ފައިނަލްގައި އާސެނަލާ ކުޅޭ މެޗު ވާނީ އުނދަގޫ އިމްތިހާނަކަށް: އެންރީކޭ

May 7, 2026, 10:45 AM
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ވަނީ ޕީއެސްޖީ އާއި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ހޯދައިދީފައި.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ވަނީ ޕީއެސްޖީ އާއި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ހޯދައިދީފައި.

މިއުނިކް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގަައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ޕީއެސްޖީ އަށް އުނދަގޫ އިމްތިހާނަކަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. 

 ރޭ ބަޔާން މިއުނިކް ދަނޑުގައި އެއްވަރުކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. މިދިޔަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި 5-4 އިން މޮޅުވިއިރު، މިރޭ ބަޔާން ދަނޑުގައި 1-1 އިން އެއްވަރުވެ، ޕީއެސްޖީން ކުރިހޯދީ 6-5 ގެ އެގްރިގޭޓުންނެވެ.

ބަޔާން ކަޓުވާލައި ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފައިނަލަށް

ބަޔާން މިއުނިކް ދަނޑުގައި އެއްވަރުކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަަހަރުގެ މުބާރާތުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައި، މިދިޔަ ހަފްތާގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި 5-4 އިން މޮޅުވިއިރު، މިރޭ ބަޔާން ދަނޑުގައި 1-1 އިން ވީ އެއްވަރު، ޕީއެސްޖީން ކުރިހޯދީ 6-5 ގެ އެގްރިގޭޓުން.

މިދިޔަ އަހަރުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލި ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން ފައިނަލުގައި ކުޅޭނީ މި މަހު 30 ވަނަ ދުވަހު އާސެނަލާ އެެވެ.

މި ފަަހަރުގެ ފައިނަލަށް އާސެނަލް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އާސެނަލް، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބަލިވީ ޕީއެސްޖީ އަތުން މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގަ އެވެ. 

ކުރިން ބާސެލޯނާއާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެންރީކޭ ބުނީ، ޔަގީނުން ވެސް ފަސޭހަ މެޗަކަށް ފައިނަލް ނުވާނެ ކަމަށެވެ. 

"ވަރަށް އުނދަގޫ އިމްތިހާނަކަށްވާނީ. ވަރަށް އުނދަގޫކޮށް ކުޅެން ޖެހޭ މެޗަކަށްވާނެ. އެކަމަކު، އަހަރެމެންނަށް އޮތް އިތުބާރަކީ ޕީއެސްޖީން މި ކުޅޭ ފުޓްބޯޅަ." އެންރީކޭ ބުންޏެވެ. 

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި އެންރީކޭ ވަނީ 1990 ގެ އަހަރުތަކުގައި ކުުޅުމުގެ ކެރިއަރުގައި އެކުގައި ބާސެލޯނާގައި ހޭދަކޮށްފަ އެވެ. އެންރީކޭ ވަނީ އާސެނަލްގައި އާޓެޓާ ކުރަމުން އަންނަ ކޯޗިންގެ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. 

"އަހަރެން މިކެލީޓޯ (އާޓެޓާ) ވަރަށް ބަަލައިގަންނަން. ކުޑައިރު އަހަރެމެންނަކީ އެކުގައި ކުޅުނު ކުޅުންތެރިން. ދެން، ކޯޗިން އަށް ބަލާއިރު، އޭނަ (އާޓެޓާ) އެ އަންނަނީ އާސެނަލްގައި ވަރަށް ރަނގަޅު މަސައްކަތެއް ކުރަމުން،" އެންރީކޭ ބުންޏެވެ. 

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލުން 2-0 އިން ޕީއެސްޖީ ބަލިކުރި އެވެ. އެކަމަކު، ސެމީ ފައިނަލުގައި ދެ ލެގުގައި ވެސް މޮޅުވީ ޕީއެސްޖީ އެވެ. އެ ގޮތުން، އާސެނަލް ދަނޑުގައި 1-0 އިން ފުރަތަމަ ލެގުގައި ޕީއެސްޖީން މޮޅުވިއިރު، ދެ ވަނަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމު މޮޅުވީ 2-1 އިންނެވެ. އަނެއްކޮޅުން، އިނގިރޭސި ޓީމުތަކާ ދެކޮޅަށް މިދިޔަ ތިން ސީޒަނަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީގެ ރެކޯޑް ރަނގަޅެވެ. 

އާސެނަލުން އެ ކްލަބްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭއިރު، މިއީ، ޕީއެސްޖީން ކުޅޭ ތިން ވަނަ ފައިނަލެވެ. 

ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް މެޗު ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓުގެ މަޝްހޫރު ސްޓޭޑިއަމް، ޕުސްކަސް އެރީނާގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox