ރެއާލުން އެސްޕަންޔޯލް ބަލިކޮށްފި، ކްލަސިކޯ މެޗުން ބާސެލޯނާ އަށް ލީގު ހޯދުމުގެ ފުރުސަތު

May 4, 2026, 8:02 AM
ރެއާލްގެ ފޯވާޑް ވިނީޝިއުސް (ވިނީ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރެއާލްގެ ފޯވާޑް ވިނީޝިއުސް (ވިނީ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާ (މެއި 4) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވުމާ އެކު، އަންނަ ހަފްތާގައި ރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ފަހިވެއްޖެ އެވެ. 

ބާސެލޯނާ އިން ރެއާލް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ލީގު ޗެމްޕިއަންކަން ޔަގީންކުރެވޭނެ އެވެ. ރޭ އެސްޕަންޔޯލް އަތުން ރެއާލަށް މޮޅުނުވެވުނުނަމަ، މެޗު ބަލަން ތިއްބައި، ބާސެލޯނާ އަށް ލީގު ލިބޭނެ އެވެ. އެކަމަކު، ރެއާލުން ރޭ ކާމިޔާބު ހޯދުމުން، ބާސެލޯނާ އަށް މި ވަނީ އެންމެ ވާދަވެރި ޓީމާ ދެކޮޅަށް ކުޅޭ މެޗަކުން ލީގު ހޯދުމުގެ ފުރުސަތު ލިބިފަ އެވެ. 

ލީގުގެ އެއް ވަނައިގަައި ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެެވެ. އެއީ، 34 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަަށް 34 މެޗުން ވަނީ 77 ޕޮއިންޓް ލިބިފަ އެވެ. 

އެސްޕަންޔޯލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުން ދެ ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މި ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކީލިއަން އެމްބާޕޭ، އަނިޔާގެ ސަބަބުން ނުލައި ކުޅުނު ރޭގެ މެޗުގައި އެ ޓީމުގެ ތަރި އަކީ ވިނީޝިއުސް ޖޫނިއާ (ވިނީ) އެވެ. އެ ގޮތުން، ރޭގެ މެޗުގައި ރެެއާލުން ޖެހި ދެ ގޯލު ވެސް މެޗުގެ ދެ ވަަނަ ހާފުގައި 10 މިނިޓް ތެރޭގައި ޖެހީ ވިނީ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ވިނީ ޖެހި ބޯޅައެެެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، 55 ވަނަ މިނިޓްގައި އޭރިއާތެރެއިން އެސްޕަންޔޯލްގެ ދެ ކުޅުންތެރިން ކައިިރިން ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން، ވިނީ ވަނީ ރެއާލަށް ލީޑުނަަގައިދީފަ އެވެ. އަދި، މެޗުގެ 66 ވަނަ މިނިޓްގައި، ޖޫޑް ބެލިންހަމްއާ އެކު، ވަންޓޫއެއް ހެދުމަށް ފަހު، ވިނީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދޭން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބެލިންހަމް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ކީޕަރު، މާކޯ ޑިމިޓްރޮވިޗް ވަނީ މަތަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox