އެންޑްރިކްގެ ޝައުގުވެރިކަން ޔުނައިޓެޑަށް ވެސް އެބައޮތް

Apr 21, 2026, 7:45 PM
ލިޔޯނަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް: އޭނާ އެންމެ ސަޕޯޓްކުރަނީ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް

ލިޔޯނަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް: އޭނާ އެންމެ ސަޕޯޓްކުރަނީ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް

ޕެރިސް (އޭޕްރީލް 21) - މެންޗެސްޓާ ޔުނައިޓެޑަކީ އަބަދުވެސް އޭނާ ޝައުގުވެރިވާ ކްލަބެއް ކަމަށް ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ލިޔޯނަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ބުނެފި އެވެ. 

ރެއާލްގައި އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީވެ، އެންޑްރިކް، 19، ވަނީ ޖެނުއަރީ ޓްރާންސްފާގައި ލިޔޯނަށް ބަދަލުވެފަ އެވެ. ލިޔޯންގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅެ، މުހިންމު ގޯލުތަކެއް ޖަހަމުން އަންނަ އެންޑްރިކް އަކީ ފްރެންޗް ލީގުގައި ލިޔޯނުން އެންމެ ފަހުން ކުޅުނު މެޗުގައި 2-1 އިން ޕީއެސްޖީ ބަލިކުރިއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. އެންޑްރިކް ވަނީ އެ މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ. 

ލިޔޯނަށް ބަދަލުވެ، 17 މެޗުން ހަތް ގޯލު ޖަހައި، ހަތް ގޯލު ޖަހަން ފުރުސަތު ހޯދައިދީފައިވާ، އެންޑްރިކް އަށް އަންނަ ސީޒަނުގައި ރެއާލުން ގިނަ ފުރުސަތުތަކެއް ދޭނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

ފޯފޯޓޫ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި އެންޑްރިކް ބުނެފައިވަނީ، ފުޓްބޯޅައިގައި އޭނާ އެންމެ ބޮޑަށް ބަލައިގަންނަ އެއް ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ. އަދި، ރޮނާލްޑޯގެ ކެރިއަރު ދިޔަ ގޮތް ވަރަށް ގަޔާވާ ކަމަށާއި އެ ގޮތުން، ޔުނައިޓެޑަކީ ވެސް ކަމުދާ ކްލަބެއް ކަމަށެވެ. 

"އަހަރެން ރޮނާލްޑޯގެ ކެރިއަރު ދިޔަ ގޮތް ވަރަށް ބަލަން. މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް ދެން މިހާރު އަލް ނަސްރު. ކޮންމެ ތަނެއްގައި ރޮނާލްޑޯ ކުޅުނަސް އަހަރެން އެ ދިމާލަކަށް ޝައުގުވެރިކަން ބަހައްޓަން،" އެންޑްރިކް ބުންޏެވެ. 

"ޔުނައިޓެޑަކީ ރޮނާލްޑޯ އެންމެ ރަނގަޅަށް ކެރިއަރު ފެށިތަން. އަހަރެން ބޮޑުވީ އެ މަންޒަރުތައް ބަލަމުން. އެހެންވެ، މެންޗެސްޓާ ޔުނައިޓެޑަށް އަބަދުވެސް ހާއްސަ ޝައުގުވެރިކަމެއް ހުރޭ،" 

އެންޑްރިކް ގަންނަން ރެއާލުން އެއްބަސްވުމަކަށް އައީ އޭނާގެ އުމުރުން 18 އަހަރު ނުވަނިސް އެވެ. އެއީ، 2022 ވަނަ އަހަރު އެވެ. އެންޑްރިކް، ރެއާލަށް ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކުރީ 2024 ވަނަ އަހަރު އެވެ. ރެއާލުން ވަނީ މި ޑީލުގައި ޕަލްމެއިރަސް އަށް ޖުމްލަ އެކު، 70 މިލިއަން ޑޮލަރު ދައްކާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox