ބާސެލޯނާގެ ކޯޗު ފްލިކް އަށް އުފަލާއި ހިތާމައިގެ ދުވަހެއް

May 11, 2026, 12:25 PM
ރޭގެ މެޗަށް ފަހު އޮތް އުފާފާޅުކުރުމުގެ ތެރެއިން ބާސެލޯނާގެ ކުޅުންތެރިންނާއި އޮފިޝަލުން ވެގެން ފްލިކް އުރާލައިގެން.

ރޭގެ މެޗަށް ފަހު އޮތް އުފާފާޅުކުރުމުގެ ތެރެއިން ބާސެލޯނާގެ ކުޅުންތެރިންނާއި އޮފިޝަލުން ވެގެން ފްލިކް އުރާލައިގެން.

ބާސެލޯނާ (މެއިި 11) - ބާސެލޯނާ އިން ރޭގެ މެޗަށް ތައްޔާރުވުމަށްޓަކައި، އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ދަނިކޮށް، އެ ޓީމުގެ ކޯޗު، ޖަރުމަނުގެ ހަންސީ ފްލިކްގެ ބައްޕަ ވަނީ މަރުވެފަ އެވެ.

ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅޭ އެލް-ކްލަސިކޯ ފަދަ މުހިންމު މެޗެއް ކުރިން މިކަން ދިމާވި ނަމަވެސް، ބާސެލޯނާގެ ސީނިއާ މެނޭޖްމަންޓުން ފްލިކަށް ވަނީ އާއިލާއާ އެކު މި ވަގުތު ހޭދަކުރަން ވަގުތު ދޭން ނިންމައިފަ އެވެ. އެކަމަކު، ފްލިކް ނިންމީ، ޓީމަށް އިރުޝާދު ދޭން ބެންޗަށް ދާ ގޮތަށެވެ. 

ރޭގެ މެޗު ފެށުމުގެ ކުރިން، ފްލިކްގެ ބައްޕަގެ ހަނދާނުގައި ދަނޑުގައި ވަނީ ސުކޫތެއް ގެނެސްފަ އެވެ. 

ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފައި. މިއީ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި އުފުލާލި 29 ވަނަ ފަހަރު

ރެއާލް އަތުން ބަލިނުވެ ފަރުޖައްސާލައިގެން، ބާސެލޯނާ އަށް ސްޕެނިޝް ލީގުގެ ތަށި ދިފާއުކުރަން ފުރުސަތު އޮތްއިރު، ބާސެލޯނާ އިން 29 ވަނަ ފަހަރަށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދީ 2-0 އިން ރެއާލް ބަލިކޮށްފަ އެެވެ. 

"މިއީ އުނދަގޫ މެޗެއް. އަހަރެން ދުވަހަކު ވެސް މި ދުވަސް ހަނދާނެއް ނުނެތޭނެ،" ފްލިކް ބުންޏެވެ. 

"އަހަރެން ބޭނުން މުޅި ސްކޮޑަށް އަދި އަހަރެމެންނަށް އެހީވެދިން އެންމެނަށް ޝުކުރު އަދާކުރަން. އެންމެ މުހިންމު ކަމަކީ އަހަރެން ވަރަށް ފަހުރުވެރިވޭ މި ވަރުގެ ރަނގަޅު ޓީމެއް ލިބުނީމަ. ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއަދު، މި ހުރިހާ ޝުކުރެއް މި އަދާކުރަނީ، އަހަންނަށް މި ދުވަސް އެކި ސަބަބުތަކާ ހެދި ހަނދާން ހުންނާނެތީވެ،" 

އެލް ކްލަސިކޯ މެޗެއްގައި ރެއާލް މެޑްރިޑް ބަލިކޮށް، ކާމިޔާބު ހޯދައިގެން ތަށްޓެއް ހޯދުމަކީ ވެސް އުފާކުރަންޖެހޭ ކަމެއް ކަމަށާއި އެ ތަޖުރިބާ ކޮށްލަން ކޯޗެއްގެ ގޮތުގައި އޭނާ އަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ފްލިކްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

ކުރިން ބަޔާން މިއުނިކާއި ޖަރުމަނު ގައުމީ ޓީމަށް ކޯޗުކޮށްދިން ފްލިކް ވަނީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކުރަން އެއްބަސްވުމަކަށް އަތުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox