ޕީއެންސީއަށް ވޯޓުނުދިނީ ދީން އިސްނުކުރާ މީހުން ކަމަށް ނުބުނާ ކަމަށް ވިދާޅުވެ މުއިއްޒު ދޮގުހައްދަވައިފި

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވެރިކަން ކުރާ ޕީއެންސީއަށް ވޯޓުނުދިން ހުރިހާ އެންމެންނަކީ ދީން އިސްނުކުރާ މީހުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިނުވާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ދޮގުހައްދަވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ސުވާލު ކުރީ ހޮނިހިރު ދުވަހުގެރޭ އއ. ރަސްދޫގައި މުއިއްޒު ދެއްކެވި ވާހަކައާ ގުޅޭ ގޮތުންނެވެ. އެ ރޭ މުއިއްޒު ވިދާޅުވީ ރާއްޖޭގެ މެޖޯރިޓީ މީހުން ވޯޓު ދިނީ ޕީއެންސީއަށް ކަމަށާއި އެއީ ދީން އިސްކުރަން ބޭނުންވި ރައްޔިތުން ކަމަށެވެ.

މުއިއްޒުގެ އެ ވާހަކައާ ގުޅުވައި މިއަދު ނޫސްވެރިޔާ ސުވާލުކުރީ، ޕީއެންސީއަށް ވޯޓުނުދޭ މީހުންނަކީ ދީނާ ދުރުބައެއްކަމަށް ދޭހަވާ ކަމަށާއި އެ ގޮތަށް ވިދާޅުވުމުގެ ހައްގު މުއިއްޒުއަށް ލިބިފައި އޮތްކަމަށް ގަބޫލުކުރައްވާތޯ ކަމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި މުއިއްޒު ފުރަތަމަ ކުރެއްވީ ސުވާލެކެވެ. އެމަނިކުފާނު ސުވާލުކުރެއްވީ، އެހެން ވިދާޅުވެވިފައިވޭތޯ އެވެ.

"އަޅުގަނޑު އެހެން ދެންނެވިންތޯ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެ ސުވާލުކުރުމުން، ނޫސްވެރިޔާ ވަނީ ރަސްދޫގައި މުއިއްޒު ދެއްކެވި ވާހަކަ، ތަފުސީލުކޮށް ކިޔައިދީފަ އެވެ. އޭގެ ފަހުން ނޫސްވެރިޔާ ވަނީ އަނެއްކާ ވެސް އޭނާގެ ސުވާލު ތަކުރާރު ކުރައްވައިފަ އެވެ.

އެ ސުވާލަކަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ، އެ ވާހަކަ ލައިޝާ މާނަކުރީ ނުބައިކޮށް ކަމަށެވެ. 

"އައުޓް އޮފް ކޮންޓެކްސްޓުން ނެންގެވީމާ ވަރަށް ގިނަ މާނަ ނެންގެވޭނެ އިނގޭތޯ؟ ހަމަ، އައުޓް އޮފް ކޮންޓެކްސްޓުން ނެގިދާނެ ހަމަ ވަރަށް ނުބައި މާނައެއް، ތިކަހަލަ މާނަ ނެންގެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"މުޅި މައުލޫގައި އަޅުގަނޑު ދެއްކި ވާހަކައަށް ބައްލަވާއިރުގައި، އަޅުގަނޑު ދެއްކީ ކޮން ވާހަކައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ދިވެހިރައްޔިތުންތަކެއް އެއީ މުސްލިމުން ނޫން ކަމަށް، އިސްލާމުން ނޫން ކަމަށް ބަޔާންކުރާ އެއްވެސް ވާހަކައެއް ނުދައްކަން އަޅުގަނޑެއް،" މުއިއްޒު ވިދާޅުވި އެވެ.

މިއަދު، މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ހޮނިހިރު ދުވަހުގެރޭ މުއިއްޒު ވަނީ ޕީއެންސީގެ ފިކުރަކީ "ދީނީ، ގައުމީ" ފިކުރު ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ހުރިހާ ގޮތަކުން ބެލި ނަމަވެސް ޑަބްލިޔޫޑީސީތަކުގެ ރައީސުންނާ، އާންމު މެންބަރުން ކަމުގައި ވިޔަސް، ކައުންސިލްތަކުގެ ރައީސުންނާ އާންމު މެންބަރުން ކަމުގައި ވިޔަސް، ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީ އަށް މެޖޯރިޓީ ދެއްވާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުން ވޯޓު ދީގެން ހޮވި ކެންޑިޑޭޓުން "ދީނީ މިންގަނޑުން" ބޭރުވަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިން މީހުންނަށް ވެސް މުއިއްޒު އެރޭ ފާޑުވިދާޅުވި އެވެ.

"މި ފެނިގެންދަނީ މި ހޮވިފައިތިބި އިންތިހާބީ ކެންޑިޑޭޓުން މުޒާހަރާކުރަމުންދާތަން. މަގުމަތީ ހަލަބޮލިކުރަމުންދާތަން. ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާތަން. ދީނީ މިންގަނޑުން ބޭރު ވަރަށް އަހްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން މިހޮވުނު ކެންޑިޑޭޓުން. އެއީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުން ވޯޓުލައިގެން ހޮވުނު މީހުން،" ރައީސް ވިދާޅުވި އެވެ.

 އިދިކޮޅު ފަރާތްތަކުން ދީނީ މިންގަނޑުން ބޭރުން މުޒާހަރާ ކުރަމުންދާ ވާހަކައާ ގުޅުވައި ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލެއް އަމާޒުވި އެވެ. އެ ސުވާލުގެ ޖަވާބުގައި ވެސް މުއިއްޒު ވިދާޅުވީ، އެ ވާހަކައިގެ މާނަ ވެސް ނޫސްވެރިން ނަގަނީ އައުޓް އޮފް ކޮންޓެކްސްޓުގައި ކަމަށެވެ.

"އައުޓް އޮފް ކޮންޓެކްސްޓުގައި ތި ނަންގަވަނީ، މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިފައި އޮތް ހައްގެއް އެބަ އޮތް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން، އެ ވެސް އެބަ އޮވޭ ހުދޫދުތަކެއް ކަނޑައަޅާފައި ގާނޫނާއި ގަވާއިދުގައި އެބަ އޮތް އެކަން ކުރެވޭނެ ގޮތް،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދަނީ ދީނާ ހިލާފު އަމަލުތައް ހިންގަމުން ކަމަށެވެ. އެގޮތުން، އިދިކޮޅު މުޒާހަރާތަކުގައި ހަޑިހުތުރު ބަސްތައް ބޭނުންކުރާ ކަމަށާއި ހަޑިހުތުރު އަމަލުތައް ހިންގާ ކަމަށް ވެސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox