ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

May 11, 2026, 6:49 AM
ރޭގެ މެޗަށް ފަހު ބާސެލޯނާ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ރޭގެ މެޗަށް ފަހު ބާސެލޯނާ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ބާސެލޯނާ (މެއި 11) - ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. .

މިއީ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި އުފުލާލި 29 ވަނަ ފަހަރު އެވެ. ބާސެލޯނާ އިން ޗެމްޕިއަންކަން މި ހޯދީ ބާކީ ތިން މެޗު އޮއްވަ އެވެ. އަދި، ރޭގެ ނަތީޖާއާ އެކު، ޖެހިޖެހިގެން ދެ ވަނަ ސީޒަނެއްގައި ރެއާލުން ނިންމާލަން ޖެހުނީ ތަށްޓެއް ނުލިބި އެވެ. 

ބާސެލޯނާ އަށް 35 މެޗުން 91 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 35 މެޗުން ލިބިފައިވަނީ، 77 ޕޮއިންޓެވެ. 

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ދެ ގޯލު ވެސް އެ ޓީމުން ޖެހީ މެޗުގެ ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، އެ ޓީމުން ލީޑުނެގި ލަނޑު ޖެހީ މެޗުގެ ނުވަ ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން މާކަސް ރެޝްފޯޑް އެވެ. އޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ލިބުނު ހިލޭ ޖެހުމުން، ރެޝްފޯޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. ރެއާލްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

މެޗުގައި ބާސެލޯނާ އިން 18 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ޑެނީ އޮލްމޯ ދިން ބޯޅައެއް ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިގެން ފެރާން ޓޮރޭޒް ޖެހި ގޯލެކެވެ. ބާސެލޯނާ އިން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން، ރެއާލްގެ ގޮންޒާލޯ ގާސިއާ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. 

ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 38 ވަނަ މިނިޓްގައި ރެޝްފޯޑް ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ދެ ވަނަ ހާފު ފަށައިގެން 10 މިނިޓް ތެރޭ ފެރާން އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ހަމަލާ ކީޕަރު ކޯޓުއާ ވަނީ މަަތަކޮށްފަ އެވެ.

އަނިޔާގެ ސަަބަބުން ކީލިއަން އެމްބާޕޭ ނުލައި ކުޅުނު ރެއާލަށް މެޗުގެ 62 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ޖަހައިދިން ގޯލު ބަލައިނުގަތީ އޮފްސައިޑް މަގާމެއްގައި ހުރެ ޖެހި ގޯލެއް ކަމަށް ވުމުންނެވެ. ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަށް އޭރިއާތެރެއިން ލިބުނު ފުރުަސަތަކުން ޖެހި ޝޮޓް އަމާޒުވީ ކީޕަރު ކޯޓުއާ އަތަށެވެ. 

ރޭގެ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ މަރުވިއިރު، މެޗު ފެށުމުގެ ކުރިން ވަނީ ސުކޫތެއް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox