އޮސަސޫނާ އަތުން މޮޅުވެ ބާސެލޯނާ އިން ލީގު ޔަގީންކުރުމާ ގާތަށް

May 3, 2026, 7:28 AM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.

މެޑްރިޑް (މެއި 3) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 2-1 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގު ޗެމްޕިއަންކަން ކަށަަވަރުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ލީގު ޗެމްޕިއަންކަންް ހޯދުމަށް ބާސެލޯނާ އަށް ބާކީ އިން ހަތަރު މެޗުން ބޭނުންވަނީ ދެ ޕޮއިންޓް އެވެ. ރެއާލުން މިރޭ އެސްޕަންޔޯލް އަތުން މޮޅުނުވެއްޖެނަމަ، ބާސެލޯނާ އަށް ޗެމްޕިއަންކަން ޔަގީންވާނެ އެވެ. ރެއާލުން މޮޅުވެއްޖެނަމަ، އަންނަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ބާސެލޯނާ އަށް ލީގު ހޯދޭނެ އެވެ. 

ރޭގެ މެޗަށް ފަހު، ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަަނައިގައި އޮތީ 34 މެޗުން 88 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 33 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. 

އޮަސަސޫނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ޖެހި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި، އޮސަސޫނާގެ އަންޓެ ބުޑިމީރް ޖެހި ޝޮޓެއް ވަނީ ދަނޑީގައި ޖެހިފަ އެވެ. އަދި، ޖެހިގެން އައި މިނިޓްގައި އޭރިއާބޭރުން ބުޑިމީރް ޖެހި ބޯޅަ ބާސެލޯނާ ކީޕަރު، ޖޮއާން ގާސިއާ ވަނީ މަތަކޮށްފަ އެވެ. 

ބާސެލޯނާ އިން މެޗުގައި ލީޑުނެގީ 81 ވަނަ މިނިޓްގަ އެވެ. މިއީ، މާކަސް ރެޝްފޯޑް ނެގި ހުރަހަކަށް އަަރައި ލެވަންޑޯސްކީ ބޮލުން ޖެހި ގޯލެކެވެ. އަދި، އޭގެ ފަސް މިނިޓް ފަހުން، ފާމިން ލޮޕޭޒް ދިން ބޯޅައަކަަށް އޭރިއާތެރެއިން އެރުމަށް ފަހު، ފެރަން ޓޮރޭޒް ހަަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ބާސެލޯނާގެ ލީޑުފުޅާކޮށްދިނެވެ. 

ދެ ގޯލުގެ ލީޑެއް ލިބުމުން ބާސެލޯނާ އިން ފަރުވާ ކުޑަކޮށްލުމުގެ ފައިދާނަގައި، މެޗުގެ 89 ވަނަ މިނިޓްގައި އޮސަސޫނާ އިން ލަނޑެއް ޖެހި އެެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ރައުލް ގާސިއާ ބޮލުން ޖެހި ގޯލެކެވެ. އޭނާ އަކީ ވެސް ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. 

އޭގެ ފަހުން، ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ފެރާން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox