ވޯލްޑް ކަޕަށް ބަލާފައި ކުުޅުންތެރިން ރެސްޓް ކުރުމަކީ ކްލަބްތަކަށް ކުރެވޭނެ ކަމެއް ނޫން: އެންރީކޭ

Apr 27, 2026, 9:09 AM
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ.

ޕެރިސް (އޭޕްރީލް 27) - އަންނަ ޖޫން މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ މެދު ވިސްނާފައި، ކްލަބް ފުޓްބޯޅަ ސީޒަނުގެ އެންމެ މުހިންމު ހިސާބުގައި ކުޅުންތެރިން ރެސްޓް ކުރުމަކީ ކްލަބްތަކުގެ ކޯޗުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނެފި އެވެ. 

ހަތަރު އަހަރުން އެއް އަަހަރު ކުޅޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ފަށަން 50 އަށް ވުރެން މަދު ދުވަސްކޮޅެއް އޮތްއިރު، ކްލަބް ފުޓްބޯޅައިގައި ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ، މި އަހަރުގެ ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެހެންވެ، ގައުމީ ޓީމުތަކުގެ ކޯޗުންނާއި ފުޓްބޯޅަ ފެޑެރޭޝަންތަކުން އަންނަނީ ކޮންމެ ތިން ދުވަހަކުން، އިންތިހާ އަށް ވާދަވެރި މެޗުތަކުގައި ކުޅުންތެރިން ކުޅެން ޖެހޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. 

ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، އޭނާ އަށް ފުރަަތަމަ އޮތީ އަމިއްލަ ވަޒީފާއާ މެދު ވިސްނުން ކަމަށާއި އެހެންކަމަކާ މެދު ފިކުރުކުރެވޭނީ އޭގެ ފަހުން ކަމަށެވެ. 

Advertisement

"އަހަންނަކީ ޕެރިސް ސެއިން ޖާމެއިން (ޕީއެސްޖީ)ގެ ކޯޗު، އެހެން ކަންކަމާ މެދު އަހަރެން ވިސްނަންޖެހޭނީ، ފުރަތަމަ ކުރަން ޖެހޭ ކަންކަމަށް ފަހު. (ވޯލްޑް ކަޕާ ދިމާކޮށް ކުޅުންތެރިން ރެސްޓް ކުރުމުގެ ވާހަކަ) އެ ކަންކަމަކީ އަހަރެން ވިސްނަން ޖެހޭ ކަމެއް ނޫން. އަހަރެން އެންމެ ފުރަތަމަ މެނޭޖްކުރަން ޖެހެނީ ޕީއެސްޖީގެ ހާލަތު، އެއީ އަހަރެންގެ ވަޒީފާގައި ވަރަށް ސާފުކޮށް އޮތް ކަމެއް،" 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިނުގެ ކޯޗަކަށް ހުރި އެންރީކޭ ބުންޏެވެ. 

ޕީއެސްޖީގެ ބައެއް ކުޅުންތެރިން މެޗުތަކުގައި ކުޅެނީ އެއްކޮށް ފިޓްނުވެ ކަމަށާއި އެކަމަކު، އެއީ ކުޅުންތެރިން ވެސް އިހުތިޔާރުކުރާ ގޮތް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެން ޖެެހެނީ، 35 ވަނަ ފަހަރަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox