އާބެލޯއާގެ ކަންބޮޑުވުމަކީ ރެއާލްގެ މައުލޫމާތު ލީކުކުރާ މީހެއް ނޭނގުން

May 10, 2026, 8:02 AM
ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ

ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ

މެޑްރިޑް (މެއި 10) - އޭނާގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ އަދި ކަންބޮޑުވުމަކީ ވެސް ރެއާލް މެޑްރިޑްގެ އެތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު މީޑިއާ އަށް ލީކުކުރާ މީހެއް ނޭނގުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ. 

ސްޕެނިޝް ލީގުގައި މިރޭ ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު، މި މެޗުން. ބާސެލޯނާ ބަލިނުވެ ފަރުޖައްސާލައިފިނަމަ، އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ރެއާލުން މި ހަފްތާގައި ކުރިމަތިލާން ޖެހުނު އެއް ކަމަކީ، އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ އައުރެލިއަން ޗުއަމެނީ އާއި އުރުގުއޭގެ ފެޑެރީކޯ ވަލްވޭޑޭގެ މެދުގައި ޖެހިޖެހިގެން ދެ ދުވަހު ހަމަނުޖެހުންތަކެއް ހިނގުމެވެ. މި މާރާމާރީއާ ހެދި ވަލްވޭޑޭ އަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނުއިރު، ރެއާލުން މި މައްސަލަ ބަލައި، ދެ ކުޅުންތެރިން އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. 

އާބެލޯއާ ބުނީ، އެ ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ދެން އިތުރަށް ދެއްކުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި، އެ ކަމުގައި ޝާމިލުވާ ކުޅުންތެރިން ވަނީ މީޑިއާގައި އެ ކަމާ މެދު މާޔޫސްވާ ކަމަަށް ބުނެފައި ކަމަށާއި އެއީ ދެން މި ވާހަކަ ނިންމާލަން ޖެހޭ ހިސާބު ކަމަށް އާބެލޯއާ ބުނެފައިވެ އެވެ. 

"އަދި ވެސް އެއް ފަހަރު މި ބުނަނީ. ފަހަރެއްގައި ކުރިން މި ވާހަކަ ދެއްކިއިރު މާ ސާފުވެފައި ނޯވެދާނެ. ޓީމުގެ ލޮކަރޫމްގެ ތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ލީކުވުމަކީ ރެއާލް މެޑްރިޑަށް ދެވޭ ދެރައެއް. މި ބެޖަށް ކުރެވޭ ބޭއިހުތިރާމެއް،" އާބެލޯއާ ބުންޏެވެ. 

ރެއާލްގެ މައުލޫމާތު ލީކުކުރާ ކުޅުންތެރިއެއް ނޫނީ އޮފިޝަލެއް އެނގުނަސް އާންމުން ކުރިމަތީގައި އެ މީހަކު ގޯސްކޮށްފައި ވާހަކަ ނުދައްކާނެ ކަމަށާއި އެކަން އެ އަށް ވުރެން ރަނގަޅަށް ހައްލުކުރާނެ ކަމުގެ ޔަގީންކަން އާބެލޯއާ ވަނީ ދީފަ އެވެ. 

އާބެލޯއާ ބުނީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުމަކީ ރެއާލްގެ ފެންވަރެއް ނޫން ކަމަށެެވެ. އެކަމަކު، މި ފަދަ އުނދަގޫ ހާލަތެއްގައި ރެއާލުން ބައިބައިވެގެން ލިބޭނެ މޮޅެއް ނެތް ކަމަށާއި ރެއާލަށް ކުޅޭ ކުޅުންތެރިން އެ އަށް ވުރެން ޒިންމާދާރު ކަމާ އެކު ކަންކަމަށް ކުރިމަތިލުން މުހިންމު ކަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ. 

ބާސެލޯނާ ދަނޑުގައި މިރޭ ރެއާލާ ކުޅޭ މެޗު ފަށާނީ 00:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox