ގެޓަފޭ އަތުން މޮޅުވެ ބާސެލޯނާ އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް

Apr 25, 2026, 10:17 PM
ލަނޑު ޖެހުމަށް ފަހު ފާމިން ލޮޕޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ލަނޑު ޖެހުމަށް ފަހު ފާމިން ލޮޕޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްރީލް 25) - ސްޕެނިޝް ލީގުގައި މިރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލަައިފި އެވެ

މި މޮޅާ އެކު، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން 11 ޕޮއިންޓު އިތުރަށް ހޯދައި، ރަނގަޅު ލީޑަކާ އެކު ހަމަޖެހިލައިގެންނެވެ. ބާސެލޯނާ އިން ކުރިއަށް އޮތް ދެ މެޗުން (އޭގެ ތެރޭގައި ރެއާލާ ކުޅޭ މެޗު ވެސް ހިމެނޭ) މޮޅުވެއްޖެނަމަ، ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ރެއާލް އަތުން ބަލިވި ކަމުގައި ވިޔަސް، ބާސެލޯނާ އަށް އިތުރު ދެ މެޗެއް ނަގައިގެން، ޗެމްޕިއަންކަން ހޯދޭނެ އެވެ. 

ބާސެލޯނާ އަށް 33 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 33 މެޗުން ލިބިފައިވަނީ، 74 ޕޮއިންޓެވެ. ލީގުގައި ރޭ ރެއާލް ކުޅުނު މެޗުން ރެއާލް ބެޓިސްއާ އެއްވަރުވުމުގެ ފައިދާ ބާސެލޯނާ އިން ވަނީ ރަނގަޅަށް ނަގައިފަ އެވެ. 

ގެޓަފޭ ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާ އިން މޮޅުވިިއިރު، މިއީ، ސްޕެނިޝް ލީގުގައި ރަށުންބޭރު، ގެޓަފޭ އަތުން 2019 ވަަނަ އަަހަރުގެ ފަހުން ބާސެލޯނާ އިން މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ބާސެލޯނާ އިން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ. 

ބާސެލޯނާ އިން ލީޑުނެގީ 45 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ޖެހި ގޯލުންނެވެ. ބާސެލޯނާގެ މިޑްފީލްޑަރު، ޕެޑްރީ ގޮންޒާލޭޒް ހަމަޖެހިލައިފައި ދިން ބޯޅައަށް އަރައި، ފާމިން ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

ދެ ވަނަ ހާފު ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ، ބާސެލޯނާގެ ފުރަތަމަ ހަމަލާ ފެނިގެންދިޔަ އެވެ. ބާސެލޯނާގެ ފުލްބެކް، ޖޫލްސް ކޫންޑޭ ނަގައިދިން ބޯޅައަކަށް އަރައި ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ ގެޓަފޭ ކީޕަރު، ޑޭވިޑް ސޮރިއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ކޫންޑޭ އާއި އޮލްމޯ އަދި ޖެރާޑް މާޓިން އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. 

ބާސެލޯނާ އިން ދެ ވަނަ ގޯލު ޖެހީ 74 ވަނަ މިނިޓްގަ އެވެ. ގެޓަފޭ ކުޅުންތެރިން ގޯލެއް ޖަހަން އަރައި ތިބި ވަގުތުގައި، އެ ޓީމުގެ ޑިފެންސް ފަހަތަށް ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ޖައްސާލި ބޯޅައެއް ހިފައިގެން އައިސް، މާކަސް ރެޝްފޯޑް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox