފައިހުރި ނެގެޓިވް ވާހަކަތަކާއި ވިސްނުންތަކެވެ. އަޅުގަނޑު މިއަދު ހިޔާލެއް ބަދަލުކޮށްލަން މިއުޅެނީ، މިކަން މީގެ އެހެން ގޮތަކަށް ކުރެވިދާނެތޯ ފިކުރެއް ހިންގާލުމުގެ މައްޗަށެވެ. 

ދިވެހިންގެ ތެރޭގައި އަށަގަންނުވާ ދިރުވަންޖެހޭ އެންމެ ބޮޑު އެއްސިފައެއްކަމުގައި އަޅުގަނޑަށް ފެންނަނީ ޝުކުރުއަދާކުރުމުގެ ސިފައެވެ. ފުރަތަމަ ތިމާ ހެއްދެވި ﷲ އަށް ޝުކުރުކުރުމެވެ. ދެން ތިމާ ގެންގުޅެ ބޮޑުކުރި މީހުންނާއި ތިމާ ތިމާއަކަށްވުމުގައި ހިއްސާވި އާއިލާއާއި އެއްޗެހި ބުނެދިން މީހުންނާއި ރަށްޓެހި ރަހުމަތްތެރިންނާއި މިހެންގޮސް ތިމާއަށް ހެވެއް ފޯރުވައިދިން ކޮންމެ މީހަކަށް ޝުކުރުއަދާކުރުން މަތީ ދެމިހުރުމުގެ މާތް ސިފައެވެ. 

މިކިޔަނީ ކޮންމެ މީހަކު ފެންނައިރަށް ޝުކުރިއްޔާއޭ ގޮވާ ވާހަކައެއް ނޫނެވެ. ހިތުން ޝުކުރުވެރިވުމެވެ. ހިތުގައި ނެތް ބަހެއް ދުލުން ބޭރުކޮށްލައިގެން ވާނެ މަންފާއެއް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ. ހަގީގީ ޝުކުރުވެރިވުމަކީ ދުލުން ބުނެލާ ބަސްތަކެއް ގަލަމަކުން ލިޔެލާ އެއްޗެއް ނޫނެވެ. ހިތުގެ އިހުލާސްތެރިކަމާއި ސާފުކަމާއެކު ފުރާނައިގެ އެންމެ އަޑިން އަނެކުންގެ ހައްގު ފުރިހަމައަށް ބަލައިގަތުމުން ހިތުގައި އެ އުފެދޭ އެއްޗެވެ. 

އިންސާނުންނަށް ޝުކުރުކުރުމާއި މީސްތަކުންގެ ރަނގަޅު ސިފަތަކާއި ހެޔޮ އުޅުންތައް ފާހަގަކުރުން ހިމެނެނީ އެންމެ ރީތި އަޚުލާޤީ ސިފަތަކުގެ ތެރެއިންނެވެ. އެހެންވެގެން މީހުން ތިމާއަށް ކޮށްދޭ ކަންކަން އެޕްރިޝިއޭޓްކޮށް މީހުންނަށް އެންމެ ހައްގުގޮތުގައި ޝުކުރު އަދާކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވަނީ މީސްތަކުންނަށް ޝުކުރު ނުކުރާ މީހާ ﷲ އަށް ޙައްޤު ގޮތުގައި ޝުކުރުކުރާ ކަމުގައި ނުވާކަމަށެވެ. އަދި ﷲ އަށް އެންމެ ބޮޑަށް ޝުކުރުކުރާ މީހަކީ މީސްތަކުންނަށް އެންމެ ޝުކުރުވެރިކަން ބޮޑު މީހެއްކަމަށް ވެސް ހަދީސްކުރައްވާފައިވެއެވެ. 

ދެން މިޔާއެކު ހިތަށް ގެންނަންވީ މާތް ﷲ ގެ ހައްގު ބަސްފުޅެވެ. އެކަލާނގެ އަންގަވާފައިވަނީ، "އަދި ތިޔަބައިމީހުންގެ ވެރިކަލާނގެ އެންގެވިހިނދުހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދިތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފަރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ހަދީސުން އެނގޭ ގޮތުގައި މީސްތަކުންނަށް ޝުކުރުވެރިވުން ހިމެނެނީ ﷲ އަށް ޝުކުރުވެރިވުމުގެ ތެރޭގައެވެ. އެހެންކަމާއެކު މިއާޔަތުގައި މިއޮތް ފަދައިން މީސްތަކުންނަށް ޝުކުރުވެރިވުމަކީ ނިއުމަތްތައް އިތުރުވާނެ ސަބަބެވެ. އަދި މީސްތަކުންނަށް ޝުކުރުވެރިނުވާނަމަ އެއީ އަޒާބުއައިސްދާނެ ކޯފާ އައިސްދާނެ ކަމެކެވެ. އާޔަތުގައި އަންގަވާފައިވަނީވެސް ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ﷲ ކަންކަން ހިންމަވާނެ ގޮތެވެ. އާޔަތުގައި އޮތް އިބާރާތުގައިވެސް ތިމަން ﷲ އަށް ޝުކުރުކޮށްފިނަމައޭ އަންގަވާފައި ނެތެވެ. އިންސާނުންގެ ހެވެތަށް އެއިންސާނުންނަށް ހައްގު ޝުކުރުއަދާކުރުމެއް ނެތި ﷲ އަށް ޝުކުރުކުރީކަމުގައި ނުވާނެތީއެވެ. 

އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެއެވެ. މާތް ނަބިއްޔާ ގެ ދޮށީ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ ވާހަކަ ދައްކަވައި އެކަމަނާއަށް ޝުކުރުވެރި ބަހެއް ހަދީސްކުރެއްވުމަކާ ނުލައި، އެންމެ ދުވަހަކުވެސް މާތް ނަބިއްޔާއަށް ގެއިން ނުކުމެވަޑައިގެންނެވޭ ގޮތް ނުވާކަމަށްޓަކައި ތިމަންކަމަނާގެ ހިތުގައި ޣީރަތްތެރިކަމެއް ހިނގިއެވެ. އެހެންވެ އެއް ދުވަހު މާތް ނަބިއްޔާއަށް ދަންނަވައިފީމެވެ. އެކަމަނާ ވީ މުސްކުޅިއަކު ކަމުގައި ނޫންތޯއެވެ! ތިމަންކަމަނާއަކީ މާތް ﷲ ކަލޭގެފާނަށް ބަދަލުގައި ދެއްވި އެޔަށްވުރެ ހެޔޮ ގޮތް ނޫންތޯއެވެ؟ 

އެހިނދު މާތް ނަބިއްޔާ ކޯފާ އިސްކުރައްވައި، ހަދީސްކުރެއްވިއެވެ. "ﷲ ގަންދެމެވެ. އެކަމަނާއަށްވުރެ ހެޔޮ ކަނބަލަކަށް ﷲ ބަދަލުކުރެއްވީއެއް ނޫނެވެ. މީސްތަކުން ތިމަން ނަބިއްޔާއަށް ކާފަރުވެ ދެކޮޅުހެދިއިރު އެކަމަނާ ތިމަންކަލޭގެފާނަށް އީމާންވިއެވެ. މީސްތަކުން ތިމަންކަލޭގެފާނަށް އެންމެހާ ތަކެއްޗެއް މަނާކުރިއިރު އެކަމަނާގެ މުދަލުން ތިމަންކަލޭގެފާނަށް އެކަން ފޫބައްދައިދެއްވިއެވެ. އަދި އެކަމަނާގެ ފުށުން ތިމަންކަލޭގެފާނަށް ފިރިހެން ދަރިކަލަކުވެސް ލިބިވަޑައިގަތެވެ." ޢާއިޝާގެފާނު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަމަނާގެ ހިތްޕުޅަށް އެރިއެވެ. ދުވަހަކުވެސް މިކަހަލަ ވާހަކައެއް ދެން ނުދައްކާނަމެވެ." 

އެހެން ހާދިސާއެކެވެ. މާތް ނަބިއްޔާ އަބޫބަކުރުގެފާނު ހުންނެވި ތަނެއްގައި ހަދީސްކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ މުދާވެރިކަމުން ތިމަންމެންނަށް ފައިދާކުރި މިންވަރަށް އެހެން އެކެއްގެ މުދާވެރިކަމުން ފައިދާކޮށްފައި ނުވެއެވެ. އެހިނދު އަބޫބަކުރުގެފާނު ކީރިތިކުރައްވައި ދެންނެވިއެވެ. ކަލޭގެފާނުގެ ފުށުން މެނުވީ ތިމަންމެންނަށް އެއްވެސް މަންފާއެއް ކުރިހެއްޔެވެ؟ ކަލޭގެފާނުގެ ފުށުން މެނުވީ ތިމަންމެންނަށް އެއްވެސް މަންފާއެއް ކުރިހެއްޔެވެ؟ ކަލޭގެފާނުގެ ފުށުން މެނުވީ ތިމަންމެންނަށް އެއްވެސް މަންފާއެއް ކުރިހެއްޔެވެ؟

ޠާއިފަށް ވަޑައިގެން މާތް ނަބިއްޔާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާގެ ފަހުން މައްކާއަށް އަރާވަޑައިގެންނެވުމުގައި މުޠްޢިމް ބިން ޢަދީގެ ހިމާޔަތް ބޭނުންފުޅުކުރެއްވިއެވެ. ނަމަވެސް މުޠްޢިމް ބިން ޢަދީ މަރުވީ ކާފަރުކަންމަތީގައެވެ. ބަދުރު ހަނގުރާމައިގެ އަސީރުންނާ ގުޅިގެން މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. މިއަދު މުޠްޢިމް ބިން ޢަދީ ދުނިޔޭގައި ހުރެފައި މި އެންމެން ދޫކޮށްލަދިނުމަށް އެދުނަސް އޭނާއަށްޓަކައި ދޫކޮށްދެއްވާހުށީމެވެ. މާތް ނަބިއްޔާ އަހަރެމެންނަށް ދެއްކެވި ނަމޫނާތައް އެހެރަ ފެންނަނީއެވެ. 

ދިވެހި ގައުމުގެ ދަރީންނޭވެ! ގައުމު އިސްލާހުކުރަން ބޭނުންނަމަ ދިވެހިރާއްޖެއަށް ލިބިފައިވާ އަގުނުކުރެވޭނެ ގިނަ ނިއުމަތްތައް ހަނދާންކޮށް މާތް ﷲ އަށް ޝުކުރުވެރިވާށެވެ! ކަންކަން ހަމަމަގުން ނެއްޓި ކަސިޔާރުވެގެންދާއިރު ބަލަންތިބުމަކީ ޝުކުރުވެރިކަމާއިދިކޮޅު ކާފަރުވެގަތުމުގެ ސިފައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox