ބްރެސްޓް އަތުން މޮޅުވެ ޕީއެސްޖީން ލީގު ކަށަވަރުކުރުމާ ގާތަށް

May 11, 2026, 11:56 AM
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޑޫއޭ އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޑޫއޭ އުފާފާޅުކުރަނީ.

ޕެރިސް (މެއި 11) - ފްރެންޗް ލީގުގައި ރޭ ބްރެެސްޓްގެ މައްޗަށް 1-0 އިން ކުރިހޯދައި ޕީއެސްޖީން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ. 

ފްރެންޗް ލީގުގައި ޕީއެސްޖީ އަށް ބާކީ އޮތީ ދެ މެޗެެވެ. އެއް ވަނައިގައި ޕީއެސްޖީ އޮތީ 32 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 32 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ލޯންސް އިން ވަނީ މި ހަފްތާގައި ކުޅުނު މެޗުން ނޯންޓެސް އަތުން 1-0 އިން މޮޅުވެފަ އެވެ. 

ލީގުގެ އެއް ވަނައިގައި ޕީއެސްޖީން ހަ ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު، ބުދަ ދުވަހުގެރޭ ލޯންސާ ކުޅޭ މެޗުން ޕީއެސްޖީ އަށް ޗެމްޕިއަންކަން ޔަގީންކުރެވޭނެ އެވެ. 

ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ވަަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރުމަށް ފަހު، ކުޅުނު ފުރަތަަމަ މެޗުގައި ރޭ ބްރެސްޓާ ދެކޮޅަށް ނުކުތީ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ރޭގެ މެޗުގައި ޕީއެސްޖީން ފުރަތަމަ ހަމަލާ ފޮނުވާލީ ފުލްބެކް، ލޫކަސް ހެނާންޑޭޒް އެވެ. ހެނާންޑޭޒް ފޮނުވާލި ހަމަލާ ބްރެސްޓްގެ ކީޕަރު، ގްރެގޯރީ ކޫޑޭ ވަނީ މަތަކޮށްފަ އެވެ. 

އޭގެ ފަހުން، ޕީއެސްޖީގެ 18 އަހަރުގެ ފޯވާޑް، ޑްރޯ ފެނާންޑޭޒް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، އޭގެ ފަހުން، ޕީއެސްޖީގެ ލީ ކަންގް އިން ނަގައިދިން ހުރަހެއް ގޮންޒާލޯ ރާމޯސް ގޯލަށް ވައްދާލުމުގެ ކުރިން ބްރެސްޓްގެ ރަފައެލް ލެ ގުއެން ވަނީ ބްލޮކްކޮށްފަ އެވެ. 

ލަނޑެއް ނުޖެހި ގަޑިއިރެއްހާއިރު ކުޅެވުނުތަނާ ޕީއެސްޖީން ވަނީ ބަދަލަކަށް ކްވިޗާ ކްވަރަޝްކޭލިއާ އާއި އޮސްމާން ޑެމްބެލޭ އަދި ޑެޒެއާ ޑޫއޭ ކުޅެން އަރުވައިފަ އެވެ. އޭގެ ފަަހުން، ޕީއެސްޖީ އަށް ލީޑުނަގައިދޭން ސެނީ މަޔޫލޫ ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. 

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 82 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑޫއޭ އެވެ. އޭރިއާބޭރުން ޑޫއޭ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. ބްރެސްޓްގެ ކީޕަރު، ކޫޑޭ އަށް އެ ބޯޅަ ހުއްޓުވޭނެ އެއްވެސް ގޮތެއްނުވި އެވެ. 

މިއީ، ބްރެސްޓްގެ އަތްދަށުނުވެ، ޕީއެސްޖީން ޖެހިޖެހިގެން ނިންމާލި 34 ވަނަ މެޗެވެ. އެ ގޮތުން، އެ މެޗުތަކުގައި 26 މެޗުން ޕީއެސްޖީ މޮޅުވިއިރު، އަށް މެޗު ނިމުނީ އެއްވަރުވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox