ރެފްރީ އަކަށް ބިރުދައްކައިގެން ޕީކޭ ދެ މަހަށް ސަސްޕެންޑްކޮށްފި

May 6, 2026, 11:47 PM
ބާސެލޯނާ އާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ޕީކޭ.

ބާސެލޯނާ އާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ޕީކޭ.

ބާސެލޯނާ (މެއި 6) - ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު، ޖެރާޑް ޕީކޭ، މެޗަކަށް ފަހު، ރެފްރީއަކާ ދިމާކޮށްލައި، ބިރު ދައްކާފައިވާތީވެ، އޭނާ ދެ މަހަށް ސަސްޕެންޑް ކުރަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ. 

ފުޓްބޯޅައިން 2022 ވަނަ އަަހަރު ރިޓަޔާކުރި ޕީކޭ އަކީ އެފްސީ އެންޑޯރާގެ ހިއްސާދާރެކެެވެ. ދެ ވަނަ ޑިވިޝަނުގައި ކުޅޭ އެންޑޯރާ އިން އެންމެ ފަހުން ކުޅުު މެޗުން 1-0 އިން އަލްބަސެޓޭ އަތުން ބަލިވިއިރު، އެ މެޗަށް ފަހު، ޕީކޭ ވަނީ ރެފްރީއާ ކުރިމަތިލައި، ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. 

އެ މެެޗުގެ ރެފްރީ، އަލޮންސޯ ޑެ އޭނާ ހިމަނާފައިވާ ގޮުތުގައި ޕީކޭ ވަނީ އިންޒާރުދީފަ އެވެ. އެ ގޮތުން، ޕީކޭ ބުނެފައިވަނީ ދަނޑުން ވީހާވެސް އަވަހަށް މީހެއްގެ އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިގެން ފޭބުމަށާއި އެހެން ގައުމެއް ނަމަ އޭނާއާ މާެާރާމާރީ ހިންގާނެ ކަމަށާއި އެކަމަކު އެންޑޯރާ އަކީ ތަންކޮޅެއް ތަހުޒީބު ބައެއް ކަމުން ދޫކޮށްލަނީ ކަމަށެެވެ. 

މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ނިންމީ، ރެފްރީ އަލޮންސޯގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ރެފްރީ އަށް ބިރު ދެއްކުމުގެ އަމަލެއް ޕީކޭގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އެއާ އެކު، ޑިސިޕިްލިނަރީ ގަވާއިދުގެ ތެެރެއިން، ޕީކޭ އަށް އަޅާ ފިޔަވަޅެއްގެ ގޮތުގަައި ދެ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. 

ޕީކޭގެ އިތުރުން ރެފްރީއާ ދިމާކޮށްލުމުގައި، އެންޑޯރާގެ އިތުރު އޮފިޝަލެއްގެ އިތުރުން އެ ކްލަބްގެ ރައީސް، ފެރާން ވިލަސޭކާ ވެސް ބައިވެރިވި އެވެ. އެ ގޮތުން ވިލަސޭކާ އަށް ހަތަރު މަހުގެ ސަސްޕެންޝަނެއް އައިއިރު، އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ޖޯމޭ ނޮގުއޭ އަށް ވެސް ވަނީ އަދަބު ދީފަ އެވެ. 

އެންޑޯރާ މި ވަގުތު އޮތީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގެ 10 ވަނައިގަ އެވެ. 

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕީކޭގެ ކެރިއަރުގެ ބޮޑު އުސްއަލިތައް ގުޅިފައި އޮތީ ބާސެލޯނާ އާއި ސްޕެއިނާ އެކު އެވެ. އެ ގޮތުން، ބާސެލޯނާއާ އެކު، ސްޕެނިޝް ލީގު ނުވަ ފަހަރު ހޯދައި، ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު އުފުލާލި އެވެ. އަދި، ސްޕެއިން ގައުމީ ޓީމާ އެކު، ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ ވޯލްޑް ކަޕް، 2010 އާއި 2012 ގައި ކާމިޔާބުކުރި އެވެ. 

ކުޅުން ހުއްޓާލުމަށް ފަހު، ވިޔަފާރިއެއް ފަށައި، ކުންފުންޏެއްގެ ދަށުން އެކި ކުޅިވަރުތަކުގައި އަންނަނީ އިންވެސްޓްތައް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox